މިހާތަނަށް 2،180 މީހުން ހިލޭ މެޑިކަލް ޗެކަޕް ހަދައިފި

ހެލްތް މިނިސްޓްރީން ބުނީ މިހާތަނަށް 2،180 މީހުން ހިލޭ ޗެކަޕް ހެދި ކަމަށް -- ފޮޓޯ/ އައިޖީއެމްއެޗް

ކޮންމެ ދިވެހި ރައްޔިތަކަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަޕް ޗެކަޕް ހެދުމުގެ ފުރުސަތު ލިބިދޭ، މެޑިކަލް ޗެކަޕް ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް 2،180 މިީހުން ޗެކަޕް ހަދާފައިވާ ކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މިކަމާ ގުޅޭ އިތުރު ތަފާސްހިސާބެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ އޭޕްރީލްގައި ވަނީ، އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނަށް ހިލޭ މެޑިކަލް ޗެކަޕް، އަދި ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަ ސްކޫލް ސްކްރީނިން ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސައިފައެވެ.

https://sun.mv/190468

އެއާއެކު 35 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖްތައް ވެސް ތައާރަފުކުރިއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ގްރޭޑްތަކުގެ ސްކޫލް ދަރިވަރުން ހަދަން ޖެހޭ ޚާއްސަ ޓެސްޓްތައް ވެސް ސަރުކާރުގެ ހޮސްޕިޓަލްތައް މެދުވެރިކޮށް ހެދޭނެ އިންތިޒާމް އާސަންދަ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ހަމަޖައްސާފައެވެ. އެ އުސޫލުގެ ދަށުން، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު އިތުރު ޗެކަޕެއް އާސަންދައިގެ ދަށުން ހެދޭނެއެވެ.

comment ކޮމެންޓް

comment ެިިެިިިއިއްބެ

2 month 6 day ago

އެމީ

comment ނާސިރު

2 month 6 day ago

މަ މިއުޅެނީ ތިކަމަށް އަދި ނަންނޯޓުކުރާނޭ ފުރުސަތެއް ނުލިބިގެން. ކިޔޫދިގުކަމުން ލައްވާލާނޭ ދުވަހެއްވެސް ނޭނގެ. މިއީ ނަމަކަށްކުރާ ކަމެއް. މޯލްޑިވިއަންގެ އަގުހެޔޮ ޓިކެޓް އޮންނަނީ ފަތިސްނަމާދުން ފައިބައިގެން ދިޔަޔަސް ހުސްވެފަ.

comment ލލ

2 month 7 day ago

އައިޖީއެމްއެޗް ގައި ކާޑިއޮލޮޖީ ޑިޕަޓްމަންޓްގެ ހިތުގެ ޑޮކްޓަރަކަށް ދައްކަން އަޅުގަޑު ނަންނޯޓްކުރީ 29 /12 2024 ގައި އަޅުގަޑަލިބުނު މެސެޖްގައި ބުނީ 34 މީހުންގެ ފަހަތުގައިކަމަށް ، މިއަދު މީ ޖަނަވަރީ 22 ގާއްގަޑަކަށް މަހެއްވަނީ ޑޮކްޓަރަށް ދައްކަން ފުރުސަތު ނުލިބި މީ ދެން ކޮންކަހަލަ ބޭސްފަރުވާ ދޭ ހޮސްޕިޓަލެއްބާ !