އޭސީސީއަށް އައްޔަން ކުރަން ފޮނުއްވި ނަންތަކަށް ރައީސް ބަދަލު ގެންނަވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އޭސީސީއަށް އައްޔަން ކުރައްވަން ފޮނުއްވި ނަންތަކަށް ރައީސް ބަދަލު ގެންނަވައިފި-- ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައްޔަން ކުރައްވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މަޖިލީހަށް ކުރިން ފޮނުއްވި ދެ ނަމުގެ ތެރެއިން އެއް ނަމަކަށް ބަދަލު ގެންނަވައިފިއެވެ.

އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް މުއިއްޒު ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެ ސިޓީއާ ހަވާލާދެއްވައި، މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އިއްވި ސިޓީފުޅުގައި ވަނީ ކުރިން އައްޔަންކުރައްވަން ފޮނުއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއްގެ ނަމަށް ބަދަލުގެންނަވާފައެވެ.

މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---- ފޮޓޯ/ މަޖިލިސް

އޭސީސީއަށް އައްޔަންކުރައްވަން މިއަދު ރައީސް ފޮނުއްވި ބޭފުޅުންނަކީ:

  • އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
  • އަބްދުﷲ ނާޝިދު، ފަސާނާ، ރ. އަލިފުށި

ކުރިން ފޮނުއްވި ނަންތަކުގެ ތެރޭގައި، އަބްދުﷲ ނާޝިދުގެ ބަދަލުގައި ހިމަނުއްވާފައި ވަނީ ރ. ހުޅުދުއްފާރު، ރޯޒް ވިލާ/ އާސިޔާ އަޒީމާއެވެ.

އެގޮތުން، މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަން އެ މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މަޖިލީހުން ވަނީ މިއަދު ރައީސް ފޮނުއްވި ބޭފުޅުންނާ ގުޅޭ ގޮތުން އާންމުންގެ ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ހުޅުވައިލާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އޭސީސީއަށް ދެ މެންބަރުން އައްޔަންކުރަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް