ޝުއައިބު އަވަހާރަވުމާ ގުޅިގެން ކޯޓުތަކުގެ ދިދަ ބައިދަނޑިއަށް

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ

ރާއްޖޭގެ ހައިކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމާ ގުޅިގެން ޝަރުއީ ދާއިރާގެ ދިދަ، ބައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ޝުޢައިބް އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 55 އަހަރެވެ.

މި ކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިރޭ ބުނީ، މިއަދުގެ 18:00އިން ފެށިގެން މާދަމާގެ 18:00އަށް ޝަރުއީ ދާއިރާގެ ދިދަ ބަައިދަނޑިއަށް ތިރިކުރުމަށް އުއްތަމަ ފަނޑިޔާރު ނިންމަވާފައިވާ ކަމަށެވެ.

ޝުޢައިބްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭ 23:00ގައެވެ.

https://sun.mv/201562

ޝުއައިބަކީ ފަނޑިޔާރުކަމުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ޝަރުޢީ ދާއިރާގައި އޭނާ ފުރުއްވި މަގާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަން
  • ޚާއްސަ ގާޟީކަން
  • ފެމިލީ ކޯޓުގެ ޤާޟީކަން
  • މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން

ހައިކޯޓުގެ ފަނޑިޔާރުކަމުން ޝުޢައިބު ރިޓަޔާކޮށްފައިވަނީ 2022ވަަނަ އަހަރުގެ ނޮވެމްބަރު 22ވަނަ ދުވަހެވެ.

ޝުއައިބް ވަނީ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އޭގެފަހުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފައިވެއެވެ.

comment ކޮމެންޓް