Ooredoo
Dhiraagu

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު އަވަހާރަވެއްޖެ

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާ

ރާއްޖޭގެ ހައިކޯޓުގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޢައިބު ޒަކަރިއްޔާ މިއަދު އަވަހާރަވެއްޖެއެވެ.

Ooredoo

އެނގިފައިވާ ގޮތުގައި ޝުޢައިބް އަވަހާރަވީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 55 އަހަރެވެ.

ޝުޢައިބްގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ އާސަހަރާގައެވެ. ކަށުނަމާދުކުރުން އޮތީ މިރޭ 23:00ގައެވެ.

ޝުޢައަބަކީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ ގިނަ މަގާމުތަކެއް ވެސް އަދައިކުރެއްވި ބޭފުޅެކެވެ.

އެގޮތުން ޝަރުޢީ ދާއިރާގައި ޝުޢައިބު ފުރުއްވި މަގާމުތަކުގެ ތެރޭގައި ހިމެނެނީ:

  • ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރުކަން
  • ޚާއްސަ ގާޟީކަން
  • ފެމިލީ ކޯޓުގެ ޤާޟީކަން
  • މަދަނީ ކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޟީކަން

ހައިކޯޓުގެ ފަނޑިޔާރުކަމުން ޝުޢައިބު ރިޓަޔާކޮށްފައިވަނީ 2022ވަަނަ އަހަރުގެ ނޮވެމްބަރު 22ވަނަ ދުވަހެވެ.

ޝުއައިބް ވަނީ ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައެވެ. އޭގެފަހުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހައްދަވައިފައިވެއެވެ.

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment މާރކް

3 month 4 week ago

1977 ވަނައަހަރު ބެޗްލާސްޑިގުރީ ހެދިހގޮތެއް ބނެދޡީބަލަ

comment ހެއުބަސް

3 month 4 week ago

ޢަވަހާރަވިއިރު ޢުމުރުފުޅުން 55. ފުރަތަމަ ޑިގްރީ 1977 ގައި. މާނައަކީ ޢުމުރުފުޅުން 8 އަހަރުގައި ޑިގްރީ ޙާޞިލް ކުރެއްވީއޭ؟؟ ތަންކޮޅެއް ބަލާލައިގެން ޚަބަރު ލިޔެބަލަ