މާލޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފިއެވެ.
ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މާލޭ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ ސިއްހަތަށް ގެއްލުންވާ މިންވަރަކަށެވެ. އެއީ 156 ގައެވެ.
މާލެއަށް ވައި ނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.
އެގޮތުން އެޗްޕީއޭއިން ބުނީ ބޭރަށް ނުކުންނަ ނަމަ މާސްކު އެޅުމަށާއި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު މަދުކުރުމަށެވެ.
އަދި ނުސާފު ވައިން ރައްކާތެރިވުމަށް އެއާ ޕިއުރިފަޔާ ބޭނުން ކުރުމަށް ވެސް އެޗްޕީއޭއިން މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފައެވެ.

މާލެ ސަރަހައްދަ ވައި ނުސާފުވެފައި ---
ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 76ގަ އެވެ. ލ. ގަން ކައުންސިލްގައި ހުރި ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 82ގައެވެ.
މިހާރަކަށް އައިސް ވައި ނުސާފުވުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. ރާއްޖޭގެ ވައި ނުސާފުވަނީ އުތުރު އިންޑިއާގެ ސަރަހައްދުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ. ވައި ނުސާފުވުމުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށް ވެސް އުނދަގޫތަކާ ކުރިމަތިވެއެވެ