ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއުކޮށްފިއެވެ.
ހޭންލީ ޕާސްޕޯޓް އިންޑެކްސްއާ ހަވާލާދީ އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖޭން ދިފާއު ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 53 ވަނަ ގައި ކަމަށްވާއިރު، 94 ގައުމަކަށް ވިސާ ނެތި، ރާއްޖޭގެ ޕާސްޕޯޓުގައި ދަތުރުކުރެވެއެވެ.
ހޭންލީ ޕާސްޕޯޓު އިންޑެކްސްގައިވާ ގޮތުން، ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ލިބިފައި ވަނީ ސިންގަޕޫރަށެވެ. އެގައުމުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާ ނެތި ދަތުރުކުރެވޭނެއެވެ. ދެވަނަ އަށް އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ހޯދީ ޖަޕާނުންނެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 193 ގައުމަކަށް ދަތުރުކުރެވޭނެއެވެ.
މީގެއިތުރުން، ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ ރޭންކިންއާ އެންމެ ކައިރި ކުރާ ގައުމަކަށް އިންޑިއާ އޮތީ ދުނިޔޭގެ ރޭންކިންގައި 85 ވަނައިގައެވެ. މިގޮތުން، އިންޑިއާ ޕާސްޕޯޓުގައި ވިސާ ނެތި ދެވެނީ 57 ގައުމަކަށެވެ.
comment ސަޢީދު
3 month 1 day ago
ޕާސްޕޯޓެއް ނޫނޭ ބާރުގަދައީ. ދިވެހިވަންތަކަން. އަދިވެސް ފީކަޅާ ގޯސް ކަންކަން މަދުކޮށް ބޭރު ޤައުމުތަކުގެ ކުރިމަތީގައި ރީތި ނަމޫނާ ދައްކާ "ދިވެހިންތަކެއް"ކަން ދައްކަންވީ. އޭރުން ތިޔަށްްވުރެ ގިނަ ޤައުމުތަކުން ވިސާފްރީ ކުރުމުގެ އިތުރުން ގެދޮރުވެރިކަން ވެސް ދީފާނެ. ބާރުވެރިކަން ބެނުމިއްްޔާ އެންމެންވެސް ރީއްޗަށް ބަސް އަހައިގެން އުޅެންވީ.
comment ލލ
3 month 2 day ago
ވިސާ އާއި ނުލާ ދަތުރު ކުރެވެންޏާ އެއީ ބާރަގަދަ ޕާސްޕޯޓް ކަންޑައަޅާ މިންގަޑެއްތޯ ! އެޤައުމެއް ބާރުގަދަވަނީ އިޤުތިސޯދީ ތަނަވަސް ކަމުގެ މައްޗަށް ނުންތަ !
comment އިބްރާހީމް
3 month 2 day ago
ރާއްޖޭން ސައުތު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ދިފާއުކޮށްފި ޝުކުރިއްޔާ ރައީސް ޔާމީނު