މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ 2025 ވަނަ އަހަރުގެ ފުރަތަމަ ބޯޑުގެ ބައްދަލުވުން އއ. އުކުޅަހުގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީއާއި، ޗެއާމަން އަބްދުﷲ ޣިޔާސް ރިޔާޒުގެ އިތުރުން ބޯޑު ޑިރެކްޓަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.
އުކުޅަހުގެ ކައުންސިލުން ވަނީ އެމްއެމްޕީއާރްސީގެ ޓީމަށް ހޫނު މަރުހަބާ ކިޔާފައެވެ.
މި ދަތުރުގައި ޝިއުރީ އާއި ބޯޑު ޑައިރެކްޓަރުން އެ ރަށުގެ ކައުންސިލާއި އެ ރަށުގައި ހަރަކާތްތެރިވާ ލޯކަލް ޓުއަރިޒަމް ވިޔަފާރިވެރިންނާ ވަނީ ބައްދަލު ކުރައްވާފައެވެ.

އެމްއެމްޕީއާރްސީ ބޯޑުގެ ބައްދަލުވުމުގެ ތެރެއިން ---
އުކުޅަހަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ކުރާ ރަށެކެވެ.
މި ބައްދަލުވުން އުކުޅަހުގައި ބޭއްވުމުގެ މަޤްޞަދަކީ ލޯކަލް ޓުއަރިޒަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭކަން ހާމަކޮށްދިނުމާއި، އެމްއެމްޕީއާރުސީ އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ފަރާތްތަކާއެކު ވެސް މަސައްކަތް ކުރުމަށް ތައްޔާރަށްކަން ހާމަކުރުން ކަމަށް ޝިއުރީ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މި ބައްދަލުވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަން ވަނީ ފާހަގަކޮށްފައެވެ.
އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ގުޅޭ މަސައްކަތްތަކެއް ކުރުމުގެ ޒިންމާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ.
comment އަލައިކާ
3 month 1 week ago
ހާދަ އަންއޮފިޝަލްކޮށް ތިބި ބައެއް ތީ؟ ޖީންސް، ޓީޝާޓް... ތިއަށް ކިޔަންވީ މަޖާކޮށްލަން ޖައްސާލި ދަތުރެކޭ... ނޮޓް އަ ބޯޑް މީޓިންގ.
comment ވޯލް
3 month 1 week ago
ކޮންފަދަ ބޭކާރު އިސްރާފެއްތޯ؟؟؟ ތުރުކުރައްވާގެން ތިބި ހެދުންކޮޅުން ބޯޑް މީޓިންގ އަކަށްވުރެ ހޮލިޑޭ އަކާ ވައްތަރުވަނީ. މިއީ އެމްއެމްޕީއާރުސި ނުނީ ދައުލަތުގެ އެހެން އޮފީހެއްގައިެވސް ބޭއްވޭނެ ބައްދަލުވުމެއް. ފައިސާ ތަކެއް ހަމަ އިސްރާފުނުކޮށް ކަމެއް ކުރެވޭ ކަމަށް ނުވޭ. ކަންކަމަށް ޤާބުލު ނޫން މީހުން ލީމާވާނެގޮތް މީ.
comment އައްޓަމަސް
3 month 1 week ago
މީވެސް ބަޔަކު އިއުލާނުކުރާވަރު ވާހަކައެއްތަ؟ ކުނަފުނި ހިންގާ ބޯޑުގެ މަސައްކަތަކީ ކުންފުނީގެ މިސްރާބު ކަނޑައަޅައި ކަންކަން ނިންމުމަށް ބައްދަލުވުން ބޭއްވުންދޯ. މީ ކޮންކަހަލަ ސިކުނޑިއެއް ނެތްްކަން ދައްކުވައިދޭ ކަންކަން މި ކުރަނީ!