މިހާތަނަށް ހައްޖު ކިއުގައި 65 އަހަރުން މަތީގެ 1473 މީހުން އެބަ ތިބި ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ޝަކީލް ވިދާޅުވީ، މި ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ 65 އަހަރުން މަތީގެ މީހުންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމަށެވެ.
މިހާރު މިވަގުތާ ހިސާބަށް އަޅުގަނޑުމެންގެ ކިއު ތަރުތީބުގެ ޖުމްލަ އަދަދަށް ބަލާއިރުގައި، 1473 ބޭފުޅުން އެބަ ތިއްބެވި ހައްޖު ކިއުގެ ތެރޭގައި 65 އަހަރުން މަތީގެހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް
ފަރުޟު ޙައްޖުނުވާ މީހުންނަށް އިސްކަން ދޭ ގޮތަށް އުސޫލަށް ބަދަލުގެންނަން ރައީސް ވަނީ ނިންމަވާފައެވެ.
އުސޫލަށް ގެނައި މައިގަނޑު ބަދަލުތަކަކީ:
- އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދިނުން.
- ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން
- ފަރުޟު ޙައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ޙައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރުވުމުން

ހައްޖުވެރިން އެއާޕޯޓުގައި ނަމާދު ކުރުން: މިހާތަނަށް ހައްޖު ކިއުގައި 65 އަހަރުން މަތީގެ 1473 މީހުން އެބަ ތިބި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
އެ އުސޫލުތަކަށް އަލިއަޅުވާލައްވައި ޝަކީލް ވިދާޅުވީ، ރައީސް މުއިއްޒު އެ ނިންމެވުންތައް ނިންމަވާފައިވަނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ވީހާ ވެސް އަވަހަށް ހައްޖުވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މީގެއިތުރުން، އެ ކޯޕަރޭޝަނާ ހަވާލުވިއިރު، އުސޫލުގައި އޮންނަނީ އަލަށް ހައްޖަށް ދާ ފަރާތްތަކަށް ކިއު ތަރުތީބުން ކޯޓާގެ ކަނޑައެޅެނީ 75 އިންސައްތަ ކަމަށާއި ބާކީ 25 އިންސައްތަ އޮންނަނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް ޚާއްސަކޮށް ކަމަށް ޝަކީލް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންތަކެއް ފުރަނީ -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ނަމަވެސް، ރައީސްގެ އިރުޝާދާ އެއްކޮށް، އަލަށް ހައްޖަށް ދާ މީހުންގެ އިންސައްތަ 90 އަށް މަތިކޮށް، ކުރިން ފަރުޟު ހައްޖު ވެފައިވާ މީހުންނަށް ލިބެނީ 10 އިންސައްތަ ކަމަށް ޝަކީލް ވިދާޅުވެފައެވެ.
މި ބަދަލަކީ އުސޫލުތަކުގެ ތެރެއިން ވީހާ ވެސް ހައްޖުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސްގެ އިރުޝާދާ އެކު އެ ކުންފުނިން ނިންމި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
comment ނިޔާޒު
3 month 2 week ago
މިފަހަރު ހައްޖުކޯޕަރޭޝަންގެ ކަންތައްތައް ހުރިގޮތުގެ ޝަކުވާ ވަރަށް ގިނައެވެ. މިކަން ރަނގަޅަށް ބައްލަވާނެ ކަމަށް ހީކުރަމެވެ.
comment ޙައްހާޖީ
3 month 2 week ago
އާދޭސްކޮށްފަ ރައީސްއަށް ދަންނަވަން، ޝަކީލްއަށް ސިޔާސީ މަޤާމެއްދީފަ، ޙައްޖު ކޯޕަރޭޝަން ޤާބިލު ހިންގުންތެރި ފަރާތަކަށް ހަވާލުކުރައްވާ. މިދިޔަ ޙައްޖުގައި ކަންތައްތައް އޮތީ ބޮއްސުންލާފަ. ޝަކީލުގެ ފަރާތުން ފެނުނީ ނާޤާބިލުކަން. މިނާ އަދި އަރަފާތުގައި ގަނަތެޅުވީ. ޓެންޓުތަކައް ޖާގައަށްވުރެ ޖިނައިން ވައްދާ ހިނގާލާނެ ތަންކޮޅެއްނެއް. އަރަފާތު ދުވަހު މެންދުރު ކެއުމަށްފަހު ދެން ކާންދިނީ އަނެއްދުވަހު ހެނދުނު އަދި ބައެއް ފަރާތްތަކައް މެންދުރު (18 އާ 24 ގަޑިއިރު ކާންނުދީ). މަދީނާ ޒިޔާރަތްދަތުރު ޤުބާ ހިރާއައް ނުގެންދޭ. މައްކާ ޒިޔާރަތް ދަތުރާ އެކު ކުރާ ތިންވަނަ އުމުރާވެސް ކެންސަލް ކޮއްލީ. މީއަދި ބައެއްކަންކަން.
comment މައިހާ
3 month 2 week ago
މިއީ ކަން ނުކުރެވޭނެ ގޮތަށް ކަންކަން ހުރީމަ ވެގެންދާ ގޮތެވެ. މިކަންވާންވީ ޙައްޖާއި ޢުމްރާއަށް ވެސް މީހުން ފޮނުވަން ޖަމާޢަތްތަކަށް ހުއްދަދީ އެމީހުންގެ އަތުންވެސް ރަހުނު ބަހައްޓާގޮތަަށް ހެދުމެވެ. މަގޭ ކައިރީގަވެސް މީހުން ބުނެއެވެ، އެކަން އަވަސްވޭތޯ ބަލައިދޭށެެވެ. އެކަމަކު މިއުޅެނީ ޙައްޖަށްދާން