އަދިތިޔާއާއި ޝްރައްދާ އެކީގައި އިތުރު ފިލްމެއް

ބަތަލާ ޝްރައްދާ ކަޕޫރު އަދި ސިދާތު ރޯއި ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އާޝިޤީ 2"އިން ބޮލީވުޑަށް ތައާރަފުވި ދެ ތަރިން ކަމަށްވާ ޝްރައްދާ ކަޕޫރު އަދި އަދިތިޔާ ރޯއި ކަޕޫރު އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި ދެތަރިންގެ އެކީގައި ކުޅޭ ތިންވަނަ ފިލްމަކީ ބޮލީވުޑަށް ދެތަރިން ތައާރަފުވި ފިލްމު "އާޝިޤީ 2"ގެ ޑައިރެކްޓަރު މޯހިތު ސޫރީގެ ފިލްމެކެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުގައި ދެ ތަރިން އެކީގައި އަލަށް ސޮއިކުރި ފިލްމަކީ މޯހިތު ސޫރީ ގެނެސްދޭ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ބަތަލާ ޝްރައްދާ ކަޕޫރު އަދި ސިދާތު ރޯއި ކަޕޫރު ފިލްމު "އާޝިޤީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝްރައްދާއާއި އަދިތިޔަ އެކީގައި ކުޅުނު ފުރަތަމަ ފިލްމު "އާޝީޤީ 2"އިން ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. ޖުމްލަ 15 ކްރޯޑު ރުޕީސް (1.8 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 109 ކްރޯޑު ރުޕީސް (13 މިލިއަން ޑޯލަރު)ގެ އާމްދަނީއެއް ލިބުނެވެ.

ފިލްމު "އާޝިޤީ 2"ގެ ވާހަކައާ އެއްވަރަށް ފިލްމުގެ މިއުޒިކަކީ ވެސް މިހާރު ވެސް ބެލުންތެރިންގެ ހަނދާނުން ފޮހެނުލެވޭ ރީތި ލަވަތަކެއް ގެނެސްދިން ފިލްމެކެވެ. ފިލްމު "އާޝިޤީ 2"އަށް ފަހު ޝްރައްދާއާއި އަދިތިޔަ އެކީގައި ކުޅުނު ހަމައެކަނި ފިލްމަކީ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އޯކޭ ޖާނޫ"އެވެ.

މި ދެ ތަރިންގެ އެކީގައި ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ވަރަށް ގިނަ ބަޔަކު ވަނީ ޝްރައްދާއާއި އަދިތިޔަގެ ޖޯޑު އަލުން ސްކްރީނުން ފެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް