ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަަމަށް ކޮންސްޓްރަކްޝަން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރް މިހެން ވިދާޅުވީ މާލޭ ކޮމާޝަލް ހާބަރަށް ކުރެއްވި ޒިޔާރަތުގައެވެ.
މިނިސްޓަރާއެކު މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓާ އޮފް ސްޓޭޓް އިބްރާހީމް ތާއާމް މުޙައްމަދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ވަޖީހު އިބްރާހީމް، އެމްޕީއެލްގެ އިސް އޮފިޝަލުން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމް ހިމެނެއެވެ.

މިނިސްޓަރް މާލޭ ކޮމާޝަލް ހާބަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --
މި ޒިޔާރަތުގައި މިނިސްޓަރަށް ބަނދަރު ބަދަލުކުރުމުގެ މަޝްރޫއާއި، ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ބެހޭ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފެއެވެ.
މީގެ އިތުރުން މިނިސްޓަރް ވަނީ ބަނދަރުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަނދަރުގެ އިތުރު މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ.