ރާއްޖެއާ އިންޑިއާއާ ދެމެދު މެރިޓައިމް ދާއިރާއިން ގުޅުންތައް ވަރުގަދަކުރަން އިންޑިއާގެ ދެ ކޯސްޓްގާޑު، ކަމަށްވާ "ވޭބަވް"އާއި "އަބިރާޖް" މާލެއަށް އައިސްފިއެވެ.
އިންޑިއާގެ ކޯސްޓްގާޑުން އެކްސްގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އެ ގައުމުގެ ދެ ކޯސްޓްގާޑު މާލެއަށް ހުއްޓީ މި ސަރަހައްދަށް ކުރަމުންގެންދާ ދަތުރެއްގެ ތެރެއިންނެވެ. މި ޒިޔާރާތުގެ މަގުސަދަކީ ކަނޑު ތަޣައްޔަރުވިޔަ ނުދިނުމާއި، ސަސްޕިޝަސް އެކްޓިވިޓީ ރިޕޯޓު (އެސްއޭއާރު) އަދި ގާނޫނު ތަންފީޒު ކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއެކު މެރިޓައިމް ދާއިރާއިން އެއްބާރުލުން އިތުރުކުރުން ކަމަށް އިންޑިއާ ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

ރާއްޖެއާ އިންޑިއާއާ ދެމެދު މެރިޓައިމް ގުޅުންތައް ވަރުގަދަކުރަން އިންޑިއާގެ ދެ ކޯސްޓްގާޑު ވަނީ މާލެ އައިސްފައި -- ފޮޓޯ/ އިންޑިއާ ކޯސްޓްގާޑު
އިންޑިއާ ކޯސްޓްގާޑުން ބުނީ ކްރޫއިން ކްރޮސް ޑެކް ޓްރެއިނިން އާއި މަޝްވަރާތަކާއި އެކުވެރި ކުޅިވަރުތަކުގައި ބައިވެރިވާއިރު، އިންޑިއާގެ ނޭޝަނަލް ކެޑޭޓް ކޯޕްސް (އެންސީސީ)ގެ އޮފިސަރުން ދަށުން ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރާނެ ކަމަށެވެ.
މި މިޝަނަކީ ކަނޑުގެ ސަލާމަތާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމާއި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް އިންޑިއާއިން ކުރާ މަސައްކަތް ކަމަށް ބުނެފައިވެއެވެ.