ސްޕާ ސިލޯންއިން އުރީދޫ ކްލަބް ޕްރިމިއާއާ މެމްބަރުންނަށް ޚާއްސަ އިނާޔަތްތަކެއް

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާއާ މެމްބަރުންނަށް ހާއްސަ އިނާޔަތްތަކެއް --- ފޮޓޯ/ އުރީދޫ

ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯންއިން އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ޚާއްސަ އިނާޔަތްތަކެއް ދޭން ނިންމައިފިއެވެ.

ސްޕާ ސިލޯންއިން ވަނީ ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިޔާއާއި ގުޅިފައެވެ. އުރީދޫއިން ބުނީ މި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުން އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެ ކަމަށެވެ.

އަދި މި ޕާޓްނާޝިޕަކީ އުރީދޫގެ އެންމެ ޚާއްސަ ކަސްޓަމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނާޝިޕެއްކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.

ސްޕާ ސިލޯންގެ މަޝްހޫރު އާޔުރްވެދިކް އަދި ވެލްނެސް ޕްރޮޑަކްޓްތަކާއެކު ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެމްބަރުންނަށް ޕްރޮޑަކްޓްތަކާ ގުޅޭ ޚާއްސަ އޮފާތައް ލިބޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ. އެގޮތުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓާމަރުންގެ ތެރެއިން ގޯލްޑް މެމްބަރުންނަށް 10 ޕަސެންޓް އަދި ޕްލެޓިނަމް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.

ސްޕާ ސިލޯން އިން އުރީދޫ ކްލަބް ޕްރިމިއާއާ މެމްބަރުންނަށް ޚާއްސަ އިނާޔަތްތަކެއް --- ފޮޓޯ/ އުރީދޫ

އުރީދޫ ހެޑްކުއާޓާސްގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއަޔާތުގައި ޚާއްސަ ޕްރޮމޯޝަނެއްވެސް އުރީދޫއިން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ގޯ ޕްލޭ މާކެޓް މި މަހުގެ 25ގެ ކުރިން އެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި 1000 ރުފިޔާ އަދި 500 ރުފިޔާގެ ޑިސްކައުންޓް ވައުޗާ ހިމެނޭ އިރު ގޯޕްލޭ މާކެޓަކީ ހިލޭ ބޭނުންކުރެވޭ އޯޓީޓީ ޕްލެޓްފޯމެކެވެ.

ގޯޕްލޭ މާކެޓް އެކްޓިވޭޓް ކުރުމަށް https://ore.do/goplaymarketmv ބޭނުން ކުރެވޭނެ ކަމަށް ބުނެފައެވެ.

ލަގްޒަރީ އާޔުރްވެދާ ގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި ޕްރަޑަކްޓްތައް އުފައްދާފައިވާ ބްރޭންޑެކެވެ. އުރީދޫއިން ބުނީ މި ޕާޓްނާޝިޕާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.

އުރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް ޓަކައި ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. ކްލަބް ޕްރިމިއާ މެދުވެރިކޮށް މެންބަރުންނަށް ޚާއްސަ އިނާޔަތްތަކާއި ޑިސްކައުންޓްތަކާއި ޕްރިމިއަމް ލައިފްސްޓައިލްގެ ތަޖުރިބާތައް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް