ބެލެނިވެރިން ނުކުމެ މަޑިފުށީ ސްކޫލް ބަންދުކޮށްފި

ތ. މަޑިފުށީ މަދަރުސާގެ ބެލެނިވެރިން ނުކުމެ މިއަދު އެ ސްކޫލް ބަންދުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު އެ ސްކޫލް ބަންދުކުރީ އެ ސުކޫލަށް ބޭނުންވާ ޓީޗަރުންނެތުމާއި ސްކޫލާ ހަވާލުވެ މިވަގުތު އެއްވެސް ބޭފުޅެއް ނެތުމުން އެކަމާ ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެވެ.

"ބަޔޮލޮޖީ ޓީޗަރެއް ނެތް އަހަރު ފެށުނީންސުރެ ވެސް، ދެން ހިސާބު ކިޔަވައިދޭ ޓީޗަރު ދިއުމުން މިހާރު އައިސް ހުރި ޓީޗަރަކީ އެކަމަށް ގާބިލް މީހެއްނޫން. އަނެއް ކޮޅުން މިހާރު މި ސްކޫލަކު ޕްރިންސިޕަލެއް ވެސް ނުހުރޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ބެލެނިވެރިއަކު ކިޔައިދިނެވެ.

މަޑިފުށީ ކައުންސިލްގެ ރައީސް މުހައްމަދު ޝާފިއު ވިދާޅުވީ މިއަދު 9:15 އެހާކަންހާ އިރު އެ ސްކޫލުގެ ހުރިހާ ބެލެނިވެރިންހެން ސްކޫލް ދޮށަށް ޖަމާވެ ސްކޫލް ބަންދުކޮށްފައިވާ ކަމަށާއި އަދި ވެސް މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވަނީ ބެލެނިވެރިނާއި މަޝްވަރާކޮށް އެބޭފުޅުންގެ ޝަކުވާތަށް އަޑުއަހާފައި. އަޅުގަނޑުމެން އެކަންތަށްތައް ހައްލުކުރުމަށް މިހާރު މިދަނީ މަސައްކަތް ކުރަމުން،" ޝާފިއު ވިދާޅުވި އެވެ.

ތ. މަޑިފުށީ ސްކޫލަކީ ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިހާރު ތައުލީމް ހާސިލްކުރަމުން ގެންދަނީ 152 ދަރިވަރުނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު