ފެންނަނީ އެތައް ބައެއްގެ ގުރުބާނީއާއި މިންނެތް މަސައްކަތުން ގެނައި ގާނޫނުއަސާސީ ބާބަކަށް ފަހު ބާބަކުން، މާއްދާއަކަށް ފަހު މާއްދާއަކުން ގެއްލިގެން ގޮސް 2004ގެ ކުރިން ރާއްޖޭގެ ހިންގުމުގެ ނިޒާމު އޮތް ގޮތަށް ފުރޮޅިގެންދާ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.
"ގާނޫނު އަސާސީގެ ދިފާއުގައި"ގެ ނަމުގައި އެމްޑީޕީން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ވިލިމާލޭގައި އޮތް ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ބުރަ މަސައްކަތުން އެތައް ޚިދުމަތެއް ކޮށްގެން، ރެއާދުވާލު އެ ކުރި މަސައްކަތުން ގާނޫނުއަސާސީ ހޯދަން ޖެހުނީ މުހިންމު ބޭނުމެއްގައި ކަމަށެވެ. އެއީ ތިންބާރު ވަކިވެފަ އޮތް ނިޒާމަކާއި، މިނިވަން މުއައްސަސާތަކެއްގެ އިތުރުން ރިޔާސީ ނިޒާމެއް ކަނޑައެޅުމަށްޓަކައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު ފެންނަނީ ގާނޫނުއަސާސީ "ގަޑުބަޑު" ކުރަމުންދާ މަންޒަރު ކަމަށް ފައިސަލް ވިދާޅުވިއެވެ.
...އެއްކަލަ ހަތަރު އަހަރު ވަންދެން ދިވެހިރާއްޖޭގެ އެތައް ބައެއްގެ މިންނެތް މަސައްކަތުން އެތައް މެންބަރުންނަކަށް، އެތައް ރައްޔިތުންނަކަށް އެތައް އަނިޔާތަކެއް ލިބިގެން، އަޅުގަނޑުމެންނަށް އެ ހޯދުނު ގާނޫނުއަސާސީ ބާބަކުން ބާބަކުން، މާއްދާއަކުން މާއްދާއަކުން ގެއްލިގެން ގޮސް، މުޅި އެތި އެއްކޮށް އެއްކަލަ 2004 ގެ ކުރިން ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު އޮތްގޮތަށް ފުރޮޅިގެން ދާތަން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް
ފާހަގަކޮށްލެވޭ ގޮތުގައި ގާނޫނު އަސަސީއަށް މިފަހުން ވަނީ ބޮޑު ތިން އިސްލާހެއް ގެނެސްފައެވެ. އޭގެތެރޭގައި މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަވެސް މެމްބަރުކަން ގެއްލޭ އިސްލާހު ފާހަގަކުރެވެއެވެ.
އެކަމާ ގުޅިގެން ފައިސަލް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހޭ" ދަންނަވަން މިހާރު އެމަނިކުފާނަން އުނދަގޫ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުން އިންތިޚާބުކުރާ، ރައްޔިތުންގެ ކަންކަމުގައި ވަކާލާތުކުރަން މެންބަރުން ތިބޭ ތަނެއް ކަމަށާއި ނަމަވެސް އެ ގެނައި ބަދަލުތަކުން މެންބަރުންނަށް ލިބޭ ބާރުތައް ގެއްލިއްޖެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ގާނޫނުއަސާސީގެ ދަށުން ލިބިދޭ އެއްވެސް ހައްގެއް ގެއްލެން ބޭނުން ނުވާކަން ފާހަގަކުރައްވާ އެއަށް ވުރެ ރަނގަޅަށް ހަރުދަނާ ގޮތަކަށް ކަންކަން ކުރުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ. ގާނޫނުއަސާސީއާ "ނުކުޅުމަށް" ތަކުރާރުކޮށް ފައިސަލް ވަނީ ގޮވައިލައްވާފައެވެ.
ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމާ ގުޅިގެން، މި ސަރުކާރަށް އަހަރެއްވީއިރު ވެސް މާ ބޮޑަށް ހަރަކާތްތެރިވެފައިނުވާ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށް މި ފަހުން އިހުތިޖާޖު ވެސް ކޮށްފައެވެ.
comment ތިޞިން
4 month 6 day ago
ފަޅޮލޭ ނުކިޔާ ތިބައިގަނޑު ދިޔައީ މިގައުމު ލޫޓްވާލާފަ
comment މޮހޮނާ
4 month 6 day ago
ކަލެއަށް މަގާމު ގެއްލޭ ކޮންމެފަހަަރަކު ފެންނާނީ ތިޔާހެން. ލިބޭއިރަށް ދިމާ އިދިކޮޅަށް. އެއަށް ބަދަލެއް ގެންނަންވެސް ނުކެރުނީމާ ރައްޔިތުން ސައްޕުޖަހާ ބޭރުކޮށްލީމަވެސް އަދިވެސް ތިޔާއުޅެނީ އަންނަން ފޫގަޅައިގެންދޯ. އެހެންކަމަކާ ކަލޭ އުޅެންވީއެއްނު
comment ޙާލަތު
4 month 6 day ago
ޤާނޫނު އަސާސީގެ ދިފާޢުގަ ނިކުމެ ހިންގާ އިވެންޓްތަކުގަ ޤައުމީ އެންމެ ދިދައެއްވެސް ނެތި ހަމައެކަނި އެމްޑީޕީ ދިދަ ހުރުމުން ތިޔަކުރާ ކަންކަމުގެ އަސްލު ޙަޤީޤަތް އެބަ ހާމަވޭ.
comment ބޮޑު
4 month 6 day ago
ތިބޭފުޅާގެ ނައިބު ރައީސް ކަމުގަ ފެނުނީ ތައުލީމީ ވަޒީރު ތިބޭފުޅާގެ މައްޗައް ފުރޮޅިފާވާ މަންޒަރު
comment ސލހ
4 month 6 day ago
އަބަދު ފުރޮޅި، ފުރޮޅި ތިބޭ ބަޔަކަށް ފެންނާނީ ހުރިހާ އެއްޗެއް ވެސް ފިރޮޅޭ ތަން
comment ލލ
4 month 6 day ago
2004 ކުން ފެށިގެން މިރާއްޖޭގައި އުފެދުނީ ދައުލަތުގެ މާލިއްޔަތު މަންފާހޯދާ ލޫޓުވި ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތަކެއް ! އެއީ ސިޔާސީ ބަޔެއްނޫން މާފެޔާ ގޭންގު ސްޓާރުންތަކެއް !
comment ފިޝަރމޭން
4 month 6 day ago
ބަލަގަ ކަލޭމެންގެ ނާގާބިލް ސަރުކާރު އޮތްއިރުއޭ ޤާނޫނު އަސާސީއަށް ގޮތް ހެދީ. ޤާނޫނު އަސާސީ ފުނޑާލާފަ ރައީސްއަކަށް ހުރި މީހާ ހިތުހުރިގޮތެއް ހަދާލިއިރު ރައްޔިތުންގެ މަޖިިސްއަށް ނޭންގޭ ދެން ކޮން ވާހަކައެއް ދައްކަން. އަދި އެބަ ކިޔައެއްނު ޤާނޫނު އަސާސީގެ ދިފާޢުގައޭ ފޮޅޮލޭ ކިޔާބަލަ.
comment ސލހ
4 month 7 day ago
އަބަދު ފުރޮޅި، ފުރޮޅި، ތިބޭ ބަޔަކަށް ފެންނާނީ ހުރިހާ އެއްޗެއް ވެސް ފުރޮޅޭ ތަން. އެމް.ޑީ.ޕީ. ޥެރިކަމުގަ ފެނިގެން ދިޔައީ ޤާނޫނު އަސާސީ މައްޗަށް ފައިން އެރިތަން.
comment ގާނޫނު
4 month 7 day ago
ކަލޭމެން ވެރިކަން ކުރާ ނޫނިއްޔާ ފެންނާނީ ހުރިހާ އެއްޗެއްވެސް ފުރޮޅޭތަން. ކުރިން ގާނޫނު އަސާސީޔާ ހިލާފައް ކަންކޮއް އަދި ވައްކަންތައް ކޮއް ކޮރަޝަން ހިންގި އިރު އެއީ ގާނޫނުގަ އޮންނަ ގޮތްތޯ