މާލޭގެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން، މި މަހުން ފެށިގެން މަގުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އެތަންތަނަށް ވަޑައިގެން ބެއްލެވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ނިންމަވައިފިއެވެ.
އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި އާންމު ޖަލްސާގައި އާޒިމް ވިދާޅުވީ، އެ ކައުންސިލަށް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުނިތައް އެކި ބޭނުންތަކަށް މާލޭގެ މަގުތައް ކޮނުމަށް ފަހު، އެ ސަރަހައްދުގެ ދުވާރުގައި ރީއްޗަށް ގާއަތުރާފައި ނުހުންނަ ކަމުގެ ޝަކުވާ ކަމަށެވެ.
އެގޮތުން، އެ ކަމަށް ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުން ސަމާލުކަން ނުދޭ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގެއް މާލެ ސިޓީ ކައުންސިލުން މަރާމާތު ކުރަނީ ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މިހާރު މާ ބޮޑަށް މަގުތައް ހަލާކުވެގެން ދިޔައިމަ ވާގޮތަކީ އަޅުގަނޑު ސީދާ ނުކުމެ މަގުތައް ބެލެހެއްޓުމަށް މި ވިސްނަނީ، ސަޕްރައިޒްކޮށް އަޅުގަނޑު ދާނީ. އަޅުގަނޑު ދާނީ ކޮން ދުވަހު ކަމެއް އެމީހުންނަކަށް ނޭނގޭނެމޭޔަރު އާޒިމް
އާޒިމް ވިދާޅުވީ އޭނާގެ ބެއްލެވުމުގެ ދަށުން އެކަން ބަލަހައްޓައިގެން ނޫނީ ހައްލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި ހުރިހާ ޕޭމަންޓުތަކާއި މަގުތައް 'ހަލާކު' ކޮށްލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މަގުމަތީގައި ގިނައިން އުޅޭ މީހުން، ހިނގާފައި އުޅޭ މީހުން، އެހެންވީމަ އަޅުގަނޑުމެންގެ އަތުގައި ހިފައިން މީހުން ގެންގޮސް އާޒިމްއޭ މިއޮތީ މިތަން [އޮތް ގޮތް]. އަޅުގަނޑުމެން ތެރޭގައި ސީދާ ސެޓަޕްތައް ހެދިފައި، ސޮއިކުރެވޭއިރު ބަލާފައި ސޮއިކުރަން ޖެހެނީ." ކަންބޮޑުވުން ފާޅުކުރައްވައި، އާޒިމް އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.

މާލޭގެ މަގެއް މަރާމާތު ކުރަނީ: މޭޔަރު އާޒިމް ވަނީ ސީދާ އެތަންތަނަށް މޭޔަރުގެ ބެލުމުގެ ދަށުން ބެލުމަށް ނިންމާފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
މޭޔަރު ވިދާޅުވީ، މި މައްސަލަ ދިމާވަނީ މަގުތައް މަރާމާތު ކުރުމަށް ނުވަތަ ކޭބަލް ވަޅުލުމަށް ހަވާލުކުރާއިރު ރަނގަޅަށް ބަލަންވާ ވަރަށް ނުބަލާތީއެވެ.
އެހެންވެ، އޭނާ ވަނީ މަގުތައް ކޮނެފައި، ރަނގަޅަށް ގާ ނާތުރައި ހުރި ނަމަ، އެކަމެއް އެ ކައުންސިލުގެ ސަމާލު ކަމަށް ގެނައުމަށް ކައުންސިލަރުންނަށް އިލްތިމާސްކުރައްވާފައެވެ. މަގުތައް 'ހަލާކު'ކޮށްފައި ހުންނާތީ ކުންފުނިތައް އެތަނަށް ގެންގޮސްގެން ދައްކައި، އެ މަސައްކަތް ކުރަންވާނީ އެކުންފުނިތަކުގެ ސުޕަވައިޒަރުން ތިބެގެން ކަމަށް ވިދާޅުވި ކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ.
އެ މައްސަލައިގައި އެ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، އެ މައްސަލާގައި ކުންފުނިތަކާ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަން ތާވަލު ކުރާނެ ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތައް އެކި ބޭނުންތަކަށް ކޮނެފައި، ގާތައް ނާތުރައި ހުރުމުން މަގުތައް ބޭނުން ކުރާ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބިފައި އެބަ ހުއްޓެވެ.
comment ނާބެ
4 month 1 week ago
ރަނގަޅު. ކޮންމެ ދުވަހަކު މަސައްކަތު ނިކުންނަންވާނެ. މަމެން މިތިބީ ބަލަން ކިތައްދުވހުތޯ ތިކަން ކުރަނީ
comment ވާފިރުހުސެންފުޅު
4 month 1 week ago
މިއަށް ކިޔަނީ ޕަބިލިސިޓީ އަށް ހޭ ދެބައިވުން. ނުފޯރާފޮތިން ފޫ ގަޅަން ނޫޅުމަށް އިލްތިމާސްކުރަން. ދެ ދުވަހު ހަމަޔަށް ތިކަން ނުވާނެ.
comment ޙާލަތު
4 month 1 week ago
ތީކީ މާމޮޅު ކަމެއްނޫން...
comment ހުވެލި
4 month 1 week ago
މީނަ ތިކަންކުރަން ނެރެފަ ބޮޑެތިމުސާރަތައް ދީފަ ތިބި މީހުންތަށް ވަކިކުރޭ.. އޭރުންދޯ ދައުލަތަށް ހަރަދު ކުޑަވެ ލުއިވާނީ .. އެތައްމުއައްޒަފުންނެއްލާ ލީޑަޝިޕް ނެތީމަ ނުވަތަ ރައްޔަތުންގެ ލޮލުގަ އަދުން އަޅުވަން ދައްކާ ދެކޮޅުނުޖެހޭ ވާހަކަ،
comment ފަނޭ
4 month 1 week ago
ކީއްކުރާ މޭޔަރެއް މި ކުޑަ މާލެއަށް. މިތާގަ މުނިސިޕަލްޓީ އެއް އޮތީމަ ނިމުނީ. މީނާއަށް ބޮޑު މުސާރަ ދީގެން ޗަރުކޭސް ކުޅެ ގޮތް ދައްކަން ބަހައްޓައިގެން ރައްޔިތަކަށް ލިބެނީ ކޮންފައިދާއެއް. މީނާއަށް ފައިދާ ލިބޭނީ. އެހެރީނުން މުއިއްޒުވެސް ހަމަ އެގޮތަށަ ފައިދާގަނޑު ޕަކަޅާކޮއްލައިގެން ގޮސް. މާމޮޅިތި މަގާމުތަކާއި ކައުންސިލްތަށް އުފެއްދުމުގެ އެއްވެސް މާނައެއް ނެތް.
reply ސުދީރު
4 month 1 week ago
ރާއްޖެއަކީ ނަމުން ތަހުޒީބުވެފައި ކަމުން ހަމަ ކުރީގެ ސިސްޓަމް އޮތްތަނެއް. ރާއްޖޭގައި ސިޓީއެއްގެ ދަރަޖައަށްފެތޭ އެންމެ ސަރަހައްދެއްވެސް ނެތް އެއި ހަމަ ނަމެއްގައި ކުރާކަމެއް. ހުރިހާ ސިޓީތަކެއް އުވާލަންވީ، ކޮންމެ ރަށަކަށް ބޮޑު ކަތީބާއި ކުޑަކަތީބު ހޮވަންވީ ސީދާ އެރަށެއްގެ ރައްޔިތުންގެ ވޯޓުން، ދެން ރަށު އޮފީސް ހިންގަން ކަތީބުންނަށް އެހީތެރިވާން އެޑްމިނިސްޓްރޭޝަން މުވައްޒިފުން ތިބީމައި ނިމުނީ. ކަތީބުން ރިޕޯޓްކުރާނީ މައިސަރުކާރަށް. ހަގީގަތުގައި މިހާރުވެސް ކަން ހިނގަނީ މިގޮތަށް.