ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ތިންވަނަ ހެލްތު ކޭމްޕް ގަމުގައި ބާއްވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލްއިން މިއަހަރުގެ ތިންވަނަ ހެލްތު ކޭމްޕް ލ. ގަމުގައި--ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރުގެ ތިންވަނަ ހެލްތު ކޭމްޕް ލ. ގަމުގައި ބާއްވައިފިއެވެ.

މިއީ ގަން ރީޖަނަލް ހޮސްޕިޓަލާއި ލ. އަތޮޅު ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގައި ވަނީ، ގަމާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ފަރުވާ ފޯރުކޮށްދީފިއެވެ.

މި ހެލްތު ކޭމްޕްގައި ފަރުވާ ފޯރުކޮށްދެވުނު ދާއިރާތަކަކީ:

  • ޑޮކްޓަރަށް ދެއްކުމާއި ސްކްރީނިންތައް: ޓްރީ ޓޮޕް ހޮސްޕިޓަލުން ތަޖުރިބާކާރު މެޑިކަލް ޓީމާއެކު ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ލާމު އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ސްކްރީނިންތައް ފޯރުކޮށްދިނުން. މިގޮތުން ރައްޔިތުންގެ މުޅި ސިއްހަތާ ގުޅޭ ގޮތުން އަގުހުރި މަޢުލޫމާތު ފޯރުކޮށްދިން.
  • މަޢުލޫމާތު ހިއްސާކުރުމާއި ގުޅުން ބަދަލު ކުރުން: ޓްރީ ޓޮޕް ހޮސްޕިޓަލް، ލ. ރީޖަނަލް ހޮސްޕިޓަލް އަދި އަތޮޅު ކައުންސިލާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައި، ގުޅިގެން ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން އެއްބާރުލުން އިތުރުކޮށް، ތަޖުރިބާތަކާއި އުސޫލުތައް ހިއްސާކުރުމުން މުޅި ސަރަޙައްދުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީއަކަށްވި.
  • ދުޅަހެޔޮ މުޖްތަމައެއް ބިނާކުރުން: ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑައިޓީޝިއަން މިސް ރީބާ، ސިއްހަތަށް ފައިދާ ހުރި ކާނާގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވި. ރަށުގެ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާއިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައިވެސް ބޮޑު ތަރުހީބެއް ލިބުނު.

މީގެ އިތުރުން ޓީމަށް ޙާއްސަކޮށް ކާނާގެ ދައުރާ ބެހޭ ގޮތުން ގިނަގުނަ މަޢުލޫމާތުތަކެއް ދީފައިވެއެވެ. ދެވަނަ ސެޝަނުގައި ލ. ހަމަދް ސްކޫލުގެ ދަރިވަރުންނަށް ޞިއްޙަތަށް ފައިދާ ހުރި ކެއުމުގެ އާދަތަކާ ބެހޭ ގޮތުން މަޢުލޫމާތު ދީ، ސިއްހަތަށް ރަނގަޅު ކެއުން ޚިޔާރު ކުރުމަށް އިލްތިމާސްކުރިއެވެ.

ހަމައެއާއެކު ވަކިވަކިން ބައްދަލުކޮށް ކެއުމުގެ އާދަތަކާ ބެހޭގޮތުން ވާހަކަދައްކަން ބޭނުންވި ގިނަބަޔަކަށް އެފުރުސަތު ވެސް ފޯރޮކޮށް ދިނެވެ.

ލ. ގަމުގައި ކުރިއައް ގެންދިޔަ ހެލްތު ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި މި ޞިއްޙީ ކޭމްޕްގެ ޒަރީއާއިން އެ ހޮސްޕިޓަލުން މަސައްކަތް ކުރަނީ ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް ފެންވަރު ރަނގަޅު ލަފައައި ފަރުވާ ފޯރުކޮށްދިނުމަށެވެ. ޚާއްސަކޮށް ޒުވާނުން ހިމެނޭ ގޮތަށް، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިތަކާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއި، ބަލިތައް އަވަހަށް ދެނެގަތުމާ ބެހޭ ގޮތުން މުޖުތަމަޢުއަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ގަމުގައި ބޭއްވުނު ހެލްތު ކޭމްޕަގައި 300އަށްވުރެ ގިނަމީހުން ވަނީ ބައިވެރިވެ ޚިދުމަތް ހޯދާފައެވެ. މިއަހަރު ތެރޭގައި މީގެ ކުރިން ބޭއްވި ދެ ހެލްތު ކޭމްޕާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުން މިހާތަނަށް 1000 ދިވެހިންނަށް ރަށުގައި ތިބެގެން ސިއްހީ ޚިދުމަތް ފޯރުކޮށްދީފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ލ. ގަމުގައި ކުރިއައް ގެންދިޔަ ހެލްތު ކޭމްޕްގެ ތެރެއިން އެ ސުކޫލްގެ ދަރިވަރުންނާއި ބައްދަލުކުރެއްވުން--- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ. ސްރީވަތްސަން ސްރީދަ ޖީ ވިދާޅުވީ، އަޒާމަކީ ކޮންމެ ދިވެއްސަކަށްވެސް، ފަސޭހައިން ލިބެންހުރި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މި ޞިއްޙީ ކޭމްޕުތަކުގެ ތެރެއިން އަޅުގަނޑުމެން ހަމައެކަނި ޞިއްޙީ ފަރުވާ ދިނުމުގެ އިތުރުން، އިތުރަށް ޞިއްހީ ހޭލުންތެރިކަން ލިބިފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށެވެ،" އޭނާ ވިދާޅުވިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން އަންނަނީ އައު ފަރުވާތަކާއި ޚިދުމަތްތައް ތައާރަފުކޮށް، ދިވެހީން ބޭހަށް ބޭރު ގައުމުތަކަށް ފަރުވާ ހޯދަން ދިއުމުގެ ބޭނުން ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް