"ފަހި ވިސްނުމާއި ލޯތްބާއި އުފާވެރިކަން ތިބާގެ ހަޔާތަށް ގެންނަން މަސައްކަތްކުރާށެވެ. ކޮންމެ ކަމެއްގައި ހިތްވަރާއެކު މަސައްކަތްކޮށް ﷲއަށް ތަވައްކުލް ކޮށް ދުޢާކުރާށެވެ."
***
" ވަޓް ޑިޑް ޔޫ ޑޫ.....ވަޓް ވިލް ޝީ ތިންކް އޮފް މީ އެނޑް ޔޯ ޑޭޑް...ދިސް އިޒް ސޯ ރޯންގް ދަނީން..." މަރްވާން ހާސްވިއެވ.
" އައި ހޭވް ވެއިޓެޑް އަ ލޯންގް ޓައިމް.....މަރްވާން އަށް ނުކެރުނެއްނު...ސޯ އައި މޭޑް އިޓް އީޒީ...." ދަނީން ލޯ އަޅާލިއެވެ.
***
މައިރާ ދޮރުން ބޭރަށް ބަލައިލުމުން ފެނުނީ ކައިވެނީގެ ޕާޓީގެ ޒީނަތްތެރިކަމެވެ. އަލިގަދަ ބޮކިތަކާއި، ކުލަކުލައިގެ ޒީނަތްތެރި ފޮތިތަކާއި، އުފަލުން ފުރިފައިވާ މެހުމާނުންނެވެ. މިހުރިހާ މަންޒަރެއް ފެނުމުން، މައިރާގެ ހިތް ޝުކުރުވެރިކަމުން ފުރިގެންދިޔައެވެ. މިއަދަކީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާވެރި ދުވަސްކަން ޔަޤީންވިއެވެ.
ސިޓީގެ އަލިތައްވެސް ދުރުދުރުން ވިދަމުން ދިޔައެވެ.
ޒަވިޔާރު އަދިވެސް އިނީ ކައިވެނީގެ ސޫޓުގައެވެ. އޭނާގެ އިނގިލިތަކުން ޓައިގެ ގޮށާއި ކުޅެމުންދިޔައެވެ. އަދި އަތުގައި އޮތް ޓެބްލެޓުން މިރޭ ފުރުމަށް އޮތް ޓިކެޓު ހުޅުވާލިއެވެ.
" ނެތޭ ވަގުތެއް ވެސް.....ހިނގާ އަވަހަށް ރެޑީވެލަން...." ޒަވިޔާ މައިރާ އަށް ނަޒަރު ހުއްޓައިލިއެވެ. މައިރާ ހުރީ ބޭރުގެ މަންޒަރަށް ގެއްލިފައެވެ. ނަމަވެސް މައިރާ މޫނު އަނބުރާލައި ފުން ނޭވާ އެއް ދޫކޮށްލިއެވެ.
" ޔޫރަޕް ޓުއާ އަށް ދިއުމުގެ ކުރީން.....ވީ ޝުޑް ގޯ...." އޭނާ ޒަވިޔާރުގެ ލޮލަށް ސީދާ ބެލިއެވެ.
"އަހަރެމެން ޢުމްރާއަށް ދާންވީ..........." މައިރާ ޖެހިލުންވިޔަސް ހިތުގައި އޮތް އެއްޗެއް ބުނެލިއެވެ.
" ވަޓް....." ޒަވިޔާ އަށް ލިބުނު ޝޮކުން އެނދުންވެސް ތެދުވެވުނެވެ. މައިރާ ގެ މޫނަށް ހާސްކަން ފެތުރުނެވެ. ޒަވިޔާގެ މަޑު ފިޔަވަޅުތަކެއްގައި އައިސް މައިރާއާ ކައިރިވިއެވެ.އޭނަ ދެއަތް ދެއަތާއި މޮޑެމުން އިސްޖަހާލިއެވެ. ޒަވިޔާގެ ދިގު އިސްކޮޅު މައިރާގެ ސޫރައަށް ހިޔަނިވިއެވެ. މައިރާގެ އިސްޖެހިފައިވާ ދަތްދޮޅީގައި ހިފާ އުފުލާލި ހިނދު އެ މޫނު ރަތްވިއެވެ. ޒަވިޔާ އެ ހިތުގައިވާ ސިއރުތައް ކިޔާލަން އުޅޭފަދައަކުން ލޯ ހަނިކޮށްލާފައި ބަލާލިއެވެ.
" ޔޫ އާ ޖޯކިން ރައިޓް....." ޒަވިޔާ ބުމަ އަރުވައިލީ މައިރާ އޭނާއާއި ސަމާސާ ކުރަނީ ކަމަށް ހިތާއެވެ. ޒަވިޔާރުގެ އަތުގެ ހޫނުކަމާއި މަޑުމައިތިރިކަމުން މައިރާގެ ހިތުގެ ވިންދު އަވަސްވެގެންދިޔައެވެ. އެއްޗެއް ނުބުނެ މައިރާ ބޯ ހޫރާލިއެވެ. އޭނާގެ ފެހި އަދި ފުން ލޮލުގެ ކަޅި ބޮޑުވެލިއެވެ. ޒަވިޔާރު އޭނަގެ މޫނުން އަތް ވަކި ކޮށްލެވުނެވެ.
" މައި މޯމް ދޯ.....މަންމަ އެއްޗެކޭ ބުނީދޯ....ދެން މައި ވެސް....އެއީ ދެން އޯލްޑް މީހުން ގެ ހިޔާލު ހުންނާނެ ގޮތް...މަންމަ ޒަވީ ކަިއރީވެސް ބުނި...ބަޓް ވީ އޯލްރެޑި ޕްލޭންޑް އަވާ ހަނީމޫން....ދެން އެހެން ނޫނަސް ކޮބާ އޭގާ އަހަރެމެންނަށް އޮތް އުފަލަކީވެސް...މަޖަލެއްވެސް ނުވާނެ....ފެމިލީ ޓްރިޕަކަށް އެ ވާނީ...." ޒަވިޔާ ފޫހިވީކަހަލައެވެ. އޭނަ ސޯފާގައި އިށީނދެ ޓައި ނައްޓާލިއެވެ.
" ނޯ.....މަންމަ ބުނީތީ އެއް ނޫން....ޒަވީ ވެސް ދެން ވިސްނާ ގޮތް..." މައިރާ އިށީނީ ޒަވިޔާ ކައިރީގައެވެ. އަދި އޭނާ ޒަވިޔާ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. އެފަދަ ފަރުވާކުޑަގޮތެއްގައި މަންމަ އަށް ނިސްބަތްކޮށް ވާހަކް ދެއްކީތީ މައިރާ ކަންބޮޑުވިއެވެ.
"ދެން....ޔޫ ރިއަލީ ވޯންޓު ގޯ ހަމ...." ޒަވިޔާ އަށް އަދިވެސް ގަބޫލުނުކުރެވިފައި ހުރެ އަހާލީ ލާނެތް ހިނިތުންވުމެއްގައެވެ. މައިރާގެ ލޯ ފެން ކަޅިވިއެވެ.
" ޒަވީ ހުރިހާ ހަނީމޫން ޕްލޭން އެއް ކުރި އިރު މައި އަކަށް ނުވެސް އިނގޭ.....ބަޓް ޔޫ އާ ސޭއިން ވީ ޕްލޭންޑް އޭ...އަސްލުވެސް އައި ވޯންޓް އަސް ޓު ގޯ އުމްރާއަށް.....ކައިވެނި ކުރެވުނީތީ ޒަވީ ގެ ހިތް ޝުކުރުން ނުފުރޭތަ؟" މައިރާގެ ކަރުނަ ތިކިތައް ކޯތާފަތަށް އެޅުނެވެ. އޭނަގެ މޫނުމަތީގަިއ ވި ހިނިތުންވުން ފަނޑުވެދިޔައެވެ. އަދި މައިރާ ގަޔާއި ލައްކޮށްލަމުން ކަރުނަ ފޮހެލަދިނެވެ.
" މައި....އެހާ ސީރިއަސް ކަމެއް ނޭނގުނީ...ސޮރީ....އޯކޭ އޭ ޒަވީ އަށް....އައި ކޭން ޕްލޭން އިޓް އާފްޓާ އުމްރާ.....އައި ވޯންޓް ޔޯ ހެޕިނެސް...." ޒަވިޔާރު ގަދަކަމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ގެނައެވެ. ހިތުން ގަބޫލުކުރެވުނީ މިއީ އޭނާގެ މަންމަ ދެއްކި ވާހަކައަކަށް މައިރާ ހިޔާލު ބަދަލުކުރީކަމަށެވެ. އެކަމާ ހިތްހަމަނުޖެހުނު ކަން މައިރާ އަށް ދައްކަން މިރޭ ނޭދުނީއެވެ. މައިރާގެ މޫނުމަތި ޝުކުރުވެރިކަމުން އުޖާލާވެގެންދިޔައެވެ. އޭނާގެ ލޮލުގައި ހުރި ކަރުނަތައް މިހާރު ވެގެންދިޔައީ އުފާވެރިކަމުގެ ކަރުނައަށެވެ.
" މައި އެހެންވީމަ ވަރަށް ބޮޑަށް ތިއޮތީ ދަރާފައި....." ޒަވިޔާ އޭނާގެ ހިތުގައި ހުރި ހިތްހަމަނުޖެހުން މިރޭގެ އުފާވެރިކަން ބަނަކުރުމަށް ނޭދުނެވެ. މައިރާގެ އުފަލަކީ އޭނާގެ އުފާކަމުގައި ވުމަށް އެދެވުނެވެ. ނަމަވެސް ޒަހްރާ އާއި ވާހަކަ ދައްކައިގެން އުމްރާ ގެ ކަންތައް ފަސްކޮށްލަން އޭނާގެ ސިކުނޑީގައި ރާވާލަމުންނެވެ.
" ކިހިނެއް އެ ދަރަނި ފިލުވަދޭންވީ؟." މައިރާ ރަކި ހިނިތުންވުމަކާއެކު ލޯ ބޮޑުކޮށްލިއެވެ.
" އޭން އެކްސްޓްރާ ޑޭއި އިން ޕެރިސް.....އެންޑް ސަމް ޓިކިލްސް...." ޒަވިޔާ ލާނެތް ހިނިތުންވުމެއް ހަދިޔާކުރިއެވެ.
" ނޯ...ނޯ ޓިކިލްސް..." މައިރާ ސޯފާ ބާލީހުން ނަގައި ޒަވިޔާއާއި ދިމާލަށް އުކަންފެށިއެވެ. މައިރާ ހަޅޭއްލަވަމުން އޭނާއާ ދުރަށް އެނބުރިލިއެވެ. ނަމަވެސް ޒަވިޔާރު މާ ހަލުވިއެވެ.
"ކޯޓް ޔޫ...."
***
ކާރުމަޑުޖެއްސީ ވޯކްޝޮޕް ކައިރިއަށެވެ. ބާބިލްގެ ހިތުގައި އުފެދުނު ސުވާލުތައް ނާހާ ހުރެވޭނެ ގޮތެއް ނުވިއެވެ. އޭނާ އަލްބާނުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. އަލްބާންގެ މޫނުމަތީގައި ކަންބޮޑުވުމާއި އަޖައިބުވުން ފެނުނެވެ. އެމީހުން ކުރަން އުޅޭ ކަމުގެ ބޮޑުކަން ވަށައިގެންވާ ޖައްވުން އިހުސާސްވިއެވެ. ބާބިލްއަށް ސުވާލު ނުކޮށް ނުހުރެވުނެވެ.
" ވަޓް އާ ޔޯ ޕްލޭންސް ވިތް ލޯކަން؟"
އަލްބާން ކޮލުކަށިގަނޑަށް ބާރުކޮށްލިއެވެ. އަދި ބާބިލްއަށް ނަޒަރު ހުއްޓައިލިއެވެ. އޭނާގެ ލޯ ކުޑަކޮށް މަރައިލި ނަމަވެސް، ޖަވާބުދިނީ ހަމަޖެހިފައެވެ.
"އޭނާ ގެންދަން ބަޔަކު އަންނާނެ... ދެތިން ދުވަހަށް............"
ބާބިލް އިނީ އިތުރު ތަފްސީލަކަށް ބޭނުންވެފައެވެ. އަލްބާން އޭނާ އާއި މެދު ކުރަން އުޅޭނީ ކޮންކަމެއްކަން ނޭނގިފައެވެ. ބާބިލް ބިރުގަންނަނީ މިހުރިހާ ކަމެއް ތެރޭގައި އަލްބާން އަށް ދެރައެއް ލިބިދާނެތީއެވެ.
"ކޮން ބައެއް؟.ކޮންތާކަށް ގެންދަނީ؟" ބާބިލް ޖެހިލުންވިޔަސް ސުވާލުކުރިއެވެ. އޭނާގެ މޫނު ބާބިލް އާއި ދިމާލަށް އަނބުރާލަމުން ކައިރިވެލިއެވެ. ކުޑައިރުކޮޅެއްވާންދެން އޭނަ އެއްޗެއް ނުބުނެ ބާބިލްގެ މޫނަށް ސީދާ ބެލިއެވެ. ބާބިލްގެ ލޮލުގައި ޝައްކާއި ކަންބޮޑުވުން ހުރިކަން ފެނުނެވެ. ބާބިލް ސިހިފަިއ ކަހަލަ ގޮތަކަށް އަވަހަށް އިސް ޖަހާލިއެވެ.
" ޓްރަސްޓް މީ.....އިތުރު ސުވާލުނުކުރޭ...." އަލްބާން ގެ އަޑުގައިވީ އަމުރުވެރިކަމެކެވެ.
އޭނާގެ ލޮލުގައި ހުރި ސާބިތުކަމާއި ވަރުގަދަކަމުން ބާބިލްގެ ހިތް ފަޅި ސިކުންތުކޮޅަކަށް ހުއްޓުނެވެ. ހުއްޓުނެވެ. ހިތް ބާރަށް ތެޅެމުން ދިޔަ ނަމަވެސް، އޭނާގެ ސިކުނޑިއަށް މިކަން ދޭހަވާން އުނދަގޫވިއެވެ. އޭނަގެ ނޭވާވެސް އެތެރެހަށީގައި ހިފެހެއްޓިފައިވާ ކަހަލައެވެ. އަލްބާން ވާހަކަދައްކާ ގޮތާއި އޭނާ އެ ދިން ޔަޤީންކަމުގެ ސަބަބުން ކިތަންމެ ވަރަކަށް އޭނާއަށް އިތުބާރުކުރަން ބޭނުންވި ނަމަވެސް، ބާބިލްގެ ހިތުގައި އަދިވެސް ކަންބޮޑުވުމެއް އޮތެވެ.
އޭނަ ބާބިލް އަށް ލުއި ހިނިތުންވުމެއް ދެމުން ދުރުވެލިއެވެ. އަދި ކާރުން ފައިބައި ބާބިލް ފައިބަން ދޮރު ދޮރުހުޅުވާލަދިނެވެ. ބާބިލް ވޯކްޝޮޕް އަށް ވަންނަން ފަސްޖެހިފައި ހުއްޓާ އޭނަ އެ އަތުގަިއ ހިފުމަށް އަތް ދިއްކޮލިއެވެ. ނަމަވެސް ބާބިލް އޭނާގެ ބޯ ހޫރާލީ އިންކާރުކުރަމުންނެވެ.
" ފައިން ބާބް....." އަލްބާން ފުން ނޭވާ އެއް ދޫކޮށްލަމުން ދެރަ ނުޥާން އަމިއްލަ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. ބާބިލް އަށް ހެވުނެވެ. އަލްބާން ދޮރު ހުޅުވާލި އިރު، އެތެރޭގައި ފެނުނު މަންޒަރަކީ އޭނާ އުންމީދުކުރި މަންޒަރެއް ނޫނެވެ. އަލްބާން އެހާ ސިހުނު ސަބަބަކަށް ވީ އެ މަންޒަރުގައި ދަނީން ވުމެވެ.. އޭނާ އިނީ ކައިރީގައި ހުރި މޭޒެއްގައި ގެ ދަށަށް ފައި ލައިގެން އަތްތިލް ޖީބަށް ޖަހާލައިގެންނެވެ. ނުރުހުމުގެ ނަޒަރަކުން މަރްވާންއަށް ބަލަހައްޓައިގެންނެވެ.
"ދަނީން؟" އަލްބާންގެ އަޑުގައި ހައިރާންކަމުގެ ތޫނުކަމެއް ހުއްޓެވެ.
އަލްބާންގެ އަޑުގެ ރާގުން ސިހުނު ބާބިލް، އެތެރޭގައި އެއް ފައި އަޅައިލާފައި ފަހަތަށް ޖެހުނެވެ. އޭނާގެ ލޯ ބޮޑުވެގެން ދިޔައެވެ.
ދަނީން އަވަހަށް ދޮރާ ދިމާއަށް ބޯ އަނބުރާލިއެވެ. އޭނާގެ ލޮލުން ކުށްވެރިވުމާއި ދެކޮޅުވެރިކަން އެކުވެފައިވިއެވެ. "އޯހޯ..... ރަނގަޅު.މިއޮތް އައީ ނު ސާކަސް ކްލައުން....."
" ވައި އިޒް ޝީ ހިއާ.....މަރްވާން..." އަލްބާން ދަތްކުނޑިވިކާފައި މަރްވާން އަށް ލޯ އަޅާލިއެވެ.
" އީޒީ އޮން ހިމް...އަލް...." ދަނީން ހަށިގަނޑު ސީދާކުރަމުން މަރްވާންގެ ދިފާއަށް ނުކުތެވެ. އަލްބާންގެ މޫނުގެ ކުލަވަރު ފެނި ދަނީން ބިރުގަންނަގޮތްވިއެވެ. އެ ކަމުގެ ސީރިޔަސްކަން އޭނާއަށް އިހުސާސްވިއެވެ.
"އައި ޑިޑްންޓް ނޯ. ޖާސޫސެއްހެން ކާރުގެ ޑިކީން ނުކުމެގެން އައުމާ ހަމައަށް................." މަރުވާންވެސް ރުޅި އަންނަގޮތްވިއެވެ.
" ދިސް ފެމިލީ ވިލް ބީ ދަ އެނޑް އޮފް މީ....އައި ސްވެއާ...." އަލްބާން ތުން ތަޅުވާލިއެވެ.
ދަނީން އެ ވާހަކައަށް އަޅައިނުލާ، ބާބިލް ގާތަށް ދިޔައެވެ.
"ބާބް ކީއްވެ މިތާ....ބާބް ވެސް މިއީ މި ޓީމް ކުދިންތަ....ހީނުކުރާހާ މިހުން މިއޮށް އުޅެނީ މާފިއާގަ...." ދަނީން ޗުސް ކަނޑާލަމުން ފުން ނޭވާ އެއް ލިއެވެ.
" ސޯ ވަޓް އާއ ވީ ޑުއިން ޓު ހިމް...." ދަނީން އިޝާރާތްކުރީ ލޯ ފޮތިގަނޑަކުން ބަނދުކޮށްފައި އޮތް ލޯކަންއަށެވެ. އޭނަ އޮތީ ޚަބަރު ހުސްވެފައެވެ.. މަރުވާން އަނެއްކާވެސް އަނގައިން އަޑެއް ނެރެލިއެވެ. އެހީއަކަށް އެދޭ ކަހަލަ ގޮތަކަށް އަލްބާނަށް ބަލައިލިއެވެ. އަލްބާން ނޭވާއެއް ދޫކޮށްލަމުން، ބާބިލްއަށް ބަލައިލިއެވެ. ބާބިލް ފަސްޖެހުމާއެކު ބޯޖަހައިލިއެވެ. ދަނީންގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އެމިހުންނަށް ނޭނގިފައެވެ.
" ޓޭކް ހާ ހޯމް މަރްވާން...ބާބް ވެސް..." އަލްބާން ބުނެލީ ވަރުބަލި ރާގެއްގައެވެ.
"ގެއަށޭ.....އުނހޫ...މިތަނުން ހެލިވެސް ނުލާނަން ކުރަނީ ކޮންކަމެއްތޯޯ ބަލާފަ ނޫނީ...." ދަނީން ބޮޑާހޭކިއެވެ. ޖުރީ އާއި ދަނީންގެ މިޒާޖު އެހާ ވައްތަރެވެ. ބާބިލްއަށް ހެވުނެވެ.
" ދަނީން.....ރިމެމްބާ....ޕީޕަލް އާ ވެއިޓިން ހޯމް....ޓު ޓޯކް ޓު އަސް....ޓު މީ...." މަރްވާން އިންޒާރެއް ދިނެވެ. އަލްބާން އަށް ނޭނގިފައި ހުރެވުނެވެ.
" ކާކު ކޮން ވާހަކައެއް....ގޭ މީހުނަނަށް ވެސް އެނގުނީތަ؟"އަލްބާން ހާސްވިއެވެ.
" ނޫން....ދަނީން ވޯންޓްސް ޓު މެރީ...." މަރްވާން ފުން ނޭވާއަކާއެކު ބުނެލިއެވެ.
" ކާކާ؟" އަލްބާން އަށް ލިބުނީ ސިހުމެކެވެ.
" މީ..." މަރްވާން ގެ އަޑު ކިރިޔާ ނުކުްތްކަމެވެ. އަލްބާން ގެ އަތް މުށްކަވާލެވުނެވެ. އެވަގުތު އޭނާއަށް އިހުސާސްކުރެވުނީ ރުޅިއެވެ. ބާބިލް އަށް އަލބާން ގެ ރުޅި ފެނިފައި އެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ހަމަޖެހިލުމަށް އެދެމުންނެވެ.
" ޖަސްޓް ގޯ ހޯމް....އިނަފް އޮފް އޯލް ދިސް....އެންޑް ދަނީން....ފަހަތު ސީޓުގަ....ބާބިލް އާއިއެކު..." ދަނީން އަށް އާލލި އިންޒާރުން އޭނާ މުޅިން މައިތިރވިއެވެ.
"މަރްވާން....ވީ ހޭވަ އަ ލޮޓް ޓު ކެޗް އަޕް އޮން...." އަލްބާން ލޯ އަޅާލިއެވެ.
***
ފޯނެއްގެ މަޑުމައިތިރި ރިންގު އަޑަކުން ހިމޭންކަނ މުގުރިގެން ދިޔައެވެ. އަހެދްގެ ދިގު އެސްފިޔަތައް ޖަހައިލަމުން ލޯ ހުޅުވުނީ ފަރުދާގެ ތެރެއިން ވަންނަ ހެނދުނުގެ ރަން އަލިކަމަށެވެ. ބޮލުގައި ބަރުކަމެއް އިހުސާސްވެ، ހަށިގަނޑު ބަލިކަށިވެފައިވާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އެންމެ ފުރަތަމަ އޭނަގެ ސަމާލުކަން ގޮސް ހުއްޓުނީ ނިތްކުރީގައި އިހުސާސްވާންފެށި ތެތްފިނި ކަމަށެވެ. އެއަށް ވުރެ ބޮޑަށް އޭނަ ސިހުނީ އެނދުގައި ބޯ އަޅާއިގެން އޮތް މުރުތަސިމް ފެނިފައެވެ. އިރުގެ ފަނޑު އަލިކަމުގައި އޭނާގެ މޫނުގެ ފިރިހެންވަންތަ ސިފަތައް އިތުރަށް ފާޅުވަމުން ދިޔައެވެ. އެކަމަކު ރޭގަނަޑުގެ ހަމަނިދި ނުލިބޭކަން އެ މޫނުމަތީގައި ވީ ވަރުބަލިކަމުން އެނގުނެވެ. އާދައިގެ މަތިން އޭނާގެ މޫނުމަތިން ފެންނަން ހުންނަ ހަރުކަށިކަން މިއަދު ވަނީ ނެތިގޮސްފައެވެ. އޭގެ ބަދަލުގައި ފެންނަނީ ނިދުމުގެ ސަބަބުން ލިބިފައިވާ ހިތްގައިމު މަޑުމައިތިރިކަމެވެ. ކުއްލި އިޙްސާސަކާއެކު، އޭނަގެ އަތް މުރުތަސިމްއާ ދިމާއަށް ދިއްކޮށްލެވުނެވެ. އޭނާގެ ހިތްވަރު ގެއްލި ފަސްޖެހުނު ނަމަވެސް، އިނގިލިތައް މުރުތަސިމްގެ ކަޅު އިސްތަށިތަކުގައި މަޑުމައިތިރިކޮށް ބީހިލިއެވެ.
" އަ.....އާ ޔޫ އޯކޭ...." މުރުތަސިމް ސިހިފައި ކަހަލަގޮތަކަށް ހޭލެވުނެވެ. އަދި އަހެދް ގެ އަތުގައި ހިފުނެވެ.
އޭނަގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ހިވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރީ ހެންނެވެ. މުރުތަސިމް އަވަސް ހަރާކާތާއެކު އަހެދް ގެ ހުން ފިނިވެފައިވިކަން ޔަގީންކޮށްލިއެވެ.
"އައިމް ފައިން...." އަހެދް އަވަސްއަވަހަށް ބުނެލިއެވެ.
އެވަގުތު މުރުތަސިމްގެ ފޯނު ރިންގްވާންފެށުމުން ނަގާފައި ޖަވާބުދިނެވެ. ހެނދުނު ނާސްތާއަށް ދައުވަތު ލިބުނީއެވެ.
ނުނިމޭ