ބީއެމްއެލްގެ ''ޗެރިޓީ ރަން'' އިން 50،000 ރުފިޔާ ޑައިބެޓިކް ސޮސައިޓީއަށް ހަދިޔާކޮށްފި

ބީއެމްއެލްގެ "ޗެރިޓީ ރަން" ބާއްވައިފި: ބޭންކުން ވަނީ 50،000 ރުފިޔާ ޑައިބެޓިކް ސޮސައިޓީއަށް ހަދިޔާކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ސްޓާފް ޗެރިޓީ ރަން" މިއަދު ހެނދުނު ބާއްވައިފިއެވެ.

މި ދުވުމުން ވަނީ ޑައިބެޓިކް ސޮސައިޓި އޮފް މޯލްޑިވްސްއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި "ޗެރިޓީ ރަން" ނިންމާލުމަށްފަހު އެ ޖަމިއްޔާއަށް ބޭންކުން ވަނީ 50،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

ބީއެމްއެލްގެ "ޗެރިޓީ ރަން" ގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޗެރިޓީ ރަން ގައި މި އަހަރު 300އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އަތޮޅުތެރޭގައި ބޭންކުން ގާއިމްކޮށްފައިވާ ބްރާންޗްތަކުގެ ބައެއް މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

މުޖުތަމައަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ ކްލަބުން އިސްނަގައިގެން ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

comment ކޮމެންޓް