އެންޑްރޮއިޑްގެ އެޕްތަކަށް ފަސޭހައިން ލޮގިންވެވޭ ފީޗާއެއް ތަޢާރަފްކޮށްފި

ގޫގުލްގެ މޯބައިލް އޯއެސް އެންޑްރޮއިޑް ---

އެންޑްރޮއިޑް ފޯނުތަކުގެ އެޕްތަކަށް ލޮގިންވުން ފަސޭހަކޮށްދޭ އައު ފީޗާއެއް ގޫގުލްއިން ތަޢާރަފުކޮށްފިއެވެ.

ދުނިޔޭގެ އެންމެ ގިނަޢަދަދެއްގެ ބަޔަކު އަދި ވެސް ބޭނުން ކުރަމުން އަންނަ އެންޑްރޮއިޑް ފޯނުތަކަށް ތައާރަފްކުރި މި ފީޗާއަކީ އައު ފޯނަކަށް ބަދަލުވާއިރު އެޕްތަކަށް އަލުން ލޮގިންވުމުގެ މަސައްކަތް ފަސޭހަކޮށްދޭ "ރިސްޓޯ ކްރެޑެންޝަލްސް" ނަމަކަށް ކިޔާ ފީޗާކެވެ.

ގޫގުލްއިން މި ފީޗާާ ބެހޭ މަޢުލޫމާތު ހާމަކޮށްފައިވަނީ އެ ކުންފުނީގެ ބްލޮގް ޕޯސްޓެއްގައެވެ. މި ފީޗާއަކީ އެންޑްރޮއިޑްގެ ކްރެޑެންޝަލް މެނޭޖަރ އޭޕީއައިގެ ބައެއްގެ ގޮތުގައި ތަޢާރަފުކޮށްފައިވާ އައު ފީޗާެކެވެ. މި ފީޗާ މެދުވެރިކޮށް އައު ފޯނަކަށް ބަދަލުވުމަށްފަހު އެޕްތަކަށް އަލުން ލޮގިންވުމުގެ މަސައްކަތް އޮޓޮމެޓިކުން ކުރެވޭނެއެވެ.

ގޫގުލްއިން ބުނާ ގޮތުގައި މި ފީޗާ ވަނީ އެންޑްރޮއިޑް ސިސްޓަމްގެ ބެކަޕް އަދި ރިސްޓޯ މެކޭނިޒަމާ ގުޅުވާލެވިފައެވެ. އަދި އައު ފޯނުގައި ލޮގިންވުމަށްފަހު ވެސް ކުރީގެ ފޯނުގައި ހުރި އެޕްތަކަށް އެކްސެސްކުރެވޭނެ ކަމަށާއި ނޯޓިފިކޭޝަންތައް ވެސް ލިބޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

މި ފީޗާ މަސައްކަތްކުރާނީ ޕަބްލިކް ކީއެއް ބޭނުންކޮށްގެންނެވެ. މި ކީއަކީ ޕާސްކީ އަދި ފިޑޯ-2 ބެކްއެންޑްތަކާ ގުޅޭ ކީއެކެވެ. އަދި މި ފީޗާ މަސައްކަތްކުރާނީ ޕާސްކީ ސާވާ-ސައިޑް އިންފްރާސްޓްރަކްޗަރު ބޭނުންކޮށްގެންނެވެ. އެގޮތުން ބެކަޕް އޭޖެންޓް އިންޓެގްރޭޝަނެއް އޮތްނަމަ، ޑޭޓާ ރިސްޓޯކުރުމަށްފަހު އޮޓޮމެޓިކުން ލޮގިންވާނެއެވެ. އަދި އެފަދަ އިންޓެގްރޭޝަނެއް ނެތްނަމަ، އެޕް ފުރަތަމަ ފަހަރަށް ހުޅުވާލުމުން ރިސްޓޯރ ކީ ހޯދައި އޮޓޮމެޓިކުން ލޮގިންވާނެއެވެ.

ގޫގުލްއިން ތަޢާރަފުކޮށްފައިވާ މި އައު ފީޗާއަކީ އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ގެނެސްދޭނެ ކަމެއްކަމަށް ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ދެކެއެވެ.

އައު ފޯނަކަށް ބަދަލުވާއިރު އެޕްތަކަށް އަލުން ލޮގިންވުމަކީ ގިނަ ބަޔަކަށް ވަރަށް ބުރަ މަސައްކަތަކަށްވެފައިވާ ހިނދު، މި އައު ފީޗާުން އެކަން އޮޓޮމެޓިކުން ކުރެވޭނެތީ، ބޭނުންކުރާ ފަރާތްތަކަށް ވަގުތާއި ހަކަތަ ސަލާމަތްކުރެވޭނެއެވެ.

މީގެއިތުރުން، މި ފީޗާއަކީ ސެކިއުރިޓީ ރަނގަޅު، އަދި ޕްރައިވަސީއަށް އިސްކަންދޭ ގޮތަށް ފަރުމާކުރެވިފައިވާ ފީޗާއެެއްކަން ފާހަގަކުރެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު