ނުރަ އިސްތަށިގަނޑު އިހު ހުރި ކުލައަށް ބަދަލުދެވާދެނާބާ؟

އިސްތަށިގަނޑު ނުރަވުމުގެ ފަހަތުގައި ވަރަށް ގިނަ ކަންކަން ފޮރުވިފައި ހުންނަކަމަށް ދިރާސާއަކުން ދައްކައިފި--ފޮޓޯ/ޖީކިއުއިންޑިއާ

ހުއްޓިފައިވާ މެލަނޮސައިޓް ސްޓެމް ސެލްތަކަށް (އެމްސީއެސްސީ) ބޯ ކުލަކުރުމަށް ބޭނުންވާ ޕްރޮޓީން އުފެއްދުމަށް ނުކުޅެދުމަކީ، ބޯ ނުރަވުމުގެ ސަބަބެއް ކަމަށް ނިއު ޔޯކް ޔުނިވާސިޓީގެ ގްރޮސްމަން ސްކޫލް އޮފް މެޑިސިންގެ ތަޙުޤީޤުވެރިން ހާމަކޮށްފިއެވެ.

ފާރަ މަކުނުތަކެއް ބޭނުންކޮށްގެން މި ތަހުޤީޤުވެރިން ކުރި ތަހުޤީޤުތަކުން ދެނެގަތް ގޮތުގައި އެމްސީއެސްސީތައް ހެދިބޮޑުވަމުން އަންނަ އިސްތަށީގެ ފޮޅިތަކުގެ ބައިތަކުގެ މެދުގައި ދަތުރުކުރަނީ އާއްމުގޮތެއްގައި އެއީ ދުޅަހެޔޮ އިސްތަށިގަނޑަކަށްވާ ނަމައެވެ. އެއާއެކު އިސްތަށި ކުލަކުރާ ސެލްތައް އަލުން އުފެދި އިސްތަށިގަނޑު ދިގުވަމުންދާއިރު އަސްލު ކުލަ ދެމެހެއްޓުމަށް ބޭނުންވާ ޕްރޮޓީންސް ހޯދުމަށް ފުރުސަތު ލިބެއެވެ.

އިސްތަށިގަނޑުގައި ކުރި ހުރި ކު ލަ އެނަބުރާ ގެނެވިދާނެ ގޮތްތަކެއް އެބަހުރި ކަމަށް ދިރާސާއަކުން ވަނީ ދައްކާފައި--ފޮޓޯ/ޕިންޓްރެސްޓް

ނަމަވެސް ބައެއް ހާލަތްތަކުގައި އެމްސީއެސްސީ އިސްތަށީގެ ފޮޅީގެ ބަޖް ކޮމްޕާޓްމަންޓްގައި ތާށިވެ ޖާމް ކޮމްޕާޓްމަންޓް ތަކަށް ދިއުމަށް ނުކުޅެދުމުން އިސްތަށިގަނޑު ކުލަކޮށްދިނުމަށް ބޭނުންވާ ޕިގްމެންޓް ސެލްތައް އުފެދުމަށް ހުރަސް އަޅައެވެ. މި ތަހުގީގު ހިންގި ޓީމުގެ އިސްވެރިޔާ ޕްރޮފެސަރު މަޔޫމީ އިޓޯ ބުނެފައިވާ ގޮތުގައި މެލަނޯސައިޓް ސެލްތައް ހަރަކާތްތެރިވުމަށް ބޭނުންވާ މާއްދާ ކެމެލިއަން ނުލިބުމަކީ ވެސް އިސްތަށިގަނޑު ނުރަވެ ކުރިން ހުރަ ކުލަ ގެއްލެން ދިމާވުމުގެ އެއް ސަބަބު ކަމަށް ވެދާނެއެވެ.

މެލަނޮސައިޓް ސްޓެމް ސެލް (މެކްއެސްސީ)ތައް ކޮންމެވެސް ގޮތަކުން އަލުން ހަރަކާތްތެރި ކުރެވިއްޖެނަމަ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އިތުރު ކުލަތަކުގެ އިސްތަށިގަނޑުތައް ފެންނާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ޕްރޮފެސަރު މަޔޫމީ އިޓޯ ވަނީ ބުނެފައެވެ. އެންވައިޔޫގެ ދިރާސާއިން ދައްކާ ގޮތުގައި އިސްތަށި އަލުން ފެޅުމުގެ މަރުހަލާއަށް ދުވަސްވަމުންދާ ވަރަކަށް، ފޮލިކަލް ބަލްޖްގައި ހަރުލާފައިވާ މެކްއެސްސީތަކުގެ އަދަދު އިތުރުވަމުންދެއެވެ.

ބައެއް ހިސާބުތަކުގައި، މި ޕިގްމެންޓް އުފައްދައި ނުދޭ ފޮލިކަލް ބަލްޖްގައި ގާތްގަނޑަކަށް ހުރިހާ މެކްއެސްސީތަކުގެ 50 އިންސައްތަ ހިމެނެއެވެ.
ހާވާޑްގެ މިއާ ގުޅުމެއް ނެތް އެހެން ދިރާސާއަކުން ދައްކާގޮތުގައި ސްޓްރެސްގެ ސަބަބުން ހަމައެކަނި އިސްތަށި އަލުން ފެޅުމުގެ ނަމޫނާ އަވަސްވެގެންދެއެވެ. މީގެ ސަބަބުން އިސްތަށީގެ ފޮލިކަލްތަކަށް އުމުރުން ދުވަސްވެ ޕްރޮސެސްކޮށްލަދިނުން އަވަސްވެގެންދެއެވެ.

މި ހޯދުންތަކުން އިންސާނުންގެ އިސްތަށި ނުރަވުން ހުއްޓުވުމަށް ނުވަތަ ރިވާސް ކުރުމަށް އައު މަގުތަކެއް ފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

comment ކޮމެންޓް