ވިއްސާރައިގައި ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް

ވިއްސާރަ އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅު ތަކަށް ވިއްސާރައިގެ އަސަރުކޮށް، އެކިވެރުގެ ގެއްލުންތައް ލިބިފައިވޭ --- ފޮޓޯ/ އެންޑީއެމްއޭ

މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި ޅ. ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް ބުނީ ކުރެންދުއަށް އިއްޔެ ބޯކޮށް ވާރޭވެހި ރަށުތެރޭގައި އެއްކޮށް ފެންބޮޑުވެފައި ވާކަމަށެވެ. އަދި ރަށުގައި ހުރި ޕަމްޕުތައް ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެންހިންދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެންޑީއެމްއޭއިން ބުނީ އެ ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ރޭގެ 12 ޖެހުމާ ހަމައަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހިންދާލެވިފައި ވާކަމަށެވެ. ފެންބޮޑުވެ ގެންލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ، އެފަރާތްތަކަށް ބޭނުންވާނޭ ވަގުތީ ބޯހިޔާވެހިކަމާއި ކެއިންބުއިމުގެ ކަންކަން އެ އޮތޯރިޓީން ކައުންސިލާ ގުޅިގެން މިހާރު ކުރަމުން އަންނަކަން އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.

ވިއްސާރަ އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅު ތަކަށް ވިއްސާރައިގެ އަސަރުކޮށް، އެކިވެރުގެ ގެއްލުންތައް ލިބިފައިވޭ --- ފޮޓޯ/ އެންޑީއެމްއޭ

މިހާދިސާގައި ކުރެންދޫގެ 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ލިބިފައިވާ ގެންުންތައް ދެނެގަތުމަށް ކައުންސިލުން މިވަގުތު މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެ އޮތޯރެޓީއިން ވަނީ ބުނެފައެވެ.

"ސަން" އަށް މައުލޫމާތު ދެމުން ކުރެންދޫ ކުރެންދޫ ކައުންސިލުގެ މެމްބަރު ހުސައިން ޒާހިދު ރޭ ވިދާޅުވީ ވިއްސާރައިގައި އެރަށުގެ ތިންބައިކުޅަ ދެބައި ގެތަކަށް ފެންވަދެ 98 އިންސައްތަ ގެތަކަށް ގެއްލުން ވެފައި ވާކަމަށެވެ.

ޒާހިދު ވިދާޅުވީ ކުރެންދުއަށް ވާރޭ ވެހެން ފެށީ އިއްޔެގެ 12:00 ހާއިރު ކަމަށާއި އެ ވެހެންފެށި ގޮތަށް 15:00އާ ހަމައަށް ވަރަށް ބޯކޮށް ވާރޭ ވެހުނުކަމަށެވެ. އަދި ފެންބޮޑުވާން ފެށުމުން ކައުންސިލުން 14:00 ހާއިރު ފެން ހިންދުމުގެ މަސައްކަތް ފެށިކަމަށާއި ނަމަވެސް ކޮންޓްރޯލް ކުރެވުނީ 17:00 ހާއިރު އެމްއެންޑީއެފްގެ އެހީތެރިކަމާ ވެސް އެކުގައި ކަން އޭނާ ރޭ ވަނީ ފާހަގަކޮށްފައެވެ.

ވިއްސާރަ އާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށާއި މެދު ރާއްޖެތެރެ އަދި އުތުރުގެ ބައެއް އަތޮޅު ތަކަށް ވިއްސާރައިގެ އަސަރުކޮށް، އެކިވެރުގެ ގެއްލުންތައް ލިބިފައިވޭ --- ފޮޓޯ/ އެންޑީއެމްއޭ

މިހާރު ކުރަމުން މިދާ ވިއްސާރައިގައި ކުރެންދޫގެ އިތުރުން ތިން ރަށަކުންވެސް ގެއްލުންތައް ރިޕޯޓުކޮށްފައި ވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ސ. ފޭދޫ، ދ. ބަނޑިދޫ އަދި ދ. ހުޅުދެއްޔެވެ.

އެންޑީއެމްއޭއިން ވަނީ މި ވަގުތު ރާއްޖޭގެ އެހެން އަތޮޅުތަކުގެ ހާލަތު ރަނގަޅުކަން ވެސް ފާހަގަކޮށްފައެވެ.

comment ކޮމެންޓް