ދ. ބަނޑިދޫއިން ފާތިމަތު ސައުނާ މުޙައްމަދު
ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވާދޭ މުގައްރިރު ބަދަލު ކުރަން ޖެހޭ ކަމަށާއި ދަރިވަރުންނަށް ކިޔަވާދޭ ވަގުތުތައް އިތުރުކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެެއްޖެއެވެ.
ސިޔާމް މިފަދައިން ވިދާޅުވީ ދ. ބަނޑިދޫ ސްކޫލުގެ 2022- 2023 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް މިރޭ އެ އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ސިޔާމް ބަނޑިދޫ ސުކޫލުގެ ދަރިވަރުންނާ ސަލާން ކުރައްވަނީ ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިޔާމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގެ ކިޔަވާ ކުދިންގެ ފަރާތުން ގިނަ މަންފާތަކެއް އެ ގައުމުތަކަށް ކުރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ކިޔަވާ ކުދިންގެ ފަރާތުން ލިބެނީ ކޮން މަންފާއެއްތޯ ސިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ.
އެގޮތުން، ރާއްޖޭގެ ދައުލަތުގެ ބެޖުޓުން ތައުލީމަށް އެންމެ ބޮޑު ޚަރަދެއް ކުރާއިރު، އެ ފައިސާއިން ޓެކްސް ދައްކާނެ ދަރިވަރުން އުފެއްދިފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ސިޔާމް ވަނީ މުގައްރިރު ބަދަލު ކުރަން ޖެހޭކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ސަބަބުތައް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އޭގެތެރޭގައި، ބޭނުންވާ ފުރިހަމަ ކުރިއެރުން ހޯދައިދިނުމާއި ދަރިވަރުންނަށް މުސްތަގްބަލަށް ކުރިއެރުންތައް ހޯދުން ހިމެނެއެވެ.

ސިޔާމް: ވިދާޅުވީ ދަރިވަރުންނަށް ކިޔަވާދޭ މުގައްރިރު ރަނގަޅުކޮށް، ކިޔަވާދޭ ވަގުތު އިތުރުކުރަން ޖެހޭ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު
މުގައްރިރުގައި ގިނަ ގޯސް ކަންތައްތަކެއް ހުރިއިރު، އެކަންތައް ހައްލު ކުރެވޭ ވަރުގެ ޓީޗަރުން އެބަ ތިބިކަމަށް ވިދާޅުވިއެވެ.
ޑިގުރީ ހައްދަވައި، ނާސިން ހައްދަވައި، ތަޖުރިބާ ގޮތަށް ބެލިޔަސް، އެހެންވީމަ މި ކަންތައް އެބަ ޖެހޭ ރަނގަޅު ކުރަން އަދި، ކިޔަވާދޭ ވަގުތު ވެސް އެބަ ޖެހޭ ގިނަކުރަން
އިތުރަށް ވާހަކަދައްކަވަމުން ވިދާޅުވީ، ކިޔަވާ ކުދިންގެ މައިންބަފައިން ކުއްޖާ ބޮޑު ކުރަން ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން، ކުއްޖާ ބޮޑު ނުކުރާ ކަމަށްވާނަ އެކުއްޖާގެ ފަރާތުން ލިބެން ޖެހޭ 'ލޮލުގެ ފިނިކަމެއް' ނުލިބޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
އެކަމަށް އަލިއަޅުވާލައްވައި ސިޔާމް ވަނީ ކުއްޖާ ބޮޑުނުކޮށް، މައިންބަފައިން ގެންގުޅޭ ކަމަށް ވަންޏާ އެކުއްޖަކަށް ވާނެ ގޮތުގެ މިސާލެއް ހިއްސާކުރައްވައިފައެވެ. ސިޔާމް ވިދާޅުވި ގޮތުގައި، އެ ފަދަ ކުއްޖަކަށް ކަމެއް މެނޭޖުކުރަން ވެސް ނޭނގެނެއެވެ. އަދި އެކުއްޖަކަށް އެއްވެސް ކަމެއް ކުރާކަށް ނޭނގޭނެ ކަމަށް ވެސް ސިޔާމް ވަނީ ވިދާޅުވެފައެވެ.

ސިޔާމް ސުކޫލު ޕްރިންސިޕަލާ ސަލާން ކުރައް ވަނީ: ވިދާޅުވީ ދަރިވަރުންނަށް ކިޔަވާދޭ މުގައްރިރު ރަނގަޅުކޮށް، ކިޔަވާދޭ ވަގުތު އިތުރުކުރަން ޖެހޭ ކަމަށް --- ސަން ފޮޓޯ/ ނާއިޝް ނާހިދު
އެހެންވީމަ އަޅުގަނޑު ޕޭރެންޓުންނަށް ވެސް ގޮވާލަން ޓީޗަރުންނަށް ވެސް ގޮވާލަން . އެކުދިން ކުޑަ ކުދިންނަށް ނުހަދާ. އެކުދުން ބޮޑެތިވެފައި ތިބި ކުދިންނަށް ހަދާށޭ. ބޮޑެތި ކުދިންނަށް ދެއްވަން ޖެހޭ ކަަހަލަ ނަސޭހަތް ދެއްވާށޭ
މީގެއިތުރުން، ކުޑަކުއްޖަކަށް ވެގެން އެފަދަ ގޮތަކަށް ކިޔަވާ ކުދިންނަށް ނަސޭހަތް ނުދިނުމަށް ސިޔާމް މިވަނީ ގޮވާލައްވާފައެވެ.
ވަރަށް ހިތާމަޔާ އެއްކޮށް ސިޔާމް ވަނީ ރާއްޖޭގައި އެކަން އޮންނަނީ އެފަދައިން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން އޮންނަނީ ރާއްޖެއާ ޚިލާފަށް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.