ނޮވެމްބަރު 10 އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފި

ރައީސް އޮފީސް -- ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގ ގޮތުގައި ސަރުކާރުން މިއަދު ކަނޑައަޅައިފިއެވެ.

ނޮވެމްބަރު 10ވަނަ ދުވަހަކީ އާދިއްތަ ދުވަހެކެވެ.

ރައީސް އޮފީހުން މިއަދު ބުނީ، 10ވަނަ ދުވަސް ބަންދުކުރީ، ޖުމްހޫރީ ދުވަހަކީ ނޮވްމެބަރު 11 ކަމުން، އެ ދުވަހަކީ ވެސް ގައުމީ ބަންދު ދުވަހެއް ކަމަށް ވާތީ ކަމަށެވެ.

އަދި އެއާއެކު ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ރަސްމީ ބަންދު ދުވަސްތަކާ ގުޅުވައި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނެތި ދިނުމަށް ޓަކައި މިފަދައިން އަމަލުކުރެއެވެ.

comment ކޮމެންޓް