މައުމޫން ވިދާޅުވީ މިރޭ ފެންނާނީ އަހަރުގެ އެންމެ ބޮޑު، އަލިގަދަ ހަނދު ކަމަށް

ހަނދު: އަހަރުގެ އެންމެ ފުރިހަމަ ހަނދު މިރޭ ފެންނާނެ ކަމަށް މައުމޫން ވިދާޅުވި -- ފޮޓޯ/ ގެޓީ އިމޭޖަސް

މިރޭގެ ހަނދަކީ މި އަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ހަނދުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިރޭ ފެންނަ ހަނދަކީ ސުޕަ ހަންޓާޒް ފުލްމޫން ކަމަށެވެ.

އަދި، ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށާއި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައިކަމަށް މައުމޫން ލިޔުއްވާފައިވެއެވެ.

ސުޕަ ހަންޓާޒް ފުލްމޫނަކީ އޮކްޓޯމަރު މަހު ފެންނަ ހަނދެކެވެ. މި ހަނދު ދުނިޔެއަށް ފެންނައިރު، އެހެން މަސް މަހުގެ ފުރިހަމަ ހަނދަށް ވުރެ ބޮޑުކޮށް ފެނެއެވެ.

ކުރީގެ ރައީސް މައުމޫނު ސިޔާސީ ދާއިރާގައި މިހާރު ހަރަކާތްތެރި ނޫން ނަމަވެސް، ފަލަކީ އިލްމާ ގުޅޭ މައުލޫމާތު ދޭތެރެއަކުން އެ މަނިކުފާނުގެ އެކައުންޓުތަކުގައި ހިއްސާކުރައްވައެވެ.

comment ކޮމެންޓް