އީވް ކުލިނިކްގައި އަލުން އާސަންދަ ޚިދުމަތް ފަށައިފި

އީވް ކްލިނިކް -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ސިއްހީ ޚިދުމަތް ދެމުން އަންނަ ޕްރައިވެޓް ކްލިނިކް، އީވް ކްލިނިކުން އަލުން އާސަންދައިގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އީވް ކްލިނިކުން އާސަންދަ ޚިދުމަތް ދިނުން މެދުކަނޑާލީ މިދިޔަ އޮގަސްޓް 20 ވަނަ ދުވަހުއެވެ.

ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ވެސް އީވް ކްލިނިކުން ޚިދުމަތް ހޯދާއިރު، އެ ކްލިނިކްގައި ތަފާތު އެކި ޑިޕާޓްމަންޓުތަކުގައި ވަރަށް ގިނަ ޑޮކްޓަރުން ބައްލަވައެވެ. އޭގެ ތެރޭގައި؛

  • ހިތުގެ ބަލިތައް
  • ނާރުގެ ބަލިތައް
  • ދަތުގެ ބަލިތައް
  • ފުއްޕާމޭގެ ބަލިތައް
  • ހޯމޯންގެ ބަލިތައް
  • ކިޑްނީގެ ބަލިތައް
  • ކުޑަކަމުދާ ނިޒާމުގެ ބަލިތައް
  • ނަފުސާނީ ބަލިތައް
  • ރޭޑިއޯގްރެފީ، އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތް
  • އެތެރެހަށީގެ ބަލިތައް
  • އާންމު ބަލިތައް
  • ކައުންސިލިންގެ ޚިދުމަތް
  • ކަރުންމަތީގެ ބަލިތައް
  • ކަށީގެ އަދި އޮޕަރޭޝަންގެ ބަލިތައް
  • އަންހެނުންގެ ޚާއްސަ ބަލިތައް
  • ކުޑަ ކުދިންގެ ޚާއްސަ ބަލިތައް

ވެސްޓް ޕާކް ކައިރީގައި ހުންނަ އީވް ކްލިނިކްގެ އިމާރާތް ވެސް އަންނަ މަހުން ފެށިގެން ރަސްމީކޮށް ހުޅުވަން ވަނީ ނިންމާފައެވެ.

އީވް ކްލިނިކަށް ޑޮކްޓަރަށް ދައްކަން ވައިބާ މެދުވެރިކޮށް 7900788 އަށް ގުޅުއްވަން އެ ކްލިނިކުން އެދެއެވެ.

comment ކޮމެންޓް