ރަޝިއާއާއި ނޭޓޯ އަސްކަރީގޮތުން ކުރިމަތިލާ ހިސާބަށް ކަންތައް ހިނގައިދާނެ: ރިޕޯޓް

ރަޝިއާއާއި ނޭޓޯ އަސްކަރީގޮތުން ކުރިމަތިލާ ހިސާބަށް ކަންތައް ހިނގައިދާނެ: ރިޕޯޓް

މޮސްކޯ (17 އޮކްޓޯބަރު 2024): ނޭޓޯގެ ދުރުރާސްތާގެ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ކޮންމެ ތަނަކަށް ވެސް ހަމަލާދިނުމުގެ ހުއްދަ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ޔުކްރެއިން އަށް ދީފިކަމަށް މީޑީއާ ބައެއް ރިޕޯޓްތައް ބުނެފިއެވެ.

މި ރިޕޯޓްތައް ބުނާގޮތުން ނޭޓޯއާއި ޔުކްރެއިންގެ އަސްކަރީ މަސްއޫލުވެރިންގެ ފަންނީ މަޝްވަރާ ބައްދަލުވުމެއްގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ވަނީ އެގައުމުތަކުގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ކޮންމެ ތަނަކަށް ވެސް ހަމަލާދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ. ނަމަވެސް އެގޮތަށް ނިންމކަން ހުޅަނގުގެ ސަރުކާރުތަކުން ރަސްމީކޮށް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

މިޚަބަރުތަކާ ގުޅިގެން ރަޝިއާ ގެ ދިފާއީ މަސްއޫލުވެރިއަކު ވިދާޅުވީ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ބޭނުންވަނީ ޔުކްރޭން ލައްވައި ރަޝިއާ އަސްކަރީ ގޮތުން ބަލިކޮށް ރަޝިއާ އިނދަޖައްސާލުން ކަމަށާ އެއީ ކުރިއްސުރެ ރަޝިއާ ދައްކަމުން ގެންދިޔަ ވާހަކަތަކެވެ.

ނަން ހާމަކުރަން ނޭދޭ ރަޝިއާގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ހުޅަނގުގެ ބާރުތަކުގެ މަގުސަދަކީ ޔުކްރޭން ލައްވައި ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުންކަން މާކުރިން ވެސް ރައީސް ވްލަދިމިޔާ ޕޫޓިން އަށް އެނގިވަޑައިގަންނަވައެވެ.

ނޭޓޯގެ ދުރުރާސްތާގެ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާގެ ކޮންމެ ތަނަކަށްވެސް ހަމަލާދިނުމުގެ ހުއްދައަށް ޔުކްރެއިން ހުޅަނގުގެ ކިބައިން އެދޭތާ އެތަށް މަހެއްވެއްޖެއެވެ. ނަމަވެސް މިކަމަށް ރަސްމީ ގޮތުން އަދި ހުއްދަ އެއް ނުދެއެވެ. އެއީ ރަޝިއާ ނޭޓޯ އާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެ ކަމަށް ބިރަށެވެ. ރަޝިއާ ދެކޭގޮތުގައި މިހުއްދަ ރަސްމީ ސިފައެއްގައި އަދި ހުޅަނގުން ޔުކްރެއިން އަށް ދޭނެއެވެ.

އަނެއްކޮޅުން އީރާނާއި ރަޝިއާ އަސްކަރީ ގޮތުންނާއި އިގްތިސާދީ އަދި ސްޓްރެޓީޖިކް ގޮތުން ގާތްވަމުންދާ ދިޔުމަކީ ވެސް ހުޅަނގުގެ ވަރަށް ބޮޑު ކަންބޮޑު ވުމެކެވެ. މިކަން ހުޅަނގުގެ ޔަހޫދީން ކޮންޓްރޯލް ކުރާ މީޑިއާ ތައްކަމަށްވާ ބީބީސީ އަދި ސީއެންއެންފަދަ މީޑިއާ ތަކުގެ ބަސްމަގުތަކުން ވަރަށް ރަނގަނޅަށް އެނގެއެވެ.

ރަޝިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިޔާ ބާރެވެ. އަދި އެންމެ ގިނައިން ހަތިޔާރު އުފައްދާ ގައުމެވެ. އަދި ހަތިޔާރުގެ އެންމެ ބޮޑު އިންޑަސްޓްރީ ވެސް އޮތް ގައުމެވެ. އެހެންކަމުން ޔުކްރެއިން އަށް ބާރުގަދަ ހަތިޔާރު ދީގެން ރަޝިއާ އަށް ހަމަލާ ދިނަސް ރަޝިއާ އަސްކަރީ ގޮތުން އިނދަޖައްސާލުމަކީ ފަސޭހައިން ކުރެވޭނެ ކަމަކަށް ނުވާނެއެވެ. އެއީ ރައްދުގައި ރަޝިއާއިން ނިއުކްލިޔާ ޓެކްޓިކަލް ހަތިޔާރު ބޭނުންކުރަން ވެސް ފަހަށް ނުޖެހޭނެތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު