ހަށިވިއްކި މައްސަލައެއްގައި ދިވެހި ތިން އަންހެނުންނާއެކު ބަޔަކު ހައްޔަރުކޮށްފި

ހަށިވިއްކި މައްސަލައެއްގައި ދިވެހި ތިން އަންހެނުންނާއެކު ހައްޔަރުކުރި މީހުން --

ހުޅުމާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، ހަށިވިއްކި މައްސަލައެއްގައި ދިވެހި ތިން އަންހެނުންނާ އެކު ބަޔަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަމަށެވެ.

ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ:

  • މުހައްމަދު ޝަފީއު، 49، އދ. މަހިބަދޫ
  • ޝިއުނާ ހުސައިން، 36، ށ. ފުނަދޫ
  • ފާތިމަތު ސިއުނާ، 42، ށ. ފުނަދޫ
  • އާއިޝަތު އަބްދުއްރައްޒާގް، 55، މާލެ
  • ޕަވީނާ ބުއްނަކް، 36، ތައިލެންޑް
  • ވިލައިލަކް ތުންމުއަންގްޑޮން، 32، ތައިލެންޑް
  • ތިދަރަޗު ޗުންކޮންގް، 29، ތައިލެންޑް

މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް