ޝީޝާ ބިލްޑިންގައި ހޮންޑާގެ ޕާޓްސް ސެންޓަރެއް ހުޅުވައިފި

މިރޭ ވަނީ ހޮންޑާގެ ޖެނުއިން ޕާޓްސް ސެންޓަރެއް މާލޭގައި ހުޅުވައިފައި -- ސަން ފޮޓޯ/ އަމަން ލަތީފް

ރާއްޖޭގެ އެންމެ ފުރަތަމަ ހޮންޑާ ޕާޓްސް ސެންޓަރު މިރޭ ހުޅުވައިފިއެވެ.

މި ކަމަށްޓަކައި ބޭއްވި ކުލަގަދަ ރަސްމިއްޔާތަށް ވަނީ ލޯކަލް ގަރާޖުތަކަށް ދައުވަތުދީ، ހޮންޑާ ޕާޓްސް ސެންޓާގެ ޓުއާއެއް ވެސް ދީފައެވެ.

ޝީޝާ މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް އުޝާމް -- ސަން ފޮޓޯ/ އަމަން ލަތީފް

މި ރަސްމިއްޔާތިގައި ވާހަކަ ދައްކަމުން ޝީޝާ މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ހުޝާމް ވިދާޅުވީ ހޮންޑާގެ ޕާޓްސް ސެންޓަރެއް ގާއިމްކުރީ ކަސްޓަމަރުންނަށް މިހާރަށްވުރެ ފަސޭހައިން ޚިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮންޑާގެ މޮޓޯ ސައިކަލާއި ޕަވަޕާޓްސް ވެސް އެ ސެންޓަރުން ފަސޭހަ ކަމާ އެކު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ހޮންޑާ ޖެނުއިން ޕާޓްސް ސެންޓަރު -- ސަން ފޮޓޯ/ އަމަން ލަތީފް

ހ. ކާސިންޖީ މަގުގައި ހުންނަ ހުންނަ ޝީޝާ ބިލްޑިންގައި މިރޭ ހުޅުވި ހޮންޑާ ޕާޓްސް ސެންޓަރު މާދަމާ އާންމުންނަށް ހުޅުވައިލާނެއެވެ.

ޝީޝާއަކީ ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ ކަމަށްވާއިރު، މި ޕާޓްސް ސެންޓަރު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ހޮންޑާ ޖެނުއިން ޕާޓްސް ލިބެން ހުންނަ ސެންޓަރަށެވެ.

ހޮންޑާ ޖެނުއިން ޕާޓްސް ސެންޓަރު -- ސަން ފޮޓޯ/ އަމަން ލަތީފް

ހޮންޑާ ޕާޓްސް ސެންޓަރު ހުޅުވުމަކީ، ކަސްޓަމަރުންނަށް އެއްތަނަކުން ހޮންޑާގެ ހުރިހާ ސްޕެއާ ޕާޓެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

މި ޕާޓްސް ސެންޓަރު މެދުވެރިކޮށް ގްރޭޓާ މާލޭގެ އިތުރަށް، ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ރައްޔިތުންނަށް ވެސް ހޮންޑާގެ ސްޕެއާ ޕާޓްސް ލިބުމަށް ފަސޭހަވާނެއެވެ.

ހޮންޑާ ޖެނުއިން ޕާޓްސް ސެންޓަރު -- ސަން ފޮޓޯ/ އަމަން ލަތީފް

ރާއްޖެއަކީ އިންޖީނުލީ ދެފޮރުޅުގެ އުޅަނދުތައް ވަރަށް ގިނައިން ބޭނުން ކުރާ ގައުމެވެ. އަދި އެންމެ ގިނައިން ރާއްޖޭގައި ބޭނުންކުރަނީ ވެސް ހޮންޑާގެ ސައިކަލުތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް