ފައިސަލް އިޓަލީގެ ޓޫރިޒަމް މިނިސްޓަރާއެކު، މަޝްވަރާ ކުރެއްވީ އިޓަލީ ޓޫރިސްޓުން އިތުރުކުރަން

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭއާ އެކު -- ފޮޓޯ/ މިނިސްޓްރީ

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭއާ ބައްދަލުކުރައްވައި އެގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރުކުރަން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމާ ގުޅިގެން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން އިތުރު ކުރެވޭނެ ސްޓްރެޓެޖީތަކާއި އެގައުމުގެ ވިޔަފާރިތަކުން ރާއްޖެއަށް އިންވެސްޓުކުރުމުގެ އިތުރުން ގުޅިގެން ކުރެވޭނެ އިތުރު މަސައްކަތްތައް މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖެ އަންނަ އިޓަލީ ފަތުރުވެރިންގެ އަދަދު މިއަހަރު މިހާތަނަށް އުޅެނީ 108،463ގައެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ 7.1 ޕަސަންޓެވެ.

އިޓަލީ އުޅެނީ ރާއްޖޭގެ ފަތުރުވެރިންގެ މާކެޓުގެ ފަސްވަނައިގައެވެ. މިދިޔަ އަހަރު އެގައުމުން އުޅުނީ ރާއްޖޭގެ މާކެޓުގެ ހަވަނައިގައެވެ.

މިނިސްޓަރު ފައިސަލް އިއްޔެ ވަނީ އިންޑިއާގައި ބޭއްވި "މޯލްޑިވްސް އިންޑިއާ ނެޓްވޯކިން އީވްނިން"ގައި ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އިންޑިއާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް ބޭއްވި މި އިވެންޓުގައި އެގައުމުގެ މަޝްހޫރު ފިލްމުސްޓާރުން ވެސް ވަނީބައިވެރިވެފައެވެ.

comment ކޮމެންޓް