ކޮކޯ ހަސަން ބެލުންތެރިންނަށް ގެނެސްދެނީ "ގެއްލުނު ރޭ"

--

ދިވެހި ފިލްމީ ދާއިރާގައި ފާހަގަކުރެވޭ ވަރުގަދަ ފިލްމުތަކުގެ މަންޒަރުތައް ނަގާފައިވާ ހަސަން ހަލީމް (ކޮކޯ) އަމިއްލަ ފިލްމެއް އުފައްދައި ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.

ކޮކޯ ހަލީމްގެ ޕްރޮޑަކްޝަން ކޮކޯ ސްޓޫޑިއޯއިން ފުރަތަމަ ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު މި ފިލްމަށް ކިޔާނީ "ގެއްލުނު ރޭ" އެވެ. މިއީ ކޮކޯ ހަސަން ކެމެރާ ކުރުމުން ދުރުވެ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

ކޮކޯ ހަސަން އަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "ދެރިޔާ" އާއި "އަމާނަތް" އަދި "ލަސްވިޔަސް" ފަދަ ތަފާތު އުފެއްދުންތަކުގައި ކެމެރާ ކޮށްފައިވާ ސިނެމެޓޮގްރާފަރެކެވެ.

https://www.facebook.com/watch/?v=1291553692009373

ދާދިފަހުން އިއުލާނު ކޮށްފައިވާ ގެއްލުނު ރޭ އަކީ ބިރުވެރި ޖޯންރާ ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ޓީޒަރު މިހާރު ވަނީ އާންމުކޮށްފައެވެ. މި ޓީޒަރުގައި ފިލްމުގެ އެކްޓަރުންގެ ތަފާތު ހުނަރުތަކުގެ އިތުރުން ފިލްމުގެ ބައެއް ތީމުތައް ވަނީ ދައްކާލާފައެވެ. އަދި ހަމައެއާއެކު ފިލްމުގެ ބިރުވެރި ރަހަތައް ވެސް ވަނީ ޓީޒަރުން އާންމުކޮށްފައި ވެއެވެ.

މި ފިލްމުގެ އެކްޓަރުންގެ ގޮތުގައި ފެނިގެންދާނީ މުހައްމަދު މަނިކާއޮ އައިމިނަތު ޝުހާ އާއި އިބްރާހީމް ޖިހާދު (ޖިމީ) އަދި މަރިޔަމް ޝިފާގެ އިތުރުން މަރިޔަމް ހަލީމެވެ.

މި ފިލްމުގެ މުހިއްމު ރޯލަށް ކުޑަ ކުއްޖެއް ހަމަޖައްސާފައިވާއިރު އެއީ މުޅީން އަލަށް ތައާރަފުކުރާ އެކްޓަރެކެވެ. މި ރޯލުން ފެނިގެންދާނީ ކައުސަރު ނަމަކަށް ކިޔާ ކުއްޖެކެވެ.

މި ފިލްމު ޕްރޮޑަކްޝަންގެ މަސައްކަތް ކުރަނީ ކޮކޯ ހަސަންގެ ދަރިފުޅު އަންދަލާ ހަލީމެވެ.

ގެއްލުނު ރޭގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާއިރު މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހެވެ.

comment ކޮމެންޓް