ތިލަމާލެ ބުރިޖުގެ މަސައްކަތުގައި އުޅުނު މީހަކު ޒަޚަމުވެ، މިއަދު މަރުވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަރުވެފައިވަނީ ބުރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އެ މީހާއަށް ޒަޚަމުތަކެއް ވެގެން، މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެކަމަކު، އެ މީހާއަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހާ ފެނުނީ ވިލިމާލޭގައި ހުރި ބުރިޖުގެ މަސައްކަތު ސައިޓުން ކަމަށެވެ.
އެކަމަކު، އެ ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
comment ޮއރެންޖް
7 month 3 week ago
މަރުވީ ކޮން ގައުމެއްގެ މީހެއް. މުސްލިމެއްތަ؟ މުސްލިމެއް ނަމަ ކަށުނަމާދު ކުރަންޖެހޭނެ.
comment ދދ
7 month 3 week ago
ކޮސް ބަޔަކު އަޅާ ބުރިޖެއްވީމާ ކޮސްކަންކަން ފެންނާނެ !