ސައުދީއާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީއާއެކު ވިޔަފާރީގެ ފުރުސަތުތައް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން: މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ފޮޓޯ/ އެކްސް: މިނިސްޓާ އޮފް ކޮމާސް، މަޖީދު ބިން އަބްދުالله ބިން އުސްމާން އަލްޤަޞާބީ

ރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ކޮމާސް، މަޖީދު ބިން އަބްދުالله ބިން އުސްމާން އަލްޤަޞާބީއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައުދީގެ ކޮމާސް މިނިސްޓަރު ވަނީ، ސައީދާ ބައްދަލުކުރައްވައި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ފުރުސަތުތައް ފަހިކުރުމަށާއި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދީ އަރަބިއްޔާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ދާއިރާއިންނާއި އެހެނިހެން ދާއިރާތަކުން ވެސް ގުޅުން ގާއިމުކޮށްފައިވާ ގައުމެކެވެ.

އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް, ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ރާއްޖޭގެ ސިއްހި ދާއިރާ ކުރިއެރުވުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވެސް މިއަހަރު ދީފައިވެއެވެ.

comment ކޮމެންޓް