ސިންގަޕޫރުގައި 18 އަހަރު ވަންދެން ގަވާއިދާ ޚިލާފަށް އުޅުނު މީހަކު ޖަލަށްލައިފި

ސިންގަޕޫރުގައި ގަވާއިދާ ޚިލާފަށް 18 އަހަރަށްވުރެ ގިނަ ދުވަހު އުޅުނު ޗައިނާ އަންހެނަކު ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޖަލު ހުކުމްގެ އިތުރުން އެ މީހާ ވަނީ 4000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.

އުމުރުން 54 އަހަރުގެ ޗެން ޔޫއީންގް ވަނީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 18 އަހަރާއި 10 މަހާއި އެއް ދުވަހު ސިންގަޕޫރުގައި ހުރި ކަމަށް ބުނެ އިމިގްރޭޝަން ގާނޫނުގެ ދަށުން ކުރި އެ ދައުވާއަށް އިއުތިރާފުވެފައެވެ.

ސިންގަޕޫރުގައި ހުރުމަށް 21 ދުވަހުގެ މުއްދަތަށް ޗެންއަށް ހާއްސަ ފާހެއް ދޫކޮށްފައި ވަނީ ނޮވެމްބަރު 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދެ ވަނަ ދުވަހުއެވެ. އެ ފާސް ދޫކުރީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ހެކިވެރިއަކަށް ވުމަށް އެދިފައިވާތީއެވެ.

ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައެއްނުވެއެވެ. އޭގެ ބަދަލުގައި ވޭތުވެދިޔަ 19 ވަރަކަށް އަހަރު އޭނާ ދިރިއުޅުނީ ސިންގަޕޫރުގައެވެ. އޭނާ އަމިއްލައަށް ކޯޓަށް ހާޒިރުވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިންގަޕޫރުގައި ހުރުމުގެ ހުއްދަ ލިބޭ ޚާއްސަ ފާސް އޭނާއަށް ފުރަތަމަ ދިނީ 2005 ވަނަ އަހަރު އޮކްޓޫބަރު 14 ވަނަ ދުވަހުއެވެ. އޭގެފަހުން އެ އަހަރުގެ ނޮވެމްބަރު ދެ ވަނަ ދުވަހާ ހަމައަށް އޭނާ ވަނީ އެކި ފަހަރު އެ ފާހުގެ މުއްދަތު އިތުރުކޮށްފައި ކަމަށް ޗެނަލް ނިއުސް އޭޝިއާއިން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައިގައި އޭނާ ވަނީ މީގެކުރިން ވެސް ޖަލަށްލާފައެވެ.

comment ކޮމެންޓް