ބާރު ސްޕީޑުގައި ކާރު ދުއްވި މީހަކަށް ސިންގަޕޫރުގައި ގިނަ ދައުވާތަކެއް

ސިންގަޕޫރުގައި ފުލުހެއްގެ އަތުގައި ދަތްއެޅި މީހާގެ ކާރު އެކްސިޑެންޓުވެފައި --- ފޮޓޯ/މަދާޝިޕް

ސިންގަޕޫރުގައި ބާރު ސްޕީޑުގައި ކާރު ދުއްވުމުން ހައްޔަރުކުރި 31 އަހަރުގެ މީހަކު ފުލުހެއް ގައިގައި ދަތް އަޅައިފިއެވެ.

ސިންގަޕޫރު ޕޮލިސް ފޯސް (އެސްޕީއެފް)އިން ބުނީ, އެ މީހާ ފުރަތަމަ ފެނުނީ ކަލަންގް-ޕަޔާ ލެބާ އެކްސްޕްރެސްވޭގައި ބާރު ސްޕީޑެއްގައި ދުއްވަމުން ދަނިކޮށް ކަމަށެވެ. އޭނާ ފެނުނީ ދަންވަރު 1.25 ހާއިރު މަގުމަތި ޕެޓްރޯލު ކުރަމުން ދިޔަ ޓްރެފުކް ފުލުހުންނަށެވެ.

ކާރު ހުއްޓުމަށް ބުނުމުން އިތުރަށް ސްޕީޑް ބާރުކޮށް ދުއްވުމުން ދަނގަނޑު ދަނޑިއެއްގައި ޖެހި ކާރު އެކްސިޑެންޓުވީ ކަމަށް ވެސް އެސްޕީއެފްއިން ބުނެއެވެ.

އެކްސިޑެންޓުވުމުން ފައިމަގުގައި ފިލައިގެން ދާން މަސައްކަތްކުރި ނަމަވެސް އޮފިސަރުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ހިފަހައްޓަން އުޅުމުގެ ތެރޭގައި އޭނާ ދަތްއެޅީ އޮފިސަރުގެ ކަނާއަތުގައި ކަމަށް ވެސް އެސްޕީއެފްއިން ބުނެއެވެ.

އެ މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި ސިންގަޕޫރު ސަރުކާރުން ދޭ ޚިދުމަތްތައް ހޯދުމަށް އެ ގައުމުގެ ރައްޔިތުންނަށް ބޭނުންކުރެވޭ ޑިޖިޓަޕް ކާޑު، ސިންގްޕާސްގެ ތަފުސީލު ހާމަކުރުމުގެ މައްސަލައެއްގައި ފުލުހުން އޭނާ ހޯދަމުން އަންނަކަން ވެސް ވަނީ އެނގިފައެވެ.

ދައުލަތުގެ މުވައްޒަފަކު ޑިއުޓީ އަދާކުރުމަށް ހުރަސް އަޅައި އަނިޔާ ދިނުމުގެ ދައުވާގެ އިތުރުން ސިންގްޕާސްގެ ތަފުސީލު ހާމަކުރުމުގެ ކުށުގައި ކޮމްޕިއުޓަ މިސްޔޫސް އެކްޓުގެ ދަށުން ވެސް އޭނާއަށް ދައުވާ ކުރާނެއެވެ. އަދި، ރައްކާތެރި ނޫން ގޮތަކަށް ދުއްވުމާއި، ސައްހަ ލައިސަންސެއް ނެތި ދުއްވުމާއި، އިންޝުއަރެންސް ކަވަރޭޖެއް ނެތި އުޅަނދެއް ބޭނުންކުރުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލާނެއެވެ.

comment ކޮމެންޓް