ގޫގުލްގެ ލޮގިން ޕޭޖް ގޮތަށް މެލްވެއާއެއް؛ ސަމާލުވޭ!

ގޫގުލްގެ ލޮގިން ޕޭޖެއްގެ ގޮތުގައި ފޮރުވިފައިވާ އާ މެލްވެއާއެއް ފެތުރެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.

މި މެލްވެއާ ބްރައުޒަރު ކިއޮސްކް މޯޑުގައި ލޮކްކޮށް، ގޫގުލްގެ ކްރެޑެންޝަލްތައް ވަގަށް ނެގުމަށް މަސައްކަތްކުރާ ކަމަށް ބުނެއެވެ.

މި މެލްވެއާގެ ސަބަބުން ބްރައުޒަރު ރެންޑަމްކޮށް ލޮކްވެ، ގޫގުލް ލޮގިން ޕޭޖެއް ދައްކައެވެ. މިހެންވުމުން ސްކްރީނުން ނުކުތުމަށް އާންމުކޮށް ބޭނުންކުރާ އެސްކޭޕް އަދި އެފް11 ކީތައް މަސައްކަތް ނުކުރާނެއެވެ. މި ހާލަތުގައި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ބަޔަކު ލޮގިން މައުލޫމާތު ދޭނެކަމަށް މި މެލްވެއާ ފަރުމާކުރި ފަރާތްތަކުން އުންމީދުކުރެއެވެ.

މި އެޓޭކްގައި ބޭނުންކުރަނީ އަމަޑޭ ނަމަކަށް ކިޔާ މެލްވެއާ ލޯޑާ ޓޫލްއެކެވެ. މިއީ 2018 އިން ފެށިގެން އެކި ސައިބާ އެޓޭކްތަކުގައި ބޭނުންކުރަމުން އަންނަ ޓޫލެކެވެ. ލޮގިން މައުލޫމާތު ވަގަށް ނަގަނީ ސްޓީލްސީ ނަމަކަށް ކިޔާ އިންފޯ-ސްޓީލާ އަކުންނެވެ.

މި މެލްވެއާއާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި 'ބްލީޕިން ކޮމްޕިއުޓާ'އިން ހުށަހަޅާ ގޮތްތަކުގެ ތެރޭގައި ހިމެނެނީ:

1. އޯލްޓް+އެފް4، ކޮންޓްރޯލް+ޝިފްޓް+އެސްކޭޕް، ކޮންޓްރޯލް+އޯލްޓް+ޑިލީޓް، އަދި އޯލްޓް+ޓެބް ފަދަ އެހެން ހޮޓްކީ ކޮމްބޯތައް ބޭނުންކުރުން.
2. ވިންޑޯސް ކީ+އާރު ފިތައިގެން ކޮމާންޑް ޕްރޮމްޕްޓް ހުޅުވުން.
3. ޕަވާ ބަޓަނަށް ފިތައިގެން ހިފަހައްޓައިގެން ހާޑް ރީސެޓްކުރުން.

މި ފަދަ ހާލަތަކާ ކުރިމަތިވެއްޖެ ނަމަ، ގޫގުލްގެ ކްރެޑެންޝަލްތައް ނުދިނުމަށާއި، ވީ އެންމެ އަވަހަކަށް އެންޓިވައިރަސް ސްކޭނެއް ކުރުން މުހިންމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު