ބީއެމްއެލްގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން ލާންޖެހޭ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ، ބީއެމްއެލްގެ ޒިންމާދާރު މަގާމުތަކަށް ދިވެހިން ލާންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޒިންމާދާރު މަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ދިވެހިން ލުމަށް ޓަކައި މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ނާޒިމް އެފަދައިން ވިދާޅުވީ، މިއަދު ބޭއްވި ދައުރުން ބޭރު ދެވަނަ ޖަލްސާގައި ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލަށް ބަހުސްކުރައްވައެވެ.

އެ ބިލު ހުށަހަޅާފައި މި ވަނީ ބީއެމްލްގެ ބޯޑަށް އައި ބަދަލުތަކާ ގުޅިގެން އެ ކުންފުނީގެ ޚާއްސަ އާއްމު ޖަލްސާ (އީޖީއެމް) އެއް ބާއްވަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މިވަގުތަށް އެ އިސްލާހުތައް ގެނައުން ވަރަށް މުހިންމެވެ.

ބީއެމްއެލްއިން ބޯޑަށް ބަަދަލު ގެންނަނީ، އެ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި އަލުން އެ ނިންމުން އަނބުރާ ގެންގޮސްފައި ވަނިކޮށެވެ. އަދި ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ 24ގައި އެދިފައި ވަނިކޮށް އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ.

ނާޒިމް ވިދާޅުވީ އެ ބަދަލުތައް އައިއިރު، އެ ކުންފުނީގެ އެންމެ ޒިންމާދާރު މަގާމުތަކުގެ ބޭފުޅުން ރާއްޖޭގައި ނެތް ކަމަށެވެ. އޭގެ ތެރޭގައި އޮޕަރޭޝަންސް ޑިރެކްޓަރާއި، ރޭޓް ކޮންޓްރޯލް މެނޭޖަރުގެ އިތުރުން ރިސްކް މެނޭޖަރު ވެސް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެ މަގާމުތަކަށް ބޭރުގެ ބޭފުޅުން އައްޔަނުކޮށްފައި ތިބެނީ 15،000 ޑޮލަރުގެ ބޮޑު މުސާރަ ދެއްވާފައި ކަމަށެވެ. އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންވީމާ ޕީސީބީއިން ވެސް ފިނޭންސް މިނިސްޓްރީއިން ވެސް، އެއީ ދައުލަތުގެ ހިއްސާތަކުގެ ބެލެނިވެރި ފަރާތްކަމުގައި ވާތީ، މި ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބައްލަން އެބަ ޖެހޭ. އެ މަގާމުތަކަށް ދިވެހިން ލެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަންޖެހޭ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކުންފުންޏެއްގެ ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

ބީއެމްއެލަށް އާ ސީއީއޯއެއް އައްޔަންކުރަންދެން ސީއީއޯގެ ޒިންމާތައް އަދާކުރައްވާނީ ޑެޕިއުޓީ ސީއީއޯ ޢާއިޝަތު ނޫރައްދީން ކަމަށް ވެސް ބޭންކުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނޫރައްދީން ވެސް މިދިޔަ މަހު 24 ގައި ވަނީ ބީއެމްއެލްގެ ބޯޑުން އިސްތިއުފާދެއްވައިފައެވެ. އެކަމަކު، ޑެޕިއުޓީ ސީއީއޯކަމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު މިދިޔަ މަހު 25 ގައި އެއްކޮށް އުވައިލިއެވެ. އެކަމަކު، އެއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ ހިލާފަށް ކުރިކަމެއް ކަމަށް ސަރުކާރުން ބުނި ފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިރުޝާދަށް ބީއެމްއެލުން ވަނީ ނިންމުން ބަދަލުކޮށްފައެވެ.

އޭގެ ފަހުން ސީދާ ރައީސް މުއިއްޒު ވަނީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވައިފައެވެ.

ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވައިލަން ނިންމި ދަނޑިވަޅު ހަމަނުޖެހުން ހިންގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރި ކަމަށާއި ގައުމު ހަލަބޮލިކޮށް، ވެރިކަން ވައްޓާލަން ބަޣާވާތްކުރަން އުޅުނު ކަމަށް ބުނެ، ފުލުހުން ވެސް ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ.

comment ކޮމެންޓް

comment ތިއެއްނުން ނުވެގެން އުޅޭކަމަކީ. ސިޔާސީ މީހެއްގެނެސް ލައިގެން ހާވާހަޑި އިންގޭނީ ސަރުކާރު ބަދަލުވީމާ. ބޭރުމީހުން ލައިގެން ކުންފުނި ރަނގަޅަށް ހިނގާތީ ނީވ

7 month 3 day ago

ޙަމީދު

comment އަހްމަދުު

7 month 3 day ago

ބޭންކްގެ ހިދުމަތް މިހާވަރަށް ކުރިއަރާ މޮޑނައިޒް ވާންފެށީ، ބޭންކްގެ ސީއީއޯ އަށް ބޭރު މީހުން ލާންފެށި ހިސާބުން...އަދިވެސް ރަނަގަޅީ އިތުރަށް 5 ވަރަކަށް އަހަރު ހަމަ ރަނގަޅު ބޭރުމީހެއް ބެހެއްޓިއްޔާ... އޭގެ ފަހުން "އިންޑިޕެންޑެންޓް" ރަނަގަޅު ދިވެއްސަކާ ހަވާލުކުރަން ވިސްނިދާނެ... މިހާލަތުގަ "ސަރުކާރުގެ ޕްރޮކްސީ" އެއް ސީއީއޯ އަކަށް ގެއްނަން ހެޔޮނުވާނެ.

comment ދިވެހި މުސްކުޅިން

7 month 3 day ago

ގައުމީ ހުރިހާ ބޭންކްތަކެއްގައި ހުރިހާ އިސްވެރިންގެ ގޮތުގައި ތިބެންވާނީ މަށް ދިވެހިން އެވަރުގެ ޤާބިލު ދިވެހިން މިގައުމުގައި އެބަތިބި ފައިނޭންސިންގ ދާއިރާގައި މިހާރު މިގައުމުގެ ބައިނަލް އަގުވާމީ މިންގަޑުން އެހާޢިލްމީ ޤާބިލު ހުނަރު އަވަސްކަމާއި ފަހުގެ ޓެކްނޮލަޖީގެ ސަލީތްތަކުގައި މަސައްކަތް ކުރަން އެގޭމީހުން ހޯދުމަށް އަވަހަށް އިޢުލާންކޮށް އެމަޤާމްތަކަށް މީހުން ލައްވާލީމާ އެކުރެވުނީ މި ގައުމުގެ ފައިނޭންސް އަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓް

comment ޠަމްރީން

7 month 3 day ago

ބޭންކްގެ ޒިންމާދާރު މަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ދިވެހިންލާން ބަލާއިރު އެހާ ގާބިލް ބަޔެއް އެބަތިބިތަ؟ ސިޔާސީމީހުން ބުނާ ގޮތަކަށް ހެއްލޭމީހަކު ލާކަށް ބޭނުމެއްނޫން. ވީޑޯންޓް ޓްރަސްޓް ދެމް

reply ަށާ

7 month 3 day ago

އެބަތިބި

comment އައްޓަމަސް

7 month 3 day ago

އޭރުންތާ ދޯ ސިޔާސީ މީހުން ލެވޭނީ! ބޭންކްއެއް ހިންގަން އެނގޭވަރު މީހުން އެބަތިބިބާ؟