އައިފޯން 16ގައި އެޕަލް އިންޓެލިޖެންސް ސޮފްޓްވެއާ ނުހިމެނުމަށް ނިންމައިފި

އައިފޯން 16 --

ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓްގެ ސަބަބުން ޔޫރަޕްގެ މާކެޓަށް ނެރޭ އައިފޯނުތަކުގައި އެޕަލް އިންޓެލިޖެންސް ސޮފްޓްވެއާ ނުހިމެނުމަށް ނިންމައިފިއެވެ.

އެޕަލް އިން އައު އައިފޯން 16 އަދި އައިފޯން 16 ޕްރޯ ތައާރަފުކުރީ އެ ފޯނުތަކުގައި ފެންނާނެ އެންމެބޮޑު ބަދަލަކީ މި އަހަރު އަލަށް ތައާރަފްކުރެވޭ އެޕަލް އިންޓެލިޖެންސް ކަމުގައި ބުނަމުންނެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް އާއި އޭނާގެ ޓީމުން މި ނިންމުން ނިންމާފައިވަނީ ޔޫރަޕިއަން ރެގިއުލޭޓަރީ އޮތޯރިޓީތަކުން މި ކަމާ ގުޅޭ ސާފު އިރުޝާދެއް ނުލިބުމުގެ ސަބަބުންނެވެ. މި ނިންމުމުގެ ސަބަބުަބަބުން ޔޫރަޕްގެ އައިފޯން ބޭނުންކުރާ ފަރާތްތަކަށް އެޕަލް އިންޓެލިޖެންސްގެ ޚިދުމަތް ނުލިބޭނެއެވެ.

ފާއިތުވި ތިން އަހަރު ޔޫރަޕްގައި ގިނަޢަދަދަކަށް އައިފޯން ވިކިފައިވާއިރު، 2021ވަނަ އަހަރު 56.1 މިލިއަން ޔުނިޓް، 2022ވަނަ އަހަރު 56 މިލިއަން ޔުނިޓް އަދި 2023ވަނަ އަހަރު 56.8 މިލިއަން ޔުނިޓް ވިއްކާފައިވެއެވެ. މިއީ އެމެރިކާގެ ވިއްކުމުގެ ދެބައިކުޅަ އެއްބައި އާއި ތިންބައިކުޅަ ދެބައި އާ ދެމެދުގެ އަދަދެކެވެ.

އެޕަލްގެ މި ނިންމުމުގެ ސަބަބުން ގޫގުލްގެ ޖެމިނައި އޭއައި އަދި ސެމްސަންގްގެ ގެލެކްސީ އޭއައި ފަދަ ވާދަވެރިންނަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ކުންފުނިތަކަށް ޔޫޒަރުންގެ ޑޭޓާ އެއްކޮށް، އުފެއްދުން ރަނގަޅުކޮށް، އަޕްޑޭޓްތައް ގެނެސް، ދެވަނަ ޖީލުގެ ސޮފްޓްވެއާ ތައްޔާރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެޕަލްގެ ފަރާތުން ބުނެފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓްގެ ސަބަބުން އުފެދިފައިވާ ރެގިއުލޭޓަރީ ހުރަސްތަކުގެ ސަބަބުން އައިފޯން މިރަރިން، ޝެއާޕްލޭ ސްކްރީން ޝެއަރިން އަދި އެޕަލް އިންޓެލިޖެންސް ފަދަ ފީޗާތައް މި އަހަރު ޔޫރަޕްގެ ބޭނުންކުރާ ފަރާތްތަކަށް ތަޢާރަފު ނުކުރެވޭނެ ކަމަށެވެ.

އެޕަލްގެ މި ނިންމުމަކީ ޔޫރަޕްގެ ބާޒާރުގައި އެޕަލްގެ ވާދަވެރިކަން ދަށްވެގެންދާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު