ޑިމޮކްރަސީ ދުވަސް ފާހަގަކުރަން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ޚާއްސަ ހަރަކާތެއް ބާއްވައިފި

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ބޭއްވި ހަރަކާތުގެ ތެރެއިން ---

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ޚާއްސަ ހަރަކާތެއް މިއަދު ހަވީރު ބާއްވައިފިއެވެ.

މި ހަރަކާތް ބާއްވައިފައިވަނީ މިއަދު ހަވީރު ރަސްފަންނުގައެވެ. ހަރަކާތް އިންތިޒާމުކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ޕޮލިޓިކަލް ސައިންސް ކިޔަވާ ދަރިވަރުންނެވެ.

މި ހަރަކާތް ބައްލަވައިލެއްވުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ވަޑައިގެންފައެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ބޭއްވި ހަރަކާތުގެ ތެރެއިން ---

މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ އިލްމީ ނަޒަރަކުން، ޑިމޮކްރަސީއަކީ ކޮބައިކަމާއި، ވެރިކަން ހިންގުމުގައި ޑިމޮކްރަސީ އަދައިކުރާ ދައުރުފަދަ މުހިންމު ކަންކަމުގެ މައުލޫމާތު އާންމުންނަށް ހިއްސާކުރުމެވެ.

ހަމައެއާއެކު ޑިމޮކްރަސީގެ މަފްހޫމު އުފެދުނު ގޮތާއި، މިއަދާ ހަމައަށް މި ވެރިކަން ހިންގުމުގެ މި ނިޒާމު ބަދަލުވަމުން އައި ގޮތުގެ މައުލޫމާތު ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެެވެ.

ހަމައެއާއެކު ޑިމޮކްރަސީއާ ގުޅުންހުރި އެކި މައުލޫތަކަށް ދަރިވަރުން ވަނީ ވާހަކަ ވެސް ދައްކައިފައެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ބޭއްވި ހަރަކާތުގެ ތެރެއިން ---

މި ހަރަކާތުގެ ތެރެއިން ވަނީ ޕޮލިޓަކަލް ސައިންސްގެ އެކި ފަލްސަފާވެރިންނާ ގުޅޭގޮތުން ދަރިވަރުން ހަދައިފައިވާ މައުލޫމާތު ޕޯސްޓަރުތައް ވެސް ދައްކައިލައިފައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ އެކި ގޭމް ސްޓޯލްތައް ވެސް ހުއްޓެވެ.

ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަން އދ.ގެ އާންމު މަޖިލީހުން ފާސްކުރީ 2007ވަނަ އަހަރެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ މެދު މީހުން ހޭލުންތެރިކޮށް ޕްރޮމޯޓުކުރުމާއި ނެގެހެއްޓުމެވެ.

މި އަަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ، "އާޓިފިޝަލް އިންޓެލިޖެންސް - ހެޔޮ ވެރިކަމެއްކުރުމަށް ވަސީލަތެއް" މިއެވެ.

comment ކޮމެންޓް