ބްރިޖުމަތިން މާގަސްތަކެއް އުފުލި މީހަކާމެދު ފިޔަވަޅު އަޅައިފި

މީހަކު ބްރިޖުމަތިން މާގަސްތަކެއް އުފުލަނީ --

ސައިކަލަކަށް މާގަސްތަކެއް އަރުވައިގެން ބްރިޖާއި ހައިވޭ ހުރަސްކުރި މީހަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ސައިކަލަށް ބައިވަރު މާގަސްތަކެއް އަރުވައިގެން މީހަކު ބްރިޖު ހުރަސްކުރި ވީޑިއޯއެއް ރޭ ވަނީ ސޯޝަލް މީޑީއާގައި ދައުރުވެފައެވެ. މި ވީޑިއޯއިން ފެންނަ ސައިކަލުގެ ވަށިގަނޑަށް ވަނީ މާގަސްތަކެއް ލާފައެވެ. އަދި ސައިކަލުގެ ފަހަތުގައި ފުޅިމަދު ފޮށިގަނޑެއް ހަރުކޮށް އެއަށް މާގަސްތަކެއް އަރުވާފައި ވާއިރު، ހުންގާނުގައި ކޮތަޅެއް އަޅުވައި އެ ކޮތަޅަށް ވެސް މާގަސްތަކެއް ލާފައި ހުރެއެވެ. ސައިކަލު ދުއްވަން އިންނަނީ އެންމެ މީހެކެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އޭނާއާމެދު ފިޔަވަޅު އެޅީ ގަވާއިދާ ޚިލާފަށް މުދާ އުފުލި މައްސަލައިގައި ކަމަށެވެ.

މިފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަން ފާހަަގަކުރައްވާ ފުލުހުން ވަނީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެންނަށް ނަސޭހަތްތެރިވެފައެވެ.

https://sun.mv/196454

ގަވާއިދާއި ޚިލާފަށް ބާރު ސްޕީޑުގައި ކާރާއި ސައިކަލު ދުއްވުމުގެ ސަބަބުން މިފަހުން ވަނީ، ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގާފައެވެ. އެގޮތުން މިދިޔަ ބުރާސްފަތު ދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާދެނިކޮށް ރޭ ވަނީ ނިޔާވެފައެވެ.

އަދި ހުކުރު ދުވަހު ފަތިހު، ލައިސަންސް ނެތް ޒުވާނެއް ދުއްވި ކާރަކުން ޖެހި، ޒުވާން ދިވެހި ފިރިހެނަކު ވަނީ ނިޔާ ވެސް ވެފައެވެ.

comment ކޮމެންޓް