ގޫގުލް ފޮޓޯސްގެ ސާޗް ފީޗާ އަޕްޑޭޓްކޮށް އިތުރު ފަސޭހަތަކެއް ގެނެސްދީފި

އެމެރިކާގެ ކެލިފޯނިއާގެ ސެންޓާ ކްލާރާ ކައުންޓީގެ ސިޓީއެއެއް ކަމަށްވާ މައުންޓެން ވިއު އަށް ނިސްބަތްވާ ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުންނި ގޫގުލްއިން އެ ކުންފުނީގެ ފޮޓޯސް އެޕްލިކޭޝަނަށް އައު ފީޗާއެއް ތަޢާރަފުކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެ ކުންފުނިން ހާމަކުރި ގޮތުގައި މި އައު ފީޗާއަކީ "ޑިސްކްރިޕްޓިވް ކުއަރީސް" ގެ ނަމުގައި ތަޢާރަފުކުރެވުނު ފީޗާއެކެވެ. މި ފީޗާގެ ސަބަބުން ފޮޓޯއާއި ވީޑިއޯ ހޯދުމަށް ކުރާ ސާޗްތައް އިތުރަށް ފަސޭހަވެގެންދާނެއެވެ.

މި އައު ފީޗާގެ ސަބަބުން ބޭނުންވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ހޯދުމަށް ޢާންމު ބަހުރުވައިން ސާރޗް ކުރެވޭނެއެވެ.

މި ފީޗަރ ތަޢާރަފުކުރެވިފައިވަނީ އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގައެވެ. އަދި މިހާރު މި ފީޗާ މަސައްކަތް ކުރާނީ ހަމައެކަނި އިނގިރޭސި ބަހުންނެވެ. އިތުރު ބަސްތަކަށް ކުރިއަށް އޮތް ހަފްތާތަކުގައި ފުޅާކުރެވޭނެ ކަމަށް ގޫގުލްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ގޫގުލްއިން ވަނީ އެމެރިކާގެ ބޭނުންކުރާ ފަރާތްތަކަށް "އާސްކް ފޮޓޯސް" ގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަސައްކަތްކުރާ އިތުރު ފީޗަރެއްގެ ޓެސްޓް ވަރޝަން ތަޢާރަފުކޮށްފައެވެ. މި ފީޗާ ބޭނުންކޮށްގެން ޖެމިނައި އޭއައި މެދުވެރިކޮށް ފޮޓޯތައް ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު