ލޯންޗު ބަންޑުން ޖަހާލުން: ދެ މީހަކަށް އަނިޔާ ވެއްޖެ

ރާޅުގަނޑު ސަރަހައްދު ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލައި، ކޯސްޓްގާޑުން ހަރަކާތްތެރިވަނީ ----- ފޮޓޯ/އެމްއެންޑީއެފް

ރާޅުގަނޑު ސަރަހައްދު ކައިރިން މިއަދު ލޯންޗެއް ބަންޑުން ޖަހާލާ ހިނގި ހާދިސާގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އަނިޔާ ލިބުނީ ދެ ދިވެހިންނާއި ދެ ބޭރު މީހުންނަށް ކަމަށެވެ. އަދި އެ ދެމީހުންނަށް ވެސް ލިބިފައިވަނީ ކުދިކުދި އަނިޔާތައް ކަމަށާއި އެމީހުން ސަލާމަތް ކުރެވިފައި ވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ، ސިނަމާލެ ބުރިޖު ކައިރިން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މީގެކުރިން ވެސް މިފަދަ ހާދިސާތައް ދިމާވެ، އެކި ވަރުގެ ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހިފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް