"ވަގުތަކީ އަގުހުރި އެއްޗެކެވެ. އެންމެ ހިނދުކޮޅެއްވެސް ބޭކާރު ކޮށްނުލާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ."
***
ކައިލް ކަލޭ މޮޔަ ތަ؟" އަލްބާން އިނީ ކައިލް ފާޅުކުރި ހަގީގަތް އަޑުއިވުމުން ހައިރާންވެފައެވެ. ކައިލް އިސްޖަހާލައިގެން އިނީ ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. އަލްބާން ބޯން އިން ކޮފީ ތަށި ވެސް ބަންޑުން ނުވީ ކިރިޔާއެވެ. އަލްބާން އޭނާގެ ދެއަތް އެއްކޮށްލަމުން ގޮނޑި ކުރިޔަށް ޖައްސައި ކުރިމަތީގައި އިން ކައިލްގެ މޫނު ކިޔާލަން މަސައްކަތްކުރިއެވެ.
" ޑޫ ޔޫ ލަވް ހާ؟" އަލްބާން މުށް ބާރުކޮށްލަމުން ސުވާލުކުރެވުނެވެ. ކައިލް ފުންމައިގެން ގޮތަކަށް ތެދުވުނެވެ. އަދި އިސް އުފުލާ ބެލީ އޭނާގެ ލޮލުން ރުޅީގެ ކަނި ބުރައިގެންދާ ފަދައަކުްނެނެވެ.
"ވަޓް. އަލް މޮޔަވީތަ؟އާސީ ދެކެ ވާ ލޯތްބާއި ގާތަކަށް އަހަރެން އެއްވެސް މީހެއް ދެކެ ލޯބި ނުވަން އަދި ނުވެސް ވާނަން...ނޮޓް އީވެން ސޯފީ...." ކައިލްގެ ލޮލުން އެއީ ތެދު ކަން ސާފެވެ. ނަމަވެސް އަލްބާން ފަދައިން އޭނާއާއި އާސިނާ ވެސް ކުރާނީ އެފަދަ ސުވާލެއް ބާއޭ ހިތަށް އަރައި ބިރުގަތެވެ. އަހެދް އަކީ އޭނާގެ ޅަ އިރުގެ ހިތި ފިލާވަޅެކެވެ.
"ދެން ތިބުނާ ނައީމު މެން މިހާރު އެތިބީ ގޭގަ....ސިމް އަށް އެނގިއްޖެއްޔާ ކައިވެނި ވެސް ނުކުރާނެ ގެރެންޓީ...ކައިލް ކީއްވެތަ މިހާ ދުވަސް ވަންދެން ސިއްރު ކުރީ..." އަލްބާން އިނީ ގޮތް ހުސްވެފައެވެ. ކައިލް ބޮލުގައި ދެއަތް އަޅައި ފިތާލެވުނެވެ. ކައިލްގެ މޫނުން އެހާ ހާސް ކަމެއް އަލްބާން ދެކެފައި ނުވެއެވެ.
" ނޫން އަހަރެން ބޭނުމެއް ނުވޭ ސިމްގެ ކައިވެނި ރޫޅެން....އައި ޖަސްޓް ވޯންޓު ޓެލް މައި ވައިފް..." ކައިލް ގެ ވިސްނުން ހުރީ ހަމައެކަނި އާސީނާ އަށް އެންގުމަށެވެ.
" އަހެދް ވެސް އެނގި ހުރެ ކީއްވެ އެންމެނަށް އޮޅުވާލަންވީ...." އަލްބާން ފުންކޮށް އެކަމާއި މެދު ވިސްނިއެވެ. އަނެއްކާ ކައިލްގެ ދިރިއުލުން ހަލާކު ކުރުމަށް އެ އާއިލާ ތެރެއަށް އަހެދް އައީ ބާއޭ އަލްބާންގެ ހިތް ބުނަމުންދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް މުރުތަސިމް އަށް ހަގީގަތް އެނގުން މުހިންމު ކަމުގައި އަލްބާން ދެކުނެވެ. ކައިލް ވާހަކަ ނިންމާލީ އާސީނާއަށް މިއަދު ކިޔައިދޭން އަޒުމް ކަނޑަ އަޅަމުންނެވެ. ކޮންމެ ފަދަ ގޮތަކަށް ކަމުގެ ނިމުން އަޔަސް އެއި އޭނާ ކުރަން ޖެހިފައި އޮތް ވާޖިބެއް ކަމުގައި ވިސްނުނެވެ. ނަމަވެސް އެގޭގައި ނައީމު އާއި އަދީނާ ތިބިކަމުގެ ހަބަރު ލިބުމުން ގެޔަށް ދާން ޖެހިލުންވިއެވެ. އަލްބާން މަޑުން އިނުމުން އޭނާގެ ބޮލު ތެރޭގައި ހިނގަމުންދަނީ ކޮން ފަދަ ރޭވުމެއް ކަމާއި މެދުވެސް ވިސްނުނެވެ.
" ހުމްމްމް ދެން ތިބުނާހެން ދޮންތަ އަށް ކިޔައިދީ....އެކަމަކު މަ ކަޑަ ވަނީ މިހާރު ކައިވެންޏަށް ސިމް ތައްޔާރުވާއިރު އޭނާއަށް ހަގީގަތް ނޭނގޭތީ....އަދި އެ ނައީމު އޭ ކިޔާ މީހާވެސް އައިއްސި އެއްނު...އޭނަ ބޭނުންވާފަދަ މުއްސަނދިކްމެއް ލިބޭތީ ތޯއްޗެއް...މަށަށް ހީވަނީ އަހެދް ގެ ނިޔަތް ވެސް ސާފު ނޫންހެން..ކައިވެނީގެ ކުރިން ސިމް އަށް އެނގެން ޖެހޭނެ...." އަލްބާން އިސްތަށިގަނޑުގެ ތެރެއަށް އަތްތިލަ މަހައިލިއެވެ. ކައިލް ބޯ ޖަހައިލިއެވ. ހަގީގަތް އެނގުމުން މުރުތަސިމް އޭނާއާއި ދިމާލަށް އަންނާނީ ކޮންފަދަ ރުޅިގަނޑަކާއި އެކީ ކަން ވިސްނަންވެސް ބޭނުން ނުވިއެވެ.
"ގެޔަށް ނުދަނީތަ؟" އަލްބާން ސުވާލުކޮށްލީ ގޮނޑިން ތެދުވަމުންނެވެ. ކައިލް ބޯ ޖަހަިއލީ ގެއަށް ނުދަނީ ކަމަށް އިޝާރާތް ކުރަމުންނެވެ.
" އާސީ އެބަ އާދޭ.....ގެޔަށް ދާނި އާސީ އަށް ހުރިހާ ވާހަކަ އެއް ކިޔައި ދިނުމަށްފަހު...." ކައިލް ގެ ތެދުވެރިކަން އެ ބަހުންވެސް ސާފެވެ. އަލްބާންގެ ހިތުގައި ކައިލް އަށް އެއވެސް ބުރަ ކަމެއް ޝައްކެއް ނެތެވެ. އަލްބާން ލުއި ހިނިތުންވުމެއް ހުރެ އަތުން ހަނާ އަލާއިލީ ދަނީ ކަމަށް ބުނަމުންނެވެ. އާސީނާއަށް ވެސް ކައިލް ގެ ތެދުވެރިކަމާއި ހިތުގެ ސާފުކަން ފެންނާނެ ޔަގީން ކަން އޭނާ އަށް އޮތެވެ. ކޮންމެ ގޮތެއް ވިޔަސް ކަިއލް އަށް އޭނާގެ މާޒީ ބަދަލެއް ނުކުރެވޭނެ ކަން އަލްބާން އަށް ވެސް ވިސްނެއެވެ. އަލްބާން އިސްތަށިގަނޑުގައި ހަރުކޮށްފައިވި އަވި އައިނު ލޮލުގައި އަޅަމުން ކާރާއި ދިމާއަށް ހިނގާފައި ދިޔަ އިރު ފާރު ބުޑު ކައިރީ ތިން މީހުން ތިއްބެވެ. އެމީހުންގެ ބެލުމުގައި ތަފާތު ގޮތެއް ހުރި ކަން އަލްބާން އަށް އިހުސާސްވިއެވެ. އެ ތިން މީހުން ތުން ތަޅުވަމުން ދިޔައީ އަލްބާން އަށް ބަލަހައްޓައިގެން ތިބެއެވެ. އެކަކުގެ ޖީބުން ވަޅީގެ މުށް ފެންނަން ހުއްޓެވެ. އަލްބާން ކާރާއި ހަމަޔަށް ފޯރި ވަގުތު އެތަނުން އެކަކު ކައިރިޔަށް އައެވެ.
" ކަލޭ ވާހަކަ ދައްކަން އިނީ ކާކާ؟" އެކަކު ނޭފަތް ދަމާލަމުން ވާހަކަދެއްކިއިރު އެމީހާގެ ލޯ އިންތިހާއަށް ރަތެވެ. މަސްތުގެ ހާލަތުގައި ހުރިކަން އޭނާގެ ހިނގުމުންވެސް އެނގެއެވެ. އަލްބާން އޭނަގެ ޝަހާދަތް އިނގިލި އެމީހާގެ ކޮނޑުގައި ޖައްސާފައި ކޮށްޕާލީ އޭނާ އާއި ދުރަށް ޖައްސާލަމުންނެވެ. އެވަގުތު ފަހަތުގައި ތިބި ދެމީހުން އަވަސް އަރުވާލާފައި އައީ އަލްބާން އާއި ދިމާލަށެވެ. ފުރަތަމަ އަލްބާން އާއި ވާހަކަ ދެއްކި މިހާ އެމިހުންނަށް އަމުރު ކުރީ ހިމޭނުން ތިބުމަށެވެ.
" އަހަރެންގެ ބޭބެ އެއީ...ކިހިނެއްވީ ކަމަކުތަ؟" އަލްބާން ވަރަށް ހަމަޖެހިލާ ޖަވާބު ދިނެވެ. އެ ތިން މީހުން މޫނަށް ބަލައިފައި ހިނިގަނޑެއް ޖަހާލިއެވެ.
"އޭނާ ކައިރީ ބުނޭ ފުލުހަށް ބަޔާން ދޭން ގޮސްފިއްޔާ...." ކަރުގައި ވަޅި ޖައްސާފައި އިޝާރާތެއް އެމީހާ ކުރީ އޭނާގެ މޫނު ނުލަފާ ގޮތަކަށް ހަދާލަމުންނެވެ. ރޭގަ ހިނގި އެކްސިޑެންޓުގެ ވާހަކަ ކަން އަލްބާން އަށް ވަގުތުން އެނގުނެވެ.މިއީ ބާބިލް އަށް އަނިޔާ ދޭން މަސައްކަތް ކުރާ ލޯކަން ގެ ގޭންގު މީހުންކަން ޔަގީނެވެ. ރުޅި ގަދަވިޔަސް އެތިފަހަރެއް އަޅާލަން ބޭނުންވިޔަސް އެއީ ހިޔާރު ކުރަން އެންމެ ރަގަޅު ގޮތް ނޫން ކަން ވިސްނުނެވެ. އޭނަ އެތަނުން އެކެއްގެ ކޮނޑުގައި އަތް އަޅާލައި ގަޔާ ކައިރި ކޮށްލައި ހިނިގަނޑެއް ޖަހައިލީ ޒަމާންވީ އެކުވެރިޔެއް ފަދައިންނެވެ.
" ޕާޓު....ބުނަން ވާހަކަ އެއް....އެއީ މިއުޅޭ...މާފިޔާ މޭން ގެ އަރިސް ބޮޑެއް.......ޕޮލިހަށް އޭނާ ބަޔާން ދޭން ދާނީ ފުރަތަމަ އޭނަ އެތަނަކަށް ގޮސްގެނެއް ނު...އެހެން ނޫނަސް މާފިޔާ މޭން ވަރަށް ދެރަވެފަ އޭ ހުރީ ރޭގަ ވި އެކްސިޑެންޓާއި މެދު...އޭނަ އުޅެނީ މިހާރުވެސް އެކަން ކުރި މީހުންގެ ބޮލަށް މިލިޔަނުން ރުފިޔާ ދޭންކަމަށް ބުނެގެން.....މަ ބުނަން...ކަލޭ މެން ކުދިން އަވަހަށް ރައްކާވޭ....މިއީ އެހާ ރަނގަޅު ވަޑާމެއް ނޫން...." އަލްބާން ދެއްކި ވާހަކަ އަޑުއަހާފަިއ އެމީހުންނަށް ކުޅު ދިރުވަން ވެސް އުނދަގޫ ވިއެވެ. އަލްބާން ދައްކާލީ ކައިލް ކޮންމެވެސް މީހަކާއި އެކު ކުރީން ނަގާފައިވާ ފޮޓޯއެކެވެ. މާފިޔާ މޭން އަކި މަޝްހޫރު ގޭންގު ލިޑަރެއް ކަމުން ގިނަ ބަޔަކު އޭނާ ދެކެ ބިރުގަންނަކަން އަލްބާން އަށް އެނގެއެވެ.
"ބްރޯ...މަ ދޫކޮށްލާ....." އެމީހާ އަލްބާންއަށް އާދޭސް ކުރީ ދެފައި ދަށަށް ވެއްޓިއޮވެއެވެ. އަލްބާން އަތުގެ އިޝާރާތުން ދުވެ ރައްކާވުމަށް އެދުނެވެ. އެމީހުުން ދުވެފައި ދާ މަންޒަރު ބަލަން ހުރި އަލްބާން ގެ ފަހަތުން ބަރުގޮނު އަޅާލި އަޑު އިވުނެވެ. އެއީ އާސީނާގެ ކާރެވެ. އޭނަ ސިހިފައި އެނބުރުނެވެ. އާސީނާ އަވަހަށް ކާރުން ފައިބައި އައީ އަލްބާން އާއި ދިމާލަށެވެ.
" ކިރިޔާ ނު ތި ޖައްސާނުލީ....އަނހެންވެރިން ނުދުވައްވަން ވީ މިހެންވެ..." އަލްބާން ހިނިގަނޑެއް ޖަހާލީ އާސީނާ ގެ މޫނު މަތިން ފެންނަން ހުރި ރުޅިވެރިކަން ފެނިއެވެ.
" ނޮޓް ފަނީ....އަލް ތި އުޅެނީ ކިހިނެއްތަ...އެކޮން ކަހަލަ ޕާޓޭ ކުދިން ތަކެއް....މަންމަ އަލް އަށް ވަރަށް ޓްރަސްޓް ކުރޭ، ތިހެން މަގުމަތިވާތަން ދެކޭކަށް ބޭނުންމެއް ނުވާނެ..." އަލްބާންގެ އައިނު ނަގައި އާސީނާ އޭނާގެ ލޯ ބަލައިލީ އަލްބާންއާއިމެދު ޝައްކުކުރެވިގެންނެވެ. އަލްބާން ކަޅި އނަބުރާލީ ފޫހި ގޮތަކަށެވެ. އަދި އާސީނާ ގެ އަތުން އައިނު ހޯދިއެވެ.
"މަގުމަތިވާނީ ވަންނާނެ ގެދޮރެއް ނެތް މީހެއް....ފުރަތަމަ ޝައްކު ނުކޮށް އަހާނީ ވެގެން އުޅޭ ގޮތް ސާފު ކުރަން....މިހާރު އަލް ތެދަށް ކިޔައިދިނަސް ޔޫ ކާންޓް ބިލީވް މީ...އެނީވޭއިސް ކައިލް އެބަހުރި އިންތިޒާރުގަ...ޔޫ ޝުޑް ލިސިން ޓު ހިމް ވިތް އޭން އޯޕެން މައިންޑް..." އަލްބާން އާސީނާގެ ނިތުގައި ފުއްޓަކި ޖަހާލަމުން ކާރު ތަޅުދަނޑި ހޯދިއެވެ. މަގު މެދުގައި ވާހެން އަރިއަކަށް ޕާކު ކުރެވިފައި އޮތުމުން ރަނގަޅު ކޮށްލަން ވެގެންނެވެ. އާސިނާ ފުން ނޭވާ އެއް ދޫކޮށްލީ އަލްބާން އެއްވެސް ކަމެއް ސީރިޔަސް ކޮށް ނުނަގާނެ ކަން އެނގޭތީއެވެ. އޭނާގެ ކަންބޮޑުވުމާއި ހާސްކަން އަލްބާން ނަގަނީ ސަމާސާއަކަށެވެ. އަލްބާންގެ ވާހަކަ ހުންނަ ގޮތުން ވީ ފޫއްސެއްގެ ބޮޑުކަމުން އަނގަ އަށް ގޮތެއް ހަދައިލެވުނެވެ.
" ބައި ދަ ވޭއި....ސިމް ގޮޓް މެރީޑް....ކޯޓުން ބޭރުގެ މިބުނީ ދެން ގޭގަ....ނޭނގޭ ވަރަށް ވިޔާޑް އަސްލު މަންމަ ވެސް އެފަދަ ކަމެއް ކުރުމަށް އެއްބަސްވީތީ އަހަރެން ހުރީ ހައިރާންވެފަ....އަހެދް ގެ އަންކަލް ނައީމު ބޭނުންވި ގޮތް އެއީ....ވަރަށް އެކްސްޓްރީމް ވިސްނުމެއް އެމީހާގެ ހުންނަނީ...ދެން ނޭނގޭ..." އާސީނާ އިނީ އެހާ ހިތްހަމަނުޖެހިފައެވެ.
އަލްބާން ހުުރީ އެކަން ސިކުނޑިޔަށް ނަގައިގަންނަން ނޭނގިފައެވެ. އާސީނާ ކާރު ތަޅުދަނޑި އަލްބާން އަށް ދިނުމަށްފަހު އަވަހަށް ދިޔައީ ކެފޭއަށެވެ. އޭނަ ވަގުތުން ގުޅީ ގޭގެ ޚަބަރު އެނމެ ރަނގަޅަށް އެނގޭނެހެން ހީވާ ފަރާތަށެވެ. ނަމަވެސް ޖޫރީ ފޯނެއް ނުނަގައެވެ. އަލްބާން އަވަސްވެފައި ހުރި ވަރުން ގެޔަށް ދާން ދެވުނީވެސް އާސިނާ އައި ކާރުގައެވެ. ހަނދާންވީ ގޭގެ ގޭޓާއި ހިސާބަށް ފޯރުމުންނެވެ. ގޭޓުން ވަދެގެން އައި ވަގުތު ކޯޓުގެ ގާޒީ އާއި ވެސް ދިމާވިއެވެ. މަރުހަބާ ކިޔާލީ ހިނިތުންވުމަކާއި އެކުއެވެ. ގެޔަށް ވަން ވަގުތު އެންމެންވެސް ތިބި އުފާ ފާޅުކުރުމަގއެވެ. މުރުތަސިމްގެ މޫނުން ފެނުނު ހިނިތުންވުން އެހާ އުޖާލާއެވެ. ނައީމު އުޅޭގޮތުން ހީވަނީ އެއީ އޭނާގެ ކައިވެނީގެ ދުވަސްހެންނެވެ. އެހާވަރަށް އޭނަ އުފާފައުޅުކުރާ ތަން ފެނުނެވެ.
" އަލްބާނޫ އާދެބަލަ މީގެ ފޮނި އެތިކޮޅެއްގެ ރަހަ ބަލައިލަން.....އަހަރުމެންގެ މުރުތަސިމް މިއޮށްގެން ގެއްލުނީ ނު...." ސަކީނާގެ އައިސް އަލްބާން ގެ އަނގަޔަށް ލައްވާލީ ކޭކުފޮއްޗެކެވެ. ޒަވިޔާރު އަލްބާން އާއި ކޮނޑާއި ކޮނޑު ޖައްސާލިއެވެ. ލޯ އަޅާއިލީ ކުޑަކޮށް އެއްފަރާތަކަށް ޖެހިލުމަށެވެ.
" ސިމް ދީވާނާ ވިޔަސް މި ދެން ބޮޑުވަރު.......މަށަށް ހީވަނީ މަންމަވެސް އެހާ ހެޕީ އެއް ނޫންހެން....މިހާ ދުވަސް ވަންދެން ވެސް ހަމަ މިތާ އަހެދް ހުރީ އެއް ހަފްތާއަށް މަޑު ކުރުން އެއީ ދެން މާ ބޮޑު ކަމަކީތަ....މައިރާ ގެ ފެމިލީ ކުރިމަތީ މިފަދަ ކަމެއްވީތީ އަހަރެންވެސް ވަރަށް ލަދު ގަނެއްޖެ..." ޒަވިޔާރުގެ އަޑުގައިވީ ރުޅިވެރިކަމެވެ.
" ހެޕީ؟" ކައިރީ އިން އަހެދް ގެ އަތުގައި ކޮށްޓާލަމުން މުރުތަސިމް އަހާލީ ވައި އަޑުންނެވެ. އަހެދް މިއަދު ވީވަރުގެ އުފަލެއް އަދި އޭނަގެ ހަޔާތުގައި އައިސްފައެއްނުވެއެވެ. ދުވަހަކުވެސް އިހުސާސް ނުވާ ފަދަ ހިމާޔަތެއް ލިބުނުހެންވެސް ހީވިއެވެ. މުރުތަސިމް އަށް ހިތް އެދެވެން ފެށިއެވެ. އޭނާގެ މަގުސަދު މަތިންވެސް ހަނދާން ނެތުނެވެ. ކައިވެނި ؛ލަސްވަންޏާ ރަށަށް ގެންދަން ނައީމު ވާހަކަ ދެއްކުމުން މުރުތަސިމް ތެދުވެ އެންމެން ކުރިމަތީ މިހާރު ވެސް އަހެދް އާއި ކައިވެނި ކުރުމަށް އޭނާ ތައްޔާރުކަމުގައި އިޒްހާރު ކުރި ކުރުން އެއީ ހަނދާނުން ފިލައިގެން ދާނޭ ހިނދުކޮޅެއް ނޫނެވެ. އެއްވެސް މީހަކު ދެއްކި ވާހަކައަކަށް ބެލުމެއް ނެތި ކައިވެނި ކުރުމުގެ އިންތިޒާމް އެންމެ ކޯލަކުން ހަމަޖެއްސީ އެހާ ޔަގީންކަމާއެކުއެވެ. އޭނާއަށް އިހުސާސްވާ އުފަލުގެ ބޮޑުކަން ބާޔާން ކުރަންވެސް ނޭނގެއެވެ. އަހެދްއަށް އިނދެވުނީ ގެއްލިފައެވެ. އަނެއްކާވެސް މުރުތަސިމް އެ ސުވާލު ކުރިއެވެ. ފިނިވެފައި އިން އަހެދް ގެ އަތުގައި ހިފާލަމުންނެވެ. އަހެދް މުރުތަސިމްގެ އަތަށް ފިއްތައިލިއެވެ. އެއީ ޖަވާބެއް ކަމުގައި ފުއްދައިލުމަށް ލޯ އިޝާރާތްކުރަމުންނެވެ. އައްޒަހްރާގެ ހިތުގައި ހުރި ނުތަނަވަސްކަން ފިލައި ދިޔައީ އެ ދެކުދިންގެ އުފާވެރިކަން ފެނިއެވެ. އޭނާ ހިތް އެދުނު ހާ ފެންވަރުގައި ކައިވެނި ނުކުރެވުނަސް މިއީ ﷲ އިރާދަކުރެއްވި އެންމެ ރަނަގޅު މޮޅު ގޮތް ކަމުގައި ހިތަށް ވިސްނައިދިނެވެ.
"އަހަރުމެން ޒަމާނުގަ ވެސް ކައިވެނި ކުރަނީ މިހެން އާދައިގެ ކޮށް....އެހާ ކަންތައް ބޮޑުކުރާއެއްޗެއް ނޫނޭ... ދޯ..." ނައީމު އައްޒަހްރާއަށް ބަލައިލިއެވެ.
" ނޫނޭ....މި ދެކުދިންގެ ރަސްމީ ކައިވެނި އަދި އޮންނާނީ ބޮޑު ކޮށް....ޒަވީ އާއި މައިރާ އާއި އެކީ....." އައްޒަހްރާ އަހެދް ގެ ބުރަކަށީގައި ފިރުމާލަމުން ހިނިތުންވެލިއެވެ.
" ވަޓް ދަ...." އަލްބާން އިނީ ކޮސްވެފައެވެ. މުރުތަސިމް ހަގީގަތުގައިވެސް މޮޔަ ވީބާވައޭ އޭނާގެ ހިތަށް އެރިއެވެ. ނޫނީ ސިހުރެއް ޖެހުނީއެވެ.
ނުނިމޭ