Ooredoo
Ooredoo

އަބްދުއްރަޙީމްގެ ސުވާލެއް: ފިނިފެންމާ ގޮއްވާލުމަކީ ޔާމީން އިސްވެ ކުޅުއްވި ޑްރާމާއެއްތޯ؟

ލޯންޗު ގޮއްވާލި ވަގުތު ނަގައިފައިވާ ވީޑިއޯއެއްގެ ސްކްރީންޝޮޓް: ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ އެމަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް"ތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައި --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އޭރު ވެރިކަމުގައި ހުންނެވިއިރު ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ އެ މަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް"ތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ މިރޭ ސުވާލު އުފައްދަވައިފިއެވެ.

ADK GENERAl

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގާދިޔަ އެ ހާދިސާއާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ.

ބައެއް ފަހަރު ހީވޭ، އަޅުގަނޑަށް ދަންނަވަން ކެރިދާނެ ފިނިފެންމާ ލޯންޗު ގޮވުން މީ ޔާމީނު ކުޅުނު ޑްރާމާއެއް ނޫން ބާވާއޭ؟ އެ ހިސާބަށް ޔާމީންގެ ވާހަކަ ހިނގައްޖެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ

ޔާމީނާއި އަބްދުއްރަޙީމް: ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައަކީ އެމަނިކުފާނު އަމިއްލަފުޅަށް ކުޅުއްވި "ޑްރާމާއެއް"ތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ދުވަހާ ގުޅޭ ވާހަކަ ހިއްސާކުރައްވަމުން އަބްދުއްރަޙީމް ވިދާޅުވީ، ލޯންޗު ގޮއްވާލި ވަގުތު ޔާމީން ފާލަމާ ދިމާލަށް ބެއްލެވި ވަގުތު އެތަނުގައި ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުރިކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި، އެ މަނިކުފާނަށް ވަގުތުން އެކަން ކުރީ އޭނާކަން އެނގިވަޑައިގަތްކަމަށް ވިދާޅުވި ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

އަބްދުއްރަޙީމް ވިދާޅުވީ އެ ނޫކުލައިގެ ޓީޝާޓު ލައިގެން ހުރި ކަމަށް ޔާމީން ވިދާޅުވީ، ސިފައިންގެ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ)އަށް އިޝާރާތް ކުރައްވައެވެ.

ޔާމީން ވިދާޅުވީ ތިމަންނައަށް އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް ނުދޭތާ ހަ މަސް ދުވަސް ފަހުންނޭ ބޮން ގޮއްވީ. މިއަދު [އޭރުގެ ޕޮލިސް ކޮމިޝަނަރު] ހުސައިން ވަހީދު ހުރީ އެންމެ އަރިހުގައި، އެންމެ އިތުބާރު ކުރައްވަނީ. އެހެންވީމަ މިއަދު ހަމަ ދަންނަވަން އެބަޖެހޭ ސުވާލު އުފައްދަން އެބަޖެހޭ ފިނިފެންމާ ލޯންޗު ގޮއްވާލުން މިއީ އަނެއްކާ ޔާމީން އިސްވެ ހުންނަވައިގެން ކުޅުނު ޑްރާމާއެއް ނޫން ބާވައޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ

އަބްދުއްރަޙީމް ވިދާޅުވީ އޭރު އެ މަނިކުފާނަކީ ސަރުކާރުގައި ހުންނެވި މީހެއް ނޫން ކަމަށާއި، އެ މަނިކުފާނު ހުންނެވީ ރައްޔިތުންގެ މަޖިލީހުގައި ކަމަށެވެ. އެހެންކަމުން އޭރު ޔާމީން ދައްކަވަމުން ގެންދެވި ވާހަކަފުޅުގެ މައްޗަށް އިތުބާރު ކޮށްގެން މަޖިލިސް މެންބަރުން ތިއްބެވީ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިއަދު ރައީސް ޔާމީން ކަންކުރައްވާ ގޮތާއި ދައްކަވަމުންދާ ވާހަކަފުޅުތަކުން އޭރުގައި ދެއްކެވި ވާހަކަފުޅުތަކާ މިއަދު ދައްކަވާ ވާހަކަފުޅުތައް ދިމާނުވާ ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވިއެވެ. އެހެންކަމުން ފިނިފެންމާ މައްސަލައިގައި ސުވާލު އުފައްދަން ޖާގަ ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ޕާޕާއާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ދެ ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.

އެ މައްސަލައިގައި އަލުން މީހެއްގެ މައްޗަށް ދައުވާ އުފުލުމުގެ ވިސްނުމެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިދިޔަ އަހަރުގެ މެއި މަހު ވަނީ ބުނެފައެވެ.

Redstar
comment ކޮމެންޓް

comment ދދ

8 month 3 week ago

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއީޒް އަކީ ޔާމީނުގެ ކެބިނެޓްން ދަރިވަރުވެގެން ރައީސުކަމަށް ވަޑައިގަތް މޮޅު ކުޅަދާނަ ރައީސެއް، ހަސަދަވެރިން މިއުޅެނީ ހަސަދަލައިގެން، މުއީޒު ރަގަޅު ޔާމީނަށްވުރެން !

comment ނާސިރުއްދީން

8 month 3 week ago

ޔާމީނަކީ ވަރަށް ކުޅަދާނަ ވެރިއެއް. ބަލާލަބަލަ ހުޅުމާލޭ ފޭސްޓޫގަ އެ އުޅެމުންދާ އެތައްހާސް ރައްޔިތުންނެއް ގެ ބޯހިޔާވެހިކަމަށް. އަދި ކޮބާ ބްރިޖު. ހައިވޭ. މިހެންގޮސް އެއިރު އެންމެ ދިވެހިންބޭނުންވިކަންކަން އެހުރީ ކޮށްފަ. ދެން ލަލަލާ

comment އަލީ

8 month 3 week ago

ޔާމީން އާ ގުޅިގެން ތިޔަ ޑްރާމާ ގެ އަޑީގައި ޕާޕާ ހުންނާނެކަމަށް ބެލެވެނީ. ޔާމީންއަކީ އެއްވެސް މީހަކަށް އިހުތިރާމް ކުރާ މީހެއްނޫން. މީހެއްގެ އަގު ވަޒަންކުރަން އެނގޭ މީހެއްނޫން. ބޮޑާކަން އިންތިހާ. ތަރައްގީ އާއި އެޑްމިނިސްޓްރޭޝަންގެ ދާއިރާގައި ތަޖުރިބާ ތަކެއް ހުރި ބޭފުޅެއް ނަމަވެސް މީހުންނަށް އިހުތިރާމްކޮށް މީހުންނާ ގުޅިގެން އުޅެން ނޭންގޭތީ ޔާމީންގެ ސިޔާސީ ހަޔާތް ކުރިޔަށް ނުދިޔައީ. މައުމޫނު ދުވަސްަވަރުގައިވެސް ޔާމީން ބާކީވެފައި ހުރީ ބޮޑާވެ މީހުންނާ މުއާމަލާތްކުރަން ނޭންގުމުގެ ސަބަބުން. ހަމައެކަނި އިލްމެއް ލިބިފައި ހުއްޓަސް އަދި މިހާރުގެ ވާދަވެރި ސިޔާސީ މައިދާނުގައި ކާމިޔާބެއް ނުލިބޭނެ

comment ްަލަލީތާ

8 month 3 week ago

ޔާމީނަކީ ވަރަށް ބޮޑު ވަގެއް. ގައުމުގެ ވެރިއަކަށް ހުރެ އަދީބު އާ ގުޅިގެން ވައްކަން ކުރަމުން ގެންދިޔައީ. އަދި ޕާޓީއަށް ލިބުނުހާ ފައިސާވެސް އަމިއްލަ އެކައުންޓަށް ޖަމާ ކުރަމުން ގެންދިޔައީ. ޔާމީނަކީ ވަރަށް ބޮޑަށް މަވެފައި ހުންނަ ބޮޑާ ކަންނެތް މީހެއް. މިއީ އޭނާގެ ހަގީގަތް

comment ފޮނަދޫ މީހާ

8 month 3 week ago

އަދުރޭއެވެ. އެމްއެންޕީއާރްސީގެ ފައިސާ ބޭނުންކުރެއްވި ކަމަށް ތުހުމަތު ކުރުމުން، ހާދަވަރެއް ތިވަނީ! ތިހޯދާގެން އުޅޭ މުއްސަނދިކަން ތިއީ ކިހިނެއް ހޯދި އެއްޗެއްތޯ؟ ޔަގީނުންވެސް އަދުރޭއަށް ވާރުތަވި މުދަލެއް ވިޔަފާރިއެއް ނުހުންނާނެ!

comment ފިޝް

8 month 3 week ago

މީހަކު އޭނަ އާއި އޭނާގެ އަންހެނުން ދަތުރުކުރަމުން ދިޔަ ލޮންޗެއް އަމިއްލައަށް ގޮއްވާލާނެތޯއެވެ.؟