ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މީގެ ކުރިން ކުރެއްވި ދަތުރެއްގައި ފުރާވަޑައިގަތުމުގެ ކުރިން: ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި-- ފޮޓޯ: ރައީސް އޮފީސް

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅާ ގުޅުވައި ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ކުރިން މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ.

އެކަމަކު، ސޯޝަލް މީޑިއާގައި އެ ވާހަކަދަ ފަތުރާފައި އޮތީ ރައީސް މުއިއްޒު ހޮސްޕިޓަލަށް ގެންދިޔައީ އާރަށުގެ ފާހަނާ ތެރެއަށް ވެއްޓި ވަޑައިގެން ބޮލަށް އަނިޔާވެގެން ކަން އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ

ރައީސް ވިދާޅުވީ، ހަގީގަތުގައި އެމަނިކުފާނު ސިންގަޕޫރަށް ފުރާވަޑައިގަތީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާގައި މާލޭގައި ތިބި ޑޮކްޓަރުންނަށް ދައްކައި، ދެވަނަ ޚިޔާލެއް ހޯދުމަށް ކަމަށާއި ދެ އަހަރު ކުރިން ކުރައްވާފައިވާ ސާޖަރީއެއްގެ ރެގިއުލާ ޗެކަޕަކަށެވެ.

މި ދަތުރުފުޅަކީ ދެ ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް