Dhiraagu
Dhiraagu

މާލިއްޔަތު އަނދަވަޅަކަށް ވައްޓާލީ އެމްޑީޕީން، މީހަކަށްވުރެ ގައުމުގެ މަސްލަޙަތު މުހިންމު: ސައީދު

މިނިސްޓަރު މުޙައްމަދު ސައީދު: އުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް

ރާއްޖޭގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ރައްދު ދެއްވައިފިއެވެ.

Ooredoo

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުކަމުން ވަކި ކުރުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރައްވާ ފައްޔާޒުވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މި ހާލަތުގައި އައިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު, ބީއެމްލްގެ ބޯޑުން ވަކިކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ހަމަމަގަށް އެޅުވުމަށް ޓަކައި ތަޖުރިބާކާރުންގެ އަޑުއަހަން ޖެހެއެވެ.

ބީއެމްއެލްއަށް ސަރުކާރުން ނާޖާއިޒު ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި ފައްޔާޒު ވިދާޅުވީ މާލީ ނިޒާމުގެ ނަޒާހަތްތެރިކަމަށްޓަކައި އެފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެފަދަ ނުފޫޒުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މާލީ ނިޒާމާމެދު ނޭދެވޭ ތަސައްވުރެއް އުފެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 100 އަހަރާ ނުބައްދަލު ދަރަނި ނަގައިފައިވާ ކަމަށެވެ. އަދި އަޑި ނޭނގޭ ފުންމިނަކަށް އިގުތިސާދު ވައްޓައިލައިފައިވާ ކަމަށާއި އެ ސަރުކާރުގެ މިނިސްޓަރަކު އެ ވާހަކަތައް ދެއްކެވުމަކީ ލަދުވެތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ތުހުމަތު ކުރެއްވީ މުޅި ނިޒާމް އެފުށްމިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ އެމްޑީޕީން ކަމަށެވެ. އަދި އައިޝަތު ނޫރުއްދީން ވަކިކުރުމާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑު މެންބަރުކަމުން ވަކިކުރިކަން އަންގައި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އޭނާއަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭނާ ބީއެމްއެލްގެ ބޯޑުން ވަކިކުރީ، އެ ބޭންކުގައި މަސައްކަތް ކުރައްވާތާ 42 އަހަރުވެފައިވަނިކޮށެވެ.

މި އަހަރުގެ ޖެނުއަރީމަހު ވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރުން މަގާމުން ވަކިކުރިއެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ބާތިލްކޮށް، އެ ބޭފުޅުންނަށް އަލުން މަގާމު ދިނެވެ.

ފަހުން އެ ބޭފުޅުން ވަކިކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ބީއެމްއެލްއަކީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ބޯޑު މެންބަރުން ވަކި ކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ.

Redstar
comment ކޮމެންޓް

comment ދިދަޔާއެވެ.

8 month 3 week ago

ވެރިކަމަށް އައިއިރުވެސް މާލިއްޔަތު އޮތީ އަނދަވަޅެއްގައިކަން އެނގޭނޫންތޯ. ރައީސް ކެމްޕޭނުގައި ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު އެނގޭކަމަށާއި، ފައިސާ ލިބޭނެ ގޮތްތައް އެބަހުރިކަމަށާއި، ފައިސާ ދޭނެ ފަރާތްތައް އެބަހުރި ކަމަށާއި، އެކަމާ ކަންބޮޑު ނުވާކަމަށާއި، ހުރިހާކަމެއް ރަނގަޅުވާނެކަމަށް. ދެން މިހާރު ތިވިދާޅުވަނީ ކޮން ވާހަކައެއްތޯ؟ ކޮބައިތޯ ފައިސާ ލިބޭނެ ގޮތްތައް.؟ ކޮބައިތޯ ފައިސާ ދޭނެ މީހުންތައް؟ ދޮގުވިއްކައިގެން ވެރިކަމަށް އަރާފަ ގައުމުގެ އިގްތިސާދަށް ނުބައްލަވައި ސިޔާސީ މަގާމުތައް އެތައް ގުނަޔަކަށް އިތުރުކުރެއްވީ. ސިޔާސީ މީހުންގެ މުސާރަތައް އެތައް ގިނަޔަކަށް އިތުރުކުރެއްވީ. ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑުކުރެއްވީ. ހުވާކުރުމަށާއި، ގަނޑުވަރު ހެދުމަށްވެސް އެތައް ބޭކާރު ޚަރަދުތަކެއް ކުރެއްވީ. އެހެންވީމާ ގައުމު އަނދަވަޅަކަށް ވައްޓާލީ ކާކުތޯ؟

comment މައްލި

8 month 3 week ago

ކުޑަ ހިސާބެއް ޖަހާލާނަން. ރާއްޖޭގައި މިވަގުތު 40،000 އަށްވުރެގިނަ ރިސޯޓް އެންދު ހުރިކަމަށް ޓުއަރިޒަމް ވުޒާރާގެ ތަފާސްހިސާބު ދައްކާ. އެވްރެޖްކޮށް އަހަރެއްގެ އޮކިޔުޕަންސީއަކީ 70% ކަމަށް ބަލަމާ. އެއީ އަހަރަކަށް 10،220،000 ބެޑްނައިޓްސް. ކޮންމެ ބެޑްނައިޓްއެއް ޔޫއެސްޑީ 250 ރެޔަކަށް ހޭދަކުރިޔަސް (މިއީ ރޫމް ރޭޓް،އެކްސްޓރާސް، ކެޔުން، ކުޅިވަރު، ޑައިވިންގ ވެސް ހިމަނައިގެން އެންމެ ދަށް އަދަދުކަމަށްބަލާފަ)، އަހަރެއްގެ މައްޗައް ރިސޯތް ތަކުން ޔޫއެސްޑީ 2،555،000،000 (2.5 ބިލިޔަން – ވިތް އަ ބީ) ރާއްޖެއަށް އެބަ ލިބޭ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗައް 212.9 މިލިއަން ޔޫއްސްޑީ.

reply މައްލި

8 month 3 week ago

ބޭރު ފައިސާއިން ކުރާ އިންވޮއިސް އަކަށް ލިބޭ ބޭރު ފައިސާއެއް އެ އިންވޮއިސް ކުރާ ރާއްޖޭގައި ރަޖިސްޓްރީ އޮންނަ ރާއްޖޭގައި އޮންނަ އެކުންފުނީގެ ބޭރުފައިސާ އެކައުންޓަށް ޖަމާނުރުކިޔަސް ހެޔޮ. އެކަމަކު އެފަރާތް ތަކުން ބޭރުން އެއްޗެއް އިމްޕޯރޓް ކުރަން ބޭނުން ވެއްޖިއްޔާ ބޭންކް ތަކުން ޑޮލަރު ނުލިބޭކަމަށް ނުވަތަ ލިބުން ދަތިކަމަށް އަބަދުވެސް ބުނެ އުޅޭ. ޖެހެނީ ކަޅު ބާޒާރުން ދޮލަރު ގަންނަން ޖެހޭކަމަށް. އެސްއޯއީ އެއް ވިޔަސ މި ޖެހެނީ ކަޅުބާޒާރުން ޑޮލަރު ގަންނަން.

reply ކޯބެ

8 month 3 week ago

ތިޔަހިސާބު ރަނގަޅުކަމުގައިވިޔަސް، އޭގެ ބޮޑުބައެއް ރާއްޖޭގެ މަލަވެސް ނުފެންނަ ހިސާބުގައި އެނބުރެނީ. ރާއްޖެއަށް ހަމައެކަނި އަންނާނީ މީހާ.

comment އަލީ

8 month 3 week ago

މޮޅު ވާހަކަ ދައްކާނެ ބަގުރޫޓް ފައްޔާޒް. ޑިޖިޓަލް ބޭންކިން ބީއެމްއެލް އަށް ތައާރަފުކޮށް ތަނަށް ކުރިއެރުން ގެނެސްދިން ތަޖުރިބާކާރު ބޭންކަރ މުހައްމަދު ޝަރީފް ބޭންކުން ވަކިކުރީ ތިޔަ އެމްޑީޕީ ސަރުކާރުން. ކޮލިގޭމީހަކަށް ވެފައި ބޭންކުގައި ގިނަދުވަސް ވުމަކީ މީހާ މޮޅުވާކަމެއް ނޫން. އައިޝާ ވަކިކުރީ ރަގަޅަށް މިޒަމާނަކަށް ނުފެތޭ.

comment އައްޓަމަސް

8 month 3 week ago

ފައްޔާޒު ނޫން އެހެން މީހެއް ތިވާހަ ބުންޏަސް އޯކޭ.

comment ފެކްޓް

8 month 3 week ago

އިނގިރޭސިން ބަހުންކުރާ ކޮމެންޓުތަކަށް ރައްދުދޭންވާނީ އިނގިރޭސި ބަހުން. ވަރަށް ވާހަކަ.

comment ޒިމް

8 month 3 week ago

ގައުމު މެނޭޖްކުރުމުގެ ކެޕޭސިޓީ ނެތި ވެރިކަމާއި ހަވާލުވީމަ ވާގޮތް މިފެންނަނީ. އަދި ތިހެން ބުނަމުންގޮސް ރާއްޖޭގެ އަނދަވަޅަށް ވެއްޓިފަވާ މާލީހާލަތު ކަލޭމެން ޕޯޗުގީޒުންގެ ބޮލުގަވެސް އަޅުވާނެ މިހެންގޮސް.

reply ދޮން ބަބުރު ސޮރު

8 month 3 week ago

ގައޮމު ހިންގުމުގެ އޮއްޓަރެއްވެސް ނެތް ދާދާއިން ގައޮމުގެ ވެރިކަމުގެ ބަގުޑި ބައްދާ މާ ޑިމަކޮރަޓިކު ބައެކޭ ކިޔާ ގުރޫޕެއް މި ގައޮމު ފެނާނުލާ ބޮއެލީމަ ދެން ކިހިނެއްތޯ ހަމަ މަގަށް އަޅުވަނީ، އާނ، މިދިއަ 5 އަހަރު މިގައޮމު ހިންގީ ޕޯޗުގީޒު ނުކިޔަސް އެޒްތުގެ ޚާއިނުންގެ ބައިގަނޑެއް، އަނގަ ނުތަޅާ