މިނިސްޓަރު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިން ޑިޕާޓްމަންޓުގެ ރައީސްއާ މަޝްވަރާކުރައްވައިފި

އިކޮނޮމިކް މިނިސްޓަރު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިން ޑިޕާޓްމަންޓުގެ ރައީސްއާ ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ/ މިނިސްޓަރު ސައީދު

ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ އީކޮމާސް ވިޔަފާރިތަކަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެހީތެރިވުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޕޭޕަލްގެ ގްލޯބަލް މާކެޓިން ޑިޕާޓްމަންޓުގެ ރައީސް ސޫޒަން ކެރީއާ މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕޭޕަލްގެ ރައީސާ ބައްދަލު ކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފައިވާ ކަމަށެވެ.

އެގޮތުން، އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ޕޭޕަލް މެދުވެރިކޮށް ރާއްޖޭގެ އީކޮމާސް ވިޔަފާރިތަކަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެހީވުމަށް ޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅުވައި ސައީދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އީ ވޮލެޓުގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް ހާސިލްކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމަށެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.

ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ނުލިބޭތީ އެ ކަމާ ގިނަ ޒުވާނުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދު ވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.

comment ކޮމެންޓް