ކުރިއަށް އޮތް ސެޕްޓެމްބަރު މަހު އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރާ ބަތަލާ އަނަނިޔާގެ އަލަތު ވެބް ސީރީސްގެ ޕްރޮމޯޝަނަލް ޓީޒާއެއް ރިލީޒްކޮށްފިއެވެ.
ކަރަން ޖޯހަރުގެ ދަރުމާ ކުންފުނީގެ ގޮތްޕެއް ކަމަށްވާ ދަރުމަޓިކް އެންޓަޓެއިންމެންޓްއިން އެމޭޒަން ޕްރައިމްއަށް އުފައްދައިދޭ މި ވެބް ސީރީސްގެ ޕްރޮމޯ ޓްރެއިލާގައި އަނަނިޔާ ސީރީސްގައި ކުޅޭ ރޯލާ ބެހޭގޮތުން ކަރަން ވަނީ ކުޑަކުޑަ ތަޢާރަފެއް ދީފައެވެ. އަނަނިޔާ އެހެން ފިލްމުތަކުގައި ފެނުނު ރޯލްތަކަށް "ކޯލް މީ ބޭ"ގައި ފެންނާނީ ތަންކޮޅެއް ޗެލެންޖިންގް ރޯލަކުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

އަނަނިޔާ ޕާންޑޭ ސައުތު އެކްޓަރު ވިޖޭއާ އެކު ޓޯކް ޝޯ 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި--ފޮޓޯ/ޕިންކްވިލާ
އިންޑިއާގެ ސައުތު ދިއްލީގެ މުއްސަނދި އާއިލާއަކަށް އަނަނިޔާ ނިސްބަތްވީ ނަމަވެސް މި ސީރީސްގައި ބަތަލާ ފެންނާނީ މުއްސަނދި އާއިލާއިން ބޭރުކޮށްލުމުން ތިމާގެ ހުރި ހަރުދަނާކަން ސާބިތުކޮށް ދިނުމަށް ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެ އާމްދަނީ ހޯދާ ޒުވާނެއްގެ ރޯލްއިންނެވެ. އިންޑިއާގެ އެންމެ ހަލަބޮލި ސިޓީ މުމްބާއީއަށް ގޮސް ކުރާ އާ ތަޖުރިބާތައް މި ސީރީސްގެ އެކި އެޕިސޯޑުތަކުން ބެލުންތެރިންނަށް ފެންނާނެއެވެ.
ކުރިއަށްއޮތް ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާ ބަތަލާގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސްގެ ހާއްސަ އެޕިސޯޑަކުން އެކްޓަރު ވަރުން ދަވަން ވެސް ފެންނާނެއެވެ.
ޒުވާން ކާސްޓެއް އޮތް މި ވެބް ސީރީސް އަކީ ކާމިޔާބު ފިލްމު "ސީކްރެޓް ސުޕަ ސްޓާ" އަދި "ސަންޖޫ" ފަދަ ފިލްމުތައް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ކޮލިން ދި ކޮނިއާ ޑައިރެކްޓްކުރާ ސީރީސްއެކެވެ.