ޕްރިޔަންކާ، ހޮލީވުޑްގެ ބަތަލާ އެންޖެލީނާއާ އެކު މަސައްކަތް ކުރަނީ

އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ހޮލީވުޑްގެ ތަރި އެންޖެލީނާ ޖޯލީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއާ އެކު އާ މަޝްރޫއެއްގައި މަސައްކަތްކުރާނެކަން އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކަށަވަރުކޮށްދީފިއެވެ.

'ފޯޗޫން އިންޑިއާ'އަށް ދިން އިންޓަވިއުއެއްގައި ކުރިއަށްހުރި އާ ފިލްމީ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕްރިޔަންކާ ބުނީ، އެންޖެލީނާއާ އެކު މަސައްކަތް ކުރާނެކަން ކަށަވަރުކޮށްދިން ނަމަވެސް އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލު އަދި ދެވެން ނެތް ކަމަށެވެ.

އެހެންކަމުން އެއީ ފިލްމެއް ކަމެއް، އިޝްތިހާރެއް ކަމެއް ނުވަތަ ހިލޭ ސާބަހަށް އާއްމުންނަށް އެހީތެރިވުމުގެ ގޮތުން ހިންގާ ކެމްޕޭންގެ މަސައްކަތެއްކަމެއް ސާފެއް ނުވެއެވެ.

މި އިންޓަވިއުގައި ވާހަކަ ދައްކަމުން ހޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތްކުރާ ބަތަލާ ބުނީ، އެންޖެލީނާގެ އިތުރުން ހޮލީވުޑްގެ ކުޅަދާނަ ބަތަލާއިން ކަމަށްވާ ސަލްމާ ހަޔެކް އަދި ޕެނެލޮޕީ ކްރޫޒް އަކީ ނަމޫނާއަކަށް ބަލާ ތަރިން ކަމަށެވެ.

އަންނަ އަހަރު ރިލީޒްކުރާ އިންޑިއާ ފިލްމު "ވަރާނަސީ"ގެ މަންޒަރެއްގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޕްރިޔަންކާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ އުފައްދާ ފިލްމު "ވަރާނަސީ"އިންނެވެ. މި ފިލްމަކީ ހަތް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ މަސައްކަތްކުރާ ފުރަތަމަ އިންޑިއާ ފިލްމެވެ.

ބޮޑު ބަޖެޓަކުން އުފައްދާ މި އެކްޝަން-އެޑްވެންޗާ ފިލްމުން ޕްރިޔަންކާގެ އިތުރުން ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ، ޕްރިތުވީރާޖް ސުކުމަރަން އަދި މަހޭޝް ބާބޫ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

އަންނަ އަހަރުގެ އޭޕްރިލް މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމަކީ 2027ގައި ރިލީޒްކުރާ ފިލްމުތަކުގެތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރުކުރާ އެއް ފިލްމެވެ.

ޕްރިޔަންކާގެ ކުރިއަށްހުރި ހޮލީވުޑް ފިލްމުތަކުގެތެރޭ، އެކްޓަރު އޮލަންޑޯ ބްލޫމްއާ އެކު ކުޅޭ ފިލްމެއްގެ އިތުރުން މީރާ ނައިރްގެ ބަޔޮގްރަފިކަލް ޑްރާމާ "އަމްރީ" ހިމެނެއެވެ.

މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ، އެންޖެލީނާ ޖޯލީއާ އެކު އާ މަސައްކަތެއް ކުރާނެކަން އިންޓަވިއުއެއްގައި ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މިއީ ފިލްމެއް، އިޝްތިހާރެއް ނުވަތަ އެހެން ކެމްޕޭނެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ ކުޅޭ ފުރަތަމަ އިންޑިއާ ފިލްމު ކަމަށްވާ، ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ "ވަރާނަސީ" އަންނަ އަހަރު ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން އޭނާގެ ކުރިއަށް ހުރި ހޮލީވުޑްގެ ބައެއް މުހިންމު ފިލްމުތަކުގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފައެވެ.

  • އެންޖެލީނާ ޖޯލީއާ އެކު ކުރާ މަސައްކަތުގެ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
  • ހަތް އަހަރަށްފަހު ކުޅޭ އިންޑިއާ ފިލްމު "ވަރާނަސީ" ނެރޭނީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ.
  • މި ފިލްމުގައި ދެކުނު އިންޑިއާގެ ތަރިން ކަމަށްވާ ޕްރިތުވީރާޖް ސުކުމަރަން އަދި މަހޭޝް ބާބޫ ފެނިގެންދާނެއެވެ.
  • ކުރިއަށް ހުރި ހޮލީވުޑް ފިލްމުތަކުގެ ތެރޭގައި އޮލަންޑޯ ބްލޫމްއާ އެކު ކުޅޭ ފިލްމަކާއި މީރާ ނައިރްގެ "އަމްރީ" ހިމެނެއެވެ.
  • ޕްރިޔަންކާ އަދި އެންޖެލީނާގެ ގުޅިފައިވާ އާ މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާކަން ކަށަވަރުވުން.
  • ބޮޑު ބަޖެޓަކުން އުފައްދާ ފިލްމު "ވަރާނަސީ" އިން ޕްރިޔަންކާ އަލުން އިންޑިއާގެ ފިލްމީ ދާއިރާއަށް އެނބުރި އައުން.
  • ހޮލީވުޑް އަދި އިންޑިއާގެ މުހިންމު ފިލްމީ ޕްރޮޖެކްޓްތަކެއްގައި ޕްރިޔަންކާ ބައިވެރިވެ، އޭނާގެ ފިލްމީ މަސައްކަތްތައް ފުޅާކުރުން.
comment ކޮމެންޓް