ރާއްޖެއައި ނެދަލޭންޑްސް މީހެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފި

ރާއްޖެއައި ނެދަލޭންޑްގެ ރައްޔިތެއްގެ އަތުން އަތުލައިގަތް މަސްތުވާތަކެތި--- ފޮޓޯ/ ކަސްޓަމްސް

ވައިގެ މަގުން ރާއްޖެއައި ނެދަލޭންޑްސްގެ މީހެއްގެ އަތުން ނުވަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ އާދިއްތަ ދުވަހު ގަތަރުގެ ދޯހާއިން ރާއްޖެއައި ނެދަލޭންޑްސްގެ 30 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ އޭނާގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ތަހުލީލުކޮށްފައި ވާކަމަށެވެ. އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންއަށް ޕޮޒިޓިވްވެފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 6.070 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 9.01 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކޮށްފައިވެއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއެކު ނެދަލޭންޑްސް މީހާ ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

https://sun.mv/195515

ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ވަނީ ބިލެއް ޑްރާފްޓްކޮށްފައެވެ.

މިހާރު މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ވަނީ، މަސްތުވާތަކެތި އެތެރެކުރާ މީހުން އުމުރަށް ޖަލަށްލުން ނުވަތަ 100،000 ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

comment ކޮމެންޓް