ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް: ހައުސިންގް ފައިނޭންސިންގެ ގިނަ ފުރުސަތުތަކެއް

ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފީސް --

މިހާރު ކުރިއަށްދާ ލިވިން އެކްސްޕޯގެ ތެރެއިން ވެސް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ހައުސިން ފައިނޭންސާ ގުޅޭގޮތުން ހުރި ފުރުސަތުތަކުގެ މައުލޫމާތު ލިބޭނެކަމަށް ބީއެމްއެލުން ބުނެފިއެވެ.

ލިވިން އެކްސްޕޯ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރޭގަނޑު08:00 އިން 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް އިން ލިބެން ހުރި ފައިނޭންސިންގް ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިންގް ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސްކޮށްދެމުންނެވެ.

އެކުންފުނިން ބުނީ މިވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް 25 އަހަަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.

އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިން އާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެކުންފުނިން ބުނީ ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިންގް ޕްރޮޑަކްޓްތައް ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

އެގޮތުން މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކުން ވަނީ ރާއްޖޭގެ ފުރަތަމަ ޝަރުޢީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ވެސް ތައާރަފްކޮށްފައެވެ.

ލިވިން އެކްސްޕޯ އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2013ވަނަ އަހަރެވެ. މިއީ މި އެކްސްޕޯ މެދުކެނޑުމެއްނެތި ބާއްވާތާ 12 ވަނަ އަހަރެވެ.

މި އެކްސްޕޯގައި ފަރުނީޗަރާއި ގޭތެރެ ރީތިކުރުމަށް ބޭނުންވާ ސާމާނާއި އެކި ޚިދުމަތްތަކުގެ އިތުރުން ބޭންކިން އާއި ފައިނޭންސް އޮޕްޝަންތަކާ ގުޅޭ މައުލޫމާތު ލިބެން ހުންނާނެއެވެ.

comment ކޮމެންޓް